ޙހަ
23 ޖުލައި 2025 - 23:38
ޕޮލިސް ބޯޑުގެ ލަފަޔަށް ފުލުހުންގެ އިސް ފަސް އޮފިސަރަކު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް ދައުލަތުން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ، އެ ކޯޓުން އެ މައްސަލަ މިއަދު ބާތިލުކޮށްފި އެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މި މައްސަލަ ބާލިކުރި އިރު، އެ ކޯޓުގައި މި މައްސަލަ ތާށިވެފައި އޮންނަތާ ދެ އަހަރެއްހާ ދުވަސް ވަނީ ވެފަ އެވެ.
މި މައްސަލަ ބާތިލުކުރި އިރު، ސިވިލް ކޯޓުގެ ނިންމުން އިސްތިއުނާފުކޮށް، އެ އަށް އަމަލުނުކުރަން ހައިކޯޓުން ކުރިން އޮތީ އަމުރު ކޮށްފަ އެވެ.
ހައި ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދިޔައީ ގައުމީ ސަލާމަތަށް ބަލައި، އާންމުކޮށް ހުޅުވައި ނުލަ އެވެ.
ދައުލަތުން ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ ފުލުހުންގެ އިސް ފަސް އޮފިސަރުންގެ މައްސަލަ ހައި ކޯޓުން ބާތިލް ކުރިއިރު އެ ކޯޓުގެ ހުކުމުގައި ބުނީ އިސްތިއުނާފުގެ ނަޒާހަތްތެރިކަމަށް ބުރޫއެރުމުގެ އިތުރުން ޝަރުއީ ނިންމުންތަކުގެ އިތުބާރު ވެސް ގެއްލޭ ކަމަށެވެ.
ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެކުލަވައިލި ޕޮލިސް ބޯޑުން ބައެއް މެންބަރުން ވަކިކޮށް ނޮވެމްބަރު 2023 ގައި ވަނީ އާ މެންބަރުން އައްޔަންކޮށްފަ އެވެ. އެ ބަދަލާ އެކު، ހަތް މެންބަރުންގެ ބޯޑުން ވަނީ ހައި ކޯޓުގައި އޮތް މައްސަލަ އަނބުރާ ގެންދަން ބަންޑާރަ ނައިބުގެ އޮފީހުގައި ޕޮލިސް ބޯޑުން އެދިފަ އެވެ. އެކަމަކު، ބަންޑާރަ ނައިބުގެ އޮފީހުން ވަކި ގޮތެއް ނުނިންމައި މައްސަލަ އޮތީ މިހާތަނަށް ވެސް އިސްތިއުނާފުގެ މަރުހަލާގަ އެވެ.
ޕޮލިސް ބޯޑުން އޮކްޓޫބަރު 2021 ގައި ހަތް އޮފިސަރަކު ވަކިކުރަން ލަފާދިނެވެ. އެ ނިންމުމާ އެކު، ދެ އެސިސްޓެންޓް ކޮމިޝަނަރުން ކަަމަށްވާ މުހައްމަދު ޖަމްޝީދާއި އަހްމަދު މުހައްމަދު (ޓޫފޯ) ވަކިކުރަން ނޯޓިސް ދިނެވެ. އޭރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ސޮއިކުރައްވައި ފޮނުއްވި ޗިޓުގައި ސަބަބެއް ކަމަށް އޮތީ މަގާމުން ވަކިކުރެއްވީ ފުލުހުންގެ އާ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުން ބެލި މައްސަލައަކާ ގުޅިގެން މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށެވެ.
އެ ދެ ބޭފުޅުންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު އަދި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމް ވެސް އޮތީ ވަކިކުރަން ލަފާ ދީފަ އެވެ.
ފުލުހުންގެ އާ ބޯޑުން ވަނީ ކުރީގެ ނިންމުމާ ދެކޮޅަށް އޮފިސަރުން ކޯޓަށް ދިއުމުން އެ ބޭފުޅުންނާ އެއްކޮޅަށް ކުރި ހުކުމް ބޯޑުގެ އެދުމަށް އިސްތިއުނާފުކޮށްފައި ވާތީ، އެ މައްސަލަ އަނބުރާ ގެންނަން ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަވީ ޕިއްލޭ
24 July 2025
ކަނޑާފަ ގެއަށް ފޮނުވަން ނުޖެހޭ އެކަކުވެސަ ތިފޮޓޯ ތަކުގަ ނެތް. ތިފެންނަނީ މުޅިންވެސް ސިޔާސީ އެކްޓިވިސްޓުން. ކަމުދާ އެކަކުވެސް ނެތް.
ސައްޔާރާ
24 July 2025
ތިފޮޓޯތަކުގައި ނެތް ސަހަލު އެކަކުވެސް.
ހަސަންދި
24 July 2025
ތި ގޮތަށް ޔާމީނުގެ މައްސަލަ ވެސް ބާތިލް ކޮއްލާ...!!1
ކުނެނު
24 July 2025
އެމްއެމްޕީއާރސީ ލިސްޓުގަ ނަންއަރާފަތިބި ފުލުހުން....މިވެސް ބުނެލިނަމަ
އަހައްމާ
24 July 2025
މިހާރު މިއެގިގެން މިދަނީ ކޯޓުގެ ހުކުމަކީ ވެސް އޭރަކު ތިބޭބަޔަކު މޮޑޭ ވަރުގަދަ ފުށްގަޑެކެވެ. މިފަހަރު މި ކޯޓުން ވެސް މިނިމުނީ ހަމައެގޮތަށެވެ. ފުލުހުން ވިޔަސް ރައްޔިތުން ވިޔަސް ކާސިމް ވިޔަސް ގާނޫނާއި ގަވާއިދާ ޚިލާފަ ކުރާކޮންމެ ކަމަކީ ކުށެކެވެ. އަދިވެސް ކޯޓުތަށް މިވަނީ އިންސާފު ލިބުމާ ދޭތެރޭ ސުވާލު އުފެދޭ ގޮތަކަށެވެ.
ބަބްސް
24 July 2025
އެއް ސަރުކާރުން އަނެއް ސަރުކަރާ ކުޅުމަކީ ގުޅުން ގޯސްވެ ބަޤާވާތަކާ ހިސާބަށް ގޮސްދާނެ ކަމެއް. ރަނގަޅު ނިންމުމެއް.
ޖޭމްސްސް
24 July 2025
މި މީހުންނަށް ގެއްލުމުގެ ބަދަލުގައި ބޮޑުލާރި ގަނޑެއް ދައުލަތުން ދޭން ޖެހޭ ގޮތަށް މި ނިމުނީ...
ގާއިސް
24 July 2025
ދައުލަތުންވެސް ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަންޏާ ކޮންޓެމްޕް އޮފް ކޯޓުގެ ދަށުން އަދަބު ކަނޑައަޅަން ޖެހޭ.ޤާނޫނު ހަމަހަމަ ކަމާއެކު ހިންގަން ޖެހޭ.