ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު--. ފޮޓޯ: ނިޝާން އަލީ/މިހާރު
24 ޖުލައި 2025 - 13:16
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މާލޭގައި ހިންގާ ހަރަކާތްތަކާ ގުޅިގެން، ގްރީން ޒޯން ހިމެނޭހެން ބޮޑު ސަރަހައްދެއްގައި ވަކި ގަޑިތަކެއްގައި އުޅަނދުތައް ޕާކް ކުރުން ފުލުހުން މަނާކޮށްފި އެވެ.
ފުލުހުންގެ އެންގުމުގައި ވަނީ އެ ސަރަހައްދުގެ މަގުތަކުގައި ޕާކުކޮށްފައި ހުރި ހުރިހާ އުޅަނދެއް މިއަދުގެ ހަވީރު 6:00 ކުރިން ނެގުމަށެވެ.
އޭގެ ފަހުން އެ ސަރަހައްދުތަކުގައި ނުނަގައި ހުންނަ އުޅަނދުތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމާއި ގަވާއިދާ ހިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
- ބޮޑުތަކުރުފާނު މަގު (ބީއެމްއެލްއިން ފެށިގެން ލޯކަލް މާރުކޭޓާ ހިސާބަށް)
- އަމީރު އަހުމަދު މަގު (މަޖީދިއްޔާ ސްކޫލާ ހިސާބަށް)
- މެދުޒިޔާރަތް މަގު
- ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ ވަށައިގެންވާ މަގުތައް
- ޗާނދަނީ މަގު (ލީލީ މަގާ ގުޅޭ ކަންމަތިން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް)
- ލިލީ މަގު (ސަލްޓަން ޕާކު ހިމެނޭ ސަރަހައްދު)
މިނިވަން ދުވަހުގެ ހަރަކާތްތަކާ ގުޅިގެން ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކުގައި ޕާކްކޮށްފައިވާ އުޅަނދުތައް 2025 ޖުލައި 24 ވަނަ ދުވަހުގެ 18:00 ގެ ކުރިން ނެންގެވުމަށް ދަންނަވަން.
— Maldives Police (@PoliceMv) July 24, 2025
1/3 pic.twitter.com/r9L2MSlfMJ
ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރަން، ފުޅަނދުބުރާ އެކު މާލޭގައި ގިނަ ހަރަކާތްތަކެއް ބާއްވަން ސަރުކާރުން ވަނީ ތައްޔާރުވެފަ އެވެ. ގިނަ ބައެއްގެ ބައިވެރިވުމާ އެކު، މި މުނާސަބާ ކުލަގަދަކޮށް ފާހަގަކުރަން އަންނަ ހޯމަ ދުވަހާ ހަމައަށް ސަރުކާރު ވަނީ ބަންދު ވެސް ކޮށްފަ އެވެ.
މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި 26 ވަނަ ދުވަހު ހެނދުނު ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމާއި އެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް އޮންނާނެ އެވެ. އެ ހަރަކާތުގައި އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ހިމެނޭ ޕެރޭޑާއި ރާއްޖޭގެ ގައުމީ ކެޑޭޓުކޯގެ ޕެރޭޑާއި ސްކޫލުތަކުގެ ކުޅިވަރުތަކާއި ސަގާފީ ކުޅިވަރުތައް އޮންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އޭގެ އިތުރުން ވެސް މާލެ އާއި ހުޅުމާލޭގައި 28 ވަނަ ދުވަހުގެ ނިޔަލަށް ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިވަރެއްނެތް
25 July 2025
ސޯޝަލް ފްލެޓް އަޅަން ޗައިނާއިން ނެގި ލޯނު ނުދައްކާތާ އަހަރަކަށްވުރެން ގިނަދުވަސް ވެއްޖެ. އެގައުމުން މިހާރު އިތުރު ލޯނެއްނުދޭ. ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުން އާންމުންނަށް ދޭންޖެހޭ އެތަކެއް ސަތޭކަ މިލިޔަން ނުދީވަނީ. މިހާލަތުގައި ގައުމު އޮތްވައި ހަފުލާތަކަށް ތިހާ ބޮޑެތި ހޭދަކުރަންޖެހޭ ބާ؟
ކީކޭ ބުނާނީ
24 July 2025
މިކަހަލަ މުހިންމު ދުވަހެއް އައުންވެސް މުސީބާތަކަށް ދޯ މިހާރު މިވަނީ!
ޙަކީމު
24 July 2025
ނަގާ ވެހިކަލއ ގެންދަނީ ކޮންތާކަށް.
ރާވެރިބެ
24 July 2025
އަޅެ ކީއްވާނީ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގަ މާލޭގެ ހުރިހާ މަގެއްގަ ޕާކުކުރުން މަނާ ދުވަހެއް ކަޑައެޅިއްޔާ! އެއްވެސް އުޅަދެއް މާލޭގެ މަގުތަކުގަ އެދުވަހު ޕާކު ނުކުރެވޭނެ. ނުވެސް ދުއްވޭނެ. ދުއްވައިފިއްޔާ ނުވަތަ ޕާކު ކޮށްފިއްޔާ ޓޯ ކުރުމުގެ އިތުރުން އެ އުޅަދެއް ނައްތާލާނީ.
ކަނަމަ.
24 July 2025
ފޮޓޯ އަށް ކިތަންމެ ރީއްޗަސް ބަންގާލުން ފުރި ތޮއްޖެހިފައި އޮތް ބޮޑު ސުލަމެއް. މުޅި މަގުތައް މަތީގައި ބުޅާ ގުއި. ވަރަށް މުޑުދާރު މީހުން އުޅޭ ރަށެއް.