އަހާ ފޯރަމްގައި މިނިސްޓަރު މުއްތަލިބް މިރޭ ވާހަކަ ދައްކަވަނީ: އެގްރިމެންޓްތަކުގައި ސޮއިކުރަން ވަކި ތަނެއް ހަމަޖައްސަން ނިންމާފައިވާ ކަމަށް ވިދާޅުވި.
14 ޖުލައި 2025 - 22:43
ގެދޮރުވެރިޔާ ސްކީމުން ދޫކުރާ 4،000 ފްލެޓު ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާ އެކު އެގްރިމެންޓުގައި އަންނަ ހަފުތާގައި ސޮއިކުރަން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިރޭ ވިދާޅުވެއްޖެ އެވެ.
ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާއްމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ "އަހާ ފޯރަމް" ގައި، މިނިސްޓަރު މުއްތަލިބް މިރޭ ވިދާޅުވީ ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ހަދާ 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު ފައިނަލް ކުރެވިފައިވާ ކަމަށެވެ. އެހެންވެ، އެގްރިމަންޓުގައި ސޮއިކުރުމުގެ އިދާރީ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އެގްރިމެންޓުގައި ސޮއިކުރުމުގެ މުއްދަތު ކައިރިވިއަސް އެފްޑީސީން ހަދާ އެގްރިމެންޓު އަދި ފައިނަލްކޮށްފައި ނުވާ ކަމަށެވެ. އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން އެގްރިމެންޓު ފައިނަލްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ވަރަށް ޔަގީންކަން އެބައޮތް އަންނަ ހަފުތާގެ ތެރޭގައި އެގްރިމެންޓުތަކުގައި ސޮއިކުރުން ފެށިގެންދާނެ ކަމަށް،" މުއްތަލިބު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އެގްރިމެންޓުތަކުގައި ސޮއިކުރަން ވަކި ތަނެއް ހަމަޖައްސައި، ޓެންޓު ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން އެކަމަށް ބޭނުންވާ އިދާރީ ކަންކަން ވެސް އެފްޑީސީން ހަމަޖައްސަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ފްލެޓުތަކުގެ އެއްބަސްވުން ހަދަން ނިންމާފައިވަނީ 25 އަހަރަށެވެ. އަދި އެ ތަން ލިބޭ މީހުންނަށް އެޕާޓްމަންޓު މިލްކު ކޮށްދޭނީ އެ މުއްދަތަށް ޖެހޭ ކުލި ނުވަތަ އިންސްޓޯލްމަންޓު ފައިސާ ދައްކައި ހަލާސް ކުރުމުންނެވެ.
ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓު ލިބޭ މީހުން ކަނޑައެޅިއަސް، އޭގެ ތެރެއިން ޝަރުތު ހަމަވަނީ 1،820 މީހުން ކަމަށް ހައުސިން މިިނިސްޓްރީން ބުންޏެވެ. ގިނަ ޝަކުވާތަކަކާ ގުޅިގެން މި ސަރުކާރުން އެ ލިސްޓު އަލުން ރިވިއުކުރި ނަމަވެސް މިހާރު ނިންމާފައި ވަނީ އިތުރު ލިސްޓެއް އެކުލަވާނުލައި އޭރުގެ ލިސްޓަށް ފްލެޓްތައް ދޫކުރުމަށެވެ.
އެކަމަކު އެއްބަސްވުމުގައި ސޮއިކުރުމާ ހަމައަށް ދާއިރު، ހުށަހެޅި ލިއުންތަކަށް ވެރިފައިކޮށް ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ނުލިބޭނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅި
15 July 2025
ހަދައިފަ ނުހަދާނެ ގޮތެއް ނޭގިގެން ތިއުޅެނީ، ގިރާވަރުން ގުޅިފަޅަށް ބަދަލްވި ގްރޫޕްވެސް ވާނުވާ އަށް.
ދޫލަ
15 July 2025
އުނިކުރި މީހުންގެ ފުލެޓުތަކަށް ހެދީ ކިހިނެތް؟ ވިނަރެސް 100 ފުލެޓުވެސް މިސަރުކާރު އައިއިރު ފޯލު ހުށަހަޅާފައި ހުރި، އެ ފޯމް ބާޠިލްކުުރުމަށް ފަހު ސަރުކާރުން ބޭނުންވާ މީހުންނަށް ވިއްކާ، ބަހާލީ.
ނަމަ
15 July 2025
އަންނަ ހަފުތާ އެކޭ އިބިލީހުގެ ކައިވެނިއެކޭ ތަފާތެއް ނުވާނެހެން ހީވަނީ
މަ ބުނީ
15 July 2025
މަ ބުނީ ތިކަމާ ހަވާލުވެއުޅޭ މިނިސްޓަރުންނަށް ހަފުތާ ފެށޭ ދުވަހުގެ ކުރީ ދުވަސް އެނގޭބާ ؟
ސިވިލަށް ދާން މިދަނީ
15 July 2025
\ހަމަ ދައުލަތުން ދިން ރަޖިސްޓްރީއެއް މައަތުގައި އެބައޮތް. ފްރޯޑެއް ނުހަދާ އަދި ހެދިކަމަށް ނުވެސް އަންގާ ލިބިފައި އިން އެއްޗެއް. ކޮންޓްރެކްޓެއް ބާތިލް ކުރެވޭތަ ހަމަ މުއްތަލިބު ބުނާއިރަށް. މަގެ ފްލެޓް އެހެން މީހަކަށް ދީފިއްޔާ މަދާނީ ކޯޓަށް. ދައުލަތުގެ ލިއުމަކީ ކުޅޭ ކުޅިވަރެއް ނޫން. ގަވައިދާ ގާނޫނު އަމަލުކުރަނީ ހަދާ ތާރީހުން ފެށިގެން. މީހުންނަށް ދިން އެއްޗެހި އެގްރީމެންޓާއި ޚިލާފަށް ކަމެއް ކުރިކަން ސާބިތު ނުކޮށް ދީ ނަގާ ކަމަށް ވަންޏާ ފަށާލ. ގަމުން
ފްލެޓް
15 July 2025
ބާކީ ފްލެޓްތައް ދެންއެންމެގިނަ ޕޮއިންޓް ލިބުނުމީހުންނަށްދީ އަވަހަށްނިންމާލަބަލަ
ސާލްނީމް
15 July 2025
ކޮންދުވަހަކުންތޯ ހިޔާވަހި ފައިނޭންސް ލޯންތައް ދޫކުރަނީ! ޖުލައި މަހު ދޫކުރާނެ ވާހަކަބުނި. އެކަމު އަދިވެސް އެއްވެސް ހަބަރެއްނެތް. މިހާރު މިއޮށް މަސްނިމެނީ.
ޖުލައި
15 July 2025
ކިތައް ޖުލައި؟ ހިނގައްޖެ
ރަންނަ
15 July 2025
ޖުލައިމަހުގެ ފުރަތަމަ ހަފްތާ އޮޅުންފިލައިފިބާ؟ މުއިއްޒު ފުރަތަމަ ކުރަންވީކަމަކީ ދުވަސް، ހަފްތާ، މަސް އަދި އަހަރު ދަސްކޮށް ދަށުން މަސައްކަތް ކުރާ ކުދިންނަށް ވެސް ކިޔައިދޭން
ސާދަ
15 July 2025
މިސަރުކާރު ހަވާލުވިއިރު ބާކީހުރި ގިނަޢަދަދެއްގެ ވިނަރެސް ފުލެޓް އެތެރެނުފެންނަ ނިޒާމެއްގެ ތެރެއިން ވިކިނިމިއްޖެ. މިފުލެޓް ތަކުގެ ފައިނަލް ލިސްޓް މިހާރު އޮޅިއްޖެ. ކުރީސަރުކާރުގެ ލިސްޓަށް ދެނީއޭ ބުނެފަ އެބަބުނޭ ޝަރުތު ހަމަނުވާމީހުން އުނިކުރާނެވާހަކަ. އުނިކުރާވަރަކަށް އުނިކޮށްފަ ލިބޭމީހުންގެ ފައިނަލް ލިސްޓެއް ނުނެރެފިނަމަ، ތި ފުލެޓްތައްވެސް އެތެރެނުފެންނަ ނިޒާމަކުން މީހުންނަށްދީ ހުސްވާތަން އަންނާނީ.
އޮނަރަބްލް އަފީފު ދީދީ
15 July 2025
ދައުލަތް ދަރަނިކޮށް އެތައްބިލިޔަން ޑޮލަރުނަގައިގެން އިމާރާތްކުރި ފުލެޓް ތަކުގެތެރެއިން ކ.މާލޭ މީހުނަށްދޫކުރި ގިނަ ފުލެޓްތައް އެމީހުންވަނީ "ކުލީ އަޅުންގެ ގޮތުގައި ތިރަށުގައި ދިރިއުޅެން މަޖުބޫރު ކޮށްފައިވާ" ރާއްޖޭގެ އެހެން ރަށްރަށުގެމީހުނަށް ބޮޑުއަގުގައި ކުއްޔަށްދީފައި. އަދި މިދެންނެވި ފުލެޓްތަކަށް އެއްބަސްވުމާއި އެއްގޮތަށް ދައުލަތަށް ދައްކާންޖެހޭ ފައިސާ އެޗްޑީސީއަށް ނުދައްކާ މާލޭމީހުން ދަނީ ކުލީގެ ގޮތުގައި ލިބޭ ފައިސާ ހުރިހާ ފައިސާ އެއް ކަމުން.