ޖޭއެސްސީ: އެ ކޮމިޝަނަށް އާންމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް އިދުރީސް އައްޔަންކުރަން ވަނީ ފާސްކޮށްފައި --- ފޮޓޯ/މިހާރު
15 ޖުލައި 2025 - 15:33
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާއްމުންގެ ތެރެއިން ކަނޑައަޅާ މެމްބަރު ކަމަށް އިދުރީސް ފައުޒީ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ޖޭއެސްސީގައި މިހާރު އާންމުންގެ ތެރެއިން ކަނޑައަޅާފައި ހުންނަވާ މެމްބަރު އައިމިނަތު އުއްމުކުލްސުމްގެ ދައުރު ހަމަވާތީ އެ މަގާމަށް ކުރިމަތިލާން މަޖިލީހުން މިދިޔަ މަހު ހުޅުވާލުމުން އަށް ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން، 75 އަށް ވުރެ މަތިން މާކްސް ލިބުނު ހަތަރު ބޭފުޅެއްގެ ނަން، ޖުޑީޝަރީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ފޮނުވި އެވެ.
އެ ބޭފުޅުންގެ ތެރެއިން، އިންޓަވިއުގައި އެންމެ މަތިން މާކްސް ލިބުނު އިދުރީސް އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އޭނާ މި ވަގުތު ހުންނެވީ ލ. ކަލައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.
ޖޭއެސްސީގައި ތިއްބަވަނީ އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރަކާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މެމްބަރަކާއި ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާ ވަކީލަކާއި ދަށު ކޯޓުތަކުން ކަނޑައަޅާ ފަނޑިޔާރަކާއި ހައިކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން ސުޕްރީމް ކޯޓުން ކަނޑައަޅާ އެ ކޯޓުގެ ފަނޑިޔާރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބުދުލް ޤާދިރު
16 July 2025
ތައުލީމީ ފެންވަރު ކިތައްމެ ރަނގަޅަސް ކިތައްމެ ތަޖުރިބާއެއް ހުއްޓަސް މި ސަރުކަރު މަޤާމު ދޭނީ އެދޭ މީހުންގެ ތެރެއިން ތަޢުލީމެއް ތަޖުރިބާއެއް ނެތް މީހާއަށް. ކުރިމަތިލި 8 ބޭފުޅުންގެތެރޭގައި އުސްތާޒުންނާއި ޑރ. އިން ތިއްބެވި އިރު ރުހުންދޭން ފެނުނުމީހަކީ ތީ. ތައުލީމީ ދާއިރާވެސް ބޮއްސުންލައިގެން ދިޔައީ މި ކަހަލަ ކުނިބުނި މަޤާމުތަކަށް ނަގާތީ.
މަސްތޫރު
16 July 2025
ޖޭއެސްސީ އަށް ފަހުގެ ތާރީހެއްގައި އައްޔަން ކުރެވޭ އެއްމެ ހަރުދަނާ ރަނގަޅު މީހަކަށް ވާނެ މި ބޭފުޅާ. އެކުގަ އުޅުނު އިރުވެސް އެހާ ހަރުދަނާ މަސައްކަތައް ފަރުވާތެރި ބޭފުޅެއް
އަތުލަބް މުހައްމަދު
16 July 2025
މީ ހަގީގަތުގައިވެސް ވަރަށް ގާބިލް ބޭފުޅެއް. މީގެ ސަބަބުން އެއްވެސް ވަރަކަށް ބޭއިންސާފެއް ނުވާނެކަން ޔަގީން
މުސްފާން
16 July 2025
އިދުރީސްއަކީ ވަަރަށް ގާބިލް ބޭފުޅެއް.
ކަނބިލި
15 July 2025
ގާބިލު މީހުން މަގާމުތަކަށް ލާނެކަމުގެ ވަޢުދުފުޅު ވަރަަށް ފުރިހަމައަށް ދެފުއްފެންނަ ގޮތައް ފުއްދަވައިފި. ޝުކުރިއްޔާ!
ނަ
15 July 2025
ދިމާކުރާތީގެ ވާގޮތް
ގުލިސއ
15 July 2025
އިދުރީސްގެ ކުރީގެ އަންހެނުންއެއީ ފަސްޓް ލޭޑީގެ ކޮއްކޮ. ވާނުވާ ވަރަށް ސާފު.
ޢިސްމާއިލް ތަލަ
15 July 2025
ސާބަހޭ މުއީޒް މަނިކްފާނަކީ އަމާނާތް ތެރިކަމުގެ ރޫޙް