ޕޯޓަބަަލް ހޮސްޕިޓަލް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވަނީ -- ފޮޓޯ: ރައީސް އޮފީސް
25 ޖުލައި 2025 - 22:03
އިންޑިއާއިން ރާއްޖެއަށް ޕޯޓަބަލް ދެ ހޮސްޕިޓަލް މިއަދު ހަދިޔާކޮށްފި އެވެ.
އިންޑިއާގެ ބޮޑުވަަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހަވީރު ސަލްޓަން ޕާކުގައި ބޭއްވި ހަފްލާއެއްގައި ހޮސްޕިޓަލްތަކާ ހަވާލުވެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
"އަރޯގްޔާ މައިޓްރީ ހެލްތު ކިއުބްސް" އަކީ އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް، ގިނަ ހިދުމަތްތަކާ އެކު ހެދި މިފަދަ ފުރަތަމަ ޕޯޓަބަލް ހޮސްޕިޓަލެވެ.
ކޮންމެ ތަނެއްގައި ވެސް ބަހައްޓާލެވޭ އެ ހޮސްޕިޓަލްތަކުން އައިސީޔޫ، އޮޕަރޭޝަން ތިއޭޓަރު، އެކްސް-ރޭ އަދި އެމެޖެންސީ ހިދުމަތްތައް ލިބޭނެ އެވެ.
ޕަވަ ޖަނަރޭޓަރާ ވެސް އެކު ހުންނަ މި ހެލްތު ކިއުބްގައި ލޭގެ ޓެސްޓްތައް ހަދަން ބޭނުންވާ ސާމާނު ވެސް ހުންނަ އިރު މިއީ ބޮޑެތި ކާރިސާތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ އެއްޗެކެވެ. މިއިން ކިއުބަކުން މެދުނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭނެ އެވެ. އަދި 200 މީހުންނަށް ފަރުވާދެވޭނެ އެވެ. ހެލިކޮޕްޓަރާއި ޕެރަޝޫޓްގައި ވެސް ކޮންމެ ތާކަށް ވެސް ގެންގޮސް ބޭނުން ކުރެވޭ މި ކިއުބްގެ ސެޓްއަޕް ރާވައި، ފަރުވާގެ ކަންކަން ފެށުމަށް ހޭދަވާނީ އެންމެ 12 މިނެޓެވެ.
ޕޯޓަބަަލް ހޮސްޕިޓަލް ހަދިޔާ ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވަނީ -- ފޮޓޯ: ރައީސް އޮފީސް
ހެލްތް މިނިސްޓްރީން ބުނީ މި ހޮސްޕިޓަލްތައް ހިންގާނީ އެ މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް އިމަޖެންސީ މެޑިކަލް ސާވިސްއިން ކަމަށެވެ. ރާއްޖޭގައި އެ ބޭނުން ކުރުމަށް ޓްރެއިން ތަނެއް ހިންގާފައިވާ ކަމަށާއި ރާއްޖޭގެ 20 މީހަކު އެ ތަމްރީންތަކުގައި ބައިވެރިވި ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނާއި ބަޔޯމެޑިކަލް ތަޖުރިބާކާރުން އަދި ނަރުހުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިންދެ
26 July 2025
ހޮސްޕިޓަލު އިންޑިއާގެ އެހީގަ ނާޅާނަމަ ދިވެހިން އަދިވެސް ތިބޭނީހާދަ ނިކަމެތިހާލުގައޭ ހަމައެކަނި މުއްސަނދިންނަށް ފަރުވާކުރެވޭ އަމިއްލަ ހޮސްޕިޓަލްތަކެއްހުރިކަމަކު އައިޖީއެމްއެޗު އިންޑިއާއިން އަޅާނުދޭނަމަ ދިވެހިން ސިއްހީފަރުވާއަށް ހާދަހާވާ ހާލެއްގައުޅުޅެން ޖެހޭނެޔޭ ދިވެހިންގެ ހުންނަ ވަރަށް އުނި ސިފައެއް ޝުކުރުނުވުމުގެ ސިފަ.
ރަމްޒީކަމެއް
26 July 2025
ގުދުރަތީ ކާރިސާއެއް ފަދަ ކަމެއް މެދުވެރިވެގެން ޚާއްސަ އެމެޖެންސީއެއްގައި ނޫން ގޮތަކަށް ރާއްޖޭގައި މިތަކެތީގެ ބޭނުން ހިފިދާނެ ކަމަކަށް ނުފެނެއެވެ. އެވެސް ނާދިރު ހާލަތެއްގައެވެ. ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުންނާއި ވަކިވަކި ރަށްރަށުގައި ނުވަތަ އަތޮޅުގައި ހުރި ސިއްހީ ވަސީލަތްތަކުގެ ސަބަބުންނެވެ. ނަމަވެސް ޕްރޮޖެކްޓެއްގެ ގޮތުގައި ގުނާލަން މިވެސް އެންމެ ރަނގަޅެވެ. ރަމްޒީ ކަމެއްގެ ގޮތުގައެވެ.
ސަލީމު އިދުރީސް
26 July 2025
ނޭގޭމީހުން ތިކަމައް ސަނާކިއަސް ދުނިއެއައް ލޯހުޅުވިފަތިބި ރައްތިތުންނައް އެނގޭނެ ތިއީ ރައްޔިތުން ގުބޯ ހައްދަނީކަން! އެންމެފުރިހަމަ ނޫނަސްދަތުރުފަތުރުގެ ނިޒާމަކުންގުޅި އަދި ބޮލަކައްޖެހޭ ނިސްބަތުން ދުނިއޭގެ އެއްވެސް ގައުމަކައް މިގައުމާ ކައިރި ނުރެވޭވަރައް އެއާޕޯޓު އޮއްވަ ކޮންމެރަށަކު ސިއްހީ މަރުކަޒެއް އޮތްތާކައް ތިހަދިއާކުރަނީ ދުނިއޭގެއެންމެ ފަގީރު އެފުރިކާގެ އޮހޮރޭ ފެންނުހުންނަ ވަލުތޭރޭ ގަބީލާތަކައް ދޭތެރެއަކުން ސިއްހީހިދުމަތް ފޯރުކޮއްދޭ ވަސީލަތެއް
މުދިމޯދީ
26 July 2025
މިއޮތްހާ ޒަމާންވަންދެން އައިޖީއެމްއެޗް ހަދައިގެން ރާއްޖޭގެ ސިއްހީ ދާއިރާ މުށުތެރެއަށް ލައިގެން އުޅުނުބަޔަކު ދެ ޓެންޓުގަނޑު ދީގެން މިގައުމުގައި ކުރިއަރާނީ ކޮންކަމެއްހެއްޔެވެ
ޞަލަމް
26 July 2025
ތިޔަށް ކިތަންވީ ހޮސްޕިޓަލެއްވެސް ނޫން.
އައްދިއް ޔޯއި
26 July 2025
ހަސްފަތާލު ދޯ؟