ޖުމްހޫރީ މައިދާން ސަރަހައްދު-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
26 ޖުލައި 2025 - 16:10
މިނިވަންދުވަހުގެ ހަރަކާތްތައް ނިމެންދެން ޖުމްހޫރީ މައިދާން ސަރަހައްދު މިއަދު ބަންދުކޮށްފި އެވެ.
އެމްއެންޑީއެފުން ނެރުނު އެންގުމުގައި ބުނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ބާއްވާ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކަށް މެންދުރު 1:00 އިން ފެށިގެން އެ ހަރަކާތް ނިމެންދެން، ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުވާނެ ކަމަށެވެ.
އެހެންވެ، ސަލާމަތީ ފިޔަވަޅުތައް އަޅާފައިވާތީ އެ ސަރަހައްދަށް އާއްމު އުޅަނދުފަހަރު ވަދެ ނުކުތުމުގައި ދަތިތައް ދިމާވެދާނެ ކަމަށް ބުންޏެވެ.
ނަމަވެސް، އިސްލާމީ މަރުކަޒަށް ނަމާދަށް އަރައި ފޭބުމަށް އެ ސަރަހައްދުގައި ހިނގާފައި އުޅުމަށް އެއްވެސް ދައްޗެއް ނުވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
"..ޖުމްހޫރީ މައިދާން ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލާ އެއްގޮތަށް އާއްމު އުޅަނދުފަހަރު އެ ސަރަހައްދަށް ވަދެ ނުކުތުމުގައި ދިމާވެދާނެ ދަތިތަކެއް ހުރެދާނެތީ މިސްކިތަށް ވަޑައިގަންނަވާ ބޭފުޅުން އެ ޒޯނުން ބޭރުގައި ވެހިކަލް ޕާކްކުރުމަށް ފަހު ހިންގަވާފައި މިސްކިތަށް ވަޑައިގަތުމަށް ސަމާލުކަން ދެއްވުން އެދެމެވެ." އެންގުމުގައި ބުންޏެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު 4:15 ގައި ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް އޮންނާނެ އެވެ. ސިފައިންގެ ޕެރޭޑާއި ސްކޫލު ކުދިންގެ ހަރަކާތްތައް މާލޭގެ އެކި ސަރަހައްދުތަކުގައި މާދަމާ އޮންނާނެ އެވެ.
އެއަށްފަހު، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބާއްވަން ނިންމާފައިވަނީ މާދަމާ ހެނދުނު 8:30 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސްދޮޅަސް
26 July 2025
މިނިވަންކަން އުތުރި އަރަނީ މިއޮތް