އަބްދުއްރަހުމާން ދިރިއުޅޭ ގެ ކައިރީގައި އުޅޭ އުމުރުން ދުވަސްވީ މީހެއްގެ ފަރާތުން ފުލުހުން މިއަދު ހަވީރު މައުލޫމާތު އެއްކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
14 ޖުލައި 2025 - 17:45
އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް ނިދާފައި އޮއްވައި ބޮޑެތި ޒަހަމްތަކެއް ދީފައި ވަނިކޮށް، އެ ވަގުތު އެ އެ ގެއަށް ވަން މީހުންގެ ހަށިގަނޑުގެ ސާމްޕަލްތައް ނަގަން މިއަދު ފަށައިފި އެވެ.
ކައުންސިލް އިދާރާ އަށް ހާޒިރުކޮށް މިއަދުގެ މެންދުރުން ފެށިގެން ބައެއް މީހުންނާ ސުވާލުކޮށް އިނގިލީގެ ނިޝާން ނެގުން ފަދަ ފޮރެންސިކް ބައެއް މައުލޫމާތުތައް ފުލުހުން އަންނަނީ އެއްކުރަމުންނެވެ.
މި ރަށުގައި ފުލުހުންގެ ޕޯސްޓެއް ނުހުންނާތީ ފުލުހުން އެ ކަންކަން ކުރަނީ ކައުންސިލް އިދާރާގަ އެވެ.
ފުލުހުން މާޅޮހު ކައުންސިލް އިދާރާގެ ގޯތިތެރޭގައި މިއަދު ހަވީރު މަޑުކޮށްލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން ބޮޑެތި ޒަހަމްތަކަކާ އެކު އޮއްވައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހަކާންހާއިރު ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. އޭގެ ފަހުން އެކަން އެންގުމުން އަބްދުއްރަހުމާން މާޅޮހު ސިއްހީ މަރުކަޒަށް ގެންދަން 10 ވަރަކަށް މީހުން އޭނާ ދިރިއުޅޭ މާހިޔަގެ އަށް ވަން ކަަމަށް ވެ އެވެ. އޭގެ ތެރޭގައި ކައުންސިލްގެ ރައީސް އިސްމާއިލް ނަސީރު ވެސް ހިމެނެ އެވެ.
އެ އެންމެންގެ ސާމްޕަލްތައް ނަގަން ފުލުހުން ވަނީ ނިންމައިފަ އެވެ. ފުލުހުން ނިންމާފައި ވަނީ ސިއްހީ މަރުކަޒުގައި އަބްދުއްރަހުމާނަށް އެޓެންޑުވި އެންމެންގެ ވެސް ސާމްޕަލް ނަގާށެވެ.
އަބްދުއްރަހުމާންގެ ބޮލަށް ވަރުގަދަ ހަމަލަތަކެއް ދީ، މަރާލި މައްސަލައިގެ ތަހުގީގުގެ ކުރިއެރުންތަކުގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު، މި ތަހުގީގަށް މި ރަށުގައި ހަރަކާތްތެރިވާ ފުލުހުން މިއަދު ހަވީރު ވަނީ އަބްދުއްރަހުމާން ދިރިއުޅުނު ގޭގެ ވަށައިގެން ދިރިއުޅޭ މީހުންނާ ވަކިވަކިން ސުވާލުކޮށް މައުލޫމާތު އެއްކުރަން ފަށައިފަ އެވެ. ފުލުހުން ސުވާލު ކުރަނީ ޕްރިންޓު ކޮށްފައިވާ ޝީޓުތަކެއްގައި ހުރި މައުލޫމާތުތަކަކަށް ބިނާކޮށެވެ. ސުވާލުކުރާ ކޮންމެ ފުލުހެއްގެ އަތުގައި ގަނޑެއް އޮވެ އެވެ.
އަބްދުއްރަހުމާން ދިރިއުޅޭ ގެ ކައިރީގައި އުޅޭ މީހުންނާ ސުވާލު ކުރަން ފުލުހުން ތައްޔާރު ކޮށްފައިވާ ޝީޓެއް ހިފައިގެން ދަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ފުލުހުން މިއަދު މެންދުރު ވަނީ މި ރަށު ހުރަސްމަތި ފަރާތް ފާސްކޮށްފަ އެވެ. އަދި ރަށުގެ ދެ ފިހާރައެއްގެ ސީސީޓީވީ ފުޓޭޖުގެ ރެކޯޑިން ވެސް މިއަދު ހޯދި އެވެ. އެކަމަކު، އަބްދުއްރަހުމާން ދިރިއުޅުނު ގެ ސަރަހައްދު ފެންނަ ހިސާބެއްގައި ކެމެރާއެއް ނެތެވެ.
މާޅޮހުގެ ފިހާރައެއްގެ ސީސީޓީވީގެ މެމޮރީ ކާޑު ފުލުހުން ނަގަނީ.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު
އަބްދުއްރަހުމާންގެ އަންހެނުން ނާޒިމާ "މިހާރު" އަށް ކުރިން ބުނެފައި ވަނީ އަބްދުއްރަހުމާން ނިދާފައި އޮތް ކޮޓަރި އަށް ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އެކެއް ޖަހާކަންހާއިރު ވަނީ އާދައިގެ މަތިން ފާހާނާއަކަށް ވަންނަން ކަމަށެވެ. އޭރު ނާޒިމާ އަށް ފެނުނީ ފިރިމީހާ މަރަށް ތެޅޭ ތަނެވެ. އެހެންވެ، އާއިލާގެ ބައެއް މީހުންނަށް ވަގުތުން ގުޅައި ގެއަށް ގެނެސް އަބްދުއްރަހުމާން ސިއްހީ މަރުކަޒަށް ގެންދިޔައީ އެވެ.
ނާޒިމާ ކުރިން ބުނެފައިވާ ގޮތުން ދޮރު ތަޅުނުލައި ހުންނަ އެ ގެއަށް ވަން ބައެއްގެ ފައިގެ ނިޝާންތައް ވެސް ފެންނަން ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފިއްޔާ
16 July 2025
ނާޒިމާއަށް ހަމަ އަޑެއް ބަޑެއް ނީވޭ ތިވަރު ކަމެއް ވާއިރު؟ ހެޑް ޓްރޯމާއެއްގަ ކޮންވަލްޝަންސް އޮޑިބްލް ވާނެ، އެހެންވީމަ ކޮޓަރިޔަށް ވަނީ ފާހާނާއަށް ކަމަށް ބުނުމަކީ ވެސް އަޅައިގަންނަ ކަމެއް. ނާޒިމާއަށް ކޮންމެސް ކަމެއް އެނގޭތީ ތިވަރަށް ނޭނގޭ ކަމަށް ތިހަދަނީ، ފިޔަވަޅުތައް ހުރި ކަމަށް ބުނެ އެލިބައި އެއްވެސް ދައްކައިފި، ދެން ނޭނގެ
ަދއް
15 July 2025
ރާއްޖޭގަ މި ކަހަލަ މަރުތައް ވެސް އަންނަނީ މޫސިމީކޮށް، ކީއްވެބާ؟
raajje
15 July 2025
ތަހުގީގުގެ ބޭސިކުސްއަށްބަލާނަމަ އަންހެނުން ނާޒިމާ ތިޔަވަނީ ޝައްކުގެދާއިރާގަ،
ށައްކޭ
15 July 2025
ޝައްކު އުފެދޭ ބައިވަރު މީހުން އެބަ ތިބި. އަނބިމީހާއާ، ދަންވަރު އެންމެ ކުރިން އެތަނަށް ދިޔަ ކައުންސެލަރާ ރަށަށް ފުރައިގެން ދިޔަ ދަނބިދަރިފުޅާ ކޮޓަރީގަ ނިދާނެ ގޮތް ހަމަޖެއްސިކަން އެނގުނު ރަހްމަތްތެރިޔާއާ އެންމެންނަކީވެސް ސުވާލުކުރެވެންވާނެ މީހުން
raajje
15 July 2025
ފޮޓޯއިންތިޔަފެންނަނީ ސީސީޓީވީ ކެމެރާއެއްނޫން، އެއީ އައިޕީކެމެރާއެއް، ތިހެން ހަރުގަނޑުންއަރާ މެމޮރީކާޑުނެގެންޔާ ތީގެބޭނުމެއްނެތްދޯ! ފޮޓޯއިންތިޔަފެންނަ ފުލުހުންގެ ތަހުގީގުޓީމުގައި ތަޖުރިބާހުރިކަމަށްނުފެނޭ! އަމާބުނީތީފަރަށްދާހެން ތަހުގީގުކުރީމޭބުނަންގޮސްއުޅޭބަޔަކާ ވައްތަރީ، އެއްވެސްކަމެއްހޯދޭނެފާޑެއްނުޖަހާ
މާކަނާކަލޯ
15 July 2025
އެ ބޭބެއަށް ހަމަލާދިން ރެއާއި އެދުވަހު އެގޭގެ ސަރަހައްދުގައި އެކްޓިވް ހުރިހާ މޯބައިލް ޑިވައިސްތައް ލޮކޭޓުކުރެވޭނެ، އެންމެފަހުން އެއީ އެއްވެސް ބައެއްގެ ނުވަތަ މީހެއްގެ ފުށުންވީކަމެއްނޫންކަމާއި އަމިއްލައަށް ކުރިކަމެކޭކިޔާފައި ބޮޑު ރިޕޯޓެއް ނެރޭނީކީނޫން. ބިދޭސީއަކަށް ނޫނީ ދޭސީއަކަށް ނޫނީ ކައިރީގައި އުޅޭ މީހަކަށްވެސް ވެދާނެ
ޝިއުނީ
15 July 2025
ހަމައެކަނި ސީއައިޑީ ބެލިޔަކަސް ނުވާނެ. ކަސްޓަމަރ ޕުރައިވެސީ އަކާހެދި، ތިއީ ރާއްޖޭގެ ޓެލްކޮމް އޮޕަރޭޓަރުންގެ ފަރާތުން ލިބޭނެ މަޢުލޫމާތެއް ނޫން.
އެކްިސް
14 July 2025
ތިހާ ތަފްސީލު ކޮށް ލިޔުނީމަ އިންވެސްޓިގޭޝަނަށް ހުރަހެއް ނޭޅޭނެތަ؟
ޑެކްސްޓާ
14 July 2025
ސީން އަށް ވަތްމީހުންގެ ހެދުމުގަ ލޭ ހޭކިފަ ހުރިގޮތް ބަލަންވީ. ފުލުހުންނަށް ލޭހޯދަން އުނދަގުލެއް ނުވާނެ. މާދުރު ބަލާފާސް ކުރާތީ އެއްޗެއް ނުފެނިގެން ތިއުޅެނީ. ގޭގެ ރޫމް ތަކާއި އަލަމާރި ތަކުގެ އެންމެ އެތެރެ ބަލަންވީ. ރަނގަޅު ގޮތެއްވެދާނެ
މޮޑަން
14 July 2025
އިންޑިއާގެ ޗެނެލަްތަކުން އަންނަ ކްރައިމް ސީރީޒް ބަލާ ބަޔަކަށް މިހާރު މިކަންދާނީ ފަހުމްވަމުން. މިގައުމުގެ ފުލުހުންނަށް ގާތިލު(ން) ނުހޯދުން އެއީ އެހެން ކަމެއް.
ކަޑަ
15 July 2025
އެމެރިކާގެ އެފްބީއައިއާ ތިޔަ އިންޑިއާގެ ކްރައިމް ސީރީޒްތަކާ އެއްހަމައެއްނުވާނެ
ާައަންހެނުން
14 July 2025
މީ އެއްކޮށް އެއްގޭގަ ދިރިއުޅޭ ދެމަފިރިންތޯ ވަކިން އެއްގޭގަ ދިރިއުޅޭ ދެމަފިރިރިންތޯ ސާފު ކޮއްލަދެވޭނެ ކުއްޖަކު ހުރިނަމަ އެކަން ސާފު ކޮއްކަދެއްވުން އެދެމެވެ. އެއްކޮށް އުޅެ މިގަޑީގަ މިވަރުކަމެއްވެ ނިމެންދެން އަބިމީހާ އަށް ނޭގެމުން އެކަމާއި އަޅުގަޑުގެ ހިތަށް އަރާ ފައިބަމުންދާ ސުއޫރުތައް އިންތިހާޔައް ގޯހެވެ.
އިހާމް
14 July 2025
އެ ދެމަފިރިން ނިދާފައިތިބީ ވަކިން ދެކޮޓަރީގައި ކަމާއި ފިރިހެން މީހާ އެ ކޮޓަރީގައި އޮތީ އޭނާގެ ދަރިއެއްގެ ބުނި ބުނުމަށް އެ ކޮޓަރީގައި އަގުބޮޑެތި އެއްޗެހިތަކެއް ހުރުމުންކަން ޚަބަރުތައް ކިޔާލީމައި އެނގެން އޮވޭ.
ބަމަރި
14 July 2025
ކުރިން ހަބަރެއްގަ އޮތް މީހަކު ކުކުރާ އަޑަށް ހޭލެވުނީއޭ. ގިނަ ނޫސްތަކުން ގިނަގިނައިން ސުވާލު ކުރަންވީ