މާލޭގައި ވެހިކަލްތަކެއް ދުއްވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
26 ޖުލައި 2025 - 16:05
މިނިވަން ދުވަހުގެ ހަރަކާތްތަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރި އެންގުން ބާތިލްކޮށްފި އެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ކުރިން ބުނީ ބުނީ މިނިވަން ދުވަހުގެ ހަރަކާތްތަކަށް މިއަދު މެންދުރު ފަހު 3:00 އިން އިރުއޮއްސި 6:30 އަށް މާލޭގައި ހުރިހާ ވައްތަރެއްގެ އެއްގަމު އުޅަނދު ދުއްވުން މަނާވާނެ ކަމަށެވެ.
ނަމަވެސް، އެ އިދާރާއިން މީގެ ކުޑައިރުކޮޅެއް ކުރިން ކުރި އިއުލާނުގައި ބުނީ އެއްގަމު އުޅަނދު ދުއްވުން މަނާކުރި އެންގުން ބާތިލްކޮށްފައިވާ ކަމަށެވެ.
އެކަމަކު، މިނިވަންދުވަހުގެ ހަރަކާތްތަކަށް ބަންދުކޮށްފައިވާ ސަރަހައްދުގައި އުޅަނދު ދުއްވުން މަނާވާނެ ކަމަށް ބުންޏެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަން ވަނީ ތައްޔާރުވަމުންނެވެ.
އޭގެ ތެރެއިން ޖުމްހޫރީ މައިދާނުގައި ހަވީރު 4:15 ގައި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކާއި ސިފައިންގެ ޕެރޭޑާއި ސްކޫލު ކުދިންގެ ހަރަކާތްތައް މާދަމާ މާލޭގެ އެކި ސަރަހައްދުތަކުގައި އޮންނާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަމަދު ސަލީމް
27 July 2025
މި ސަރުކާރުން މިނިވަންދުވަސް ފާހަގަކުރަނީ ރައްޔިތުން ބަންދުކޮއްގެން އަހަރެން ހިތައްއަރަނީ މީ ކޮންވައްތަރެއްގެ މިނިވަންކަމެއް ބާއޭ!! ދުވަހާ މުނާސަބް ގޮތަކީ މީބާއޭ!!!
އުދުހޭ
26 July 2025
ވެހިކަލް ނުދުއްވޭތީ ގިނަ ބަޔަކު ގޭބަންދުގަ ތިބިކަން އެނގުނީމަ ބާތިލްކުރީދޯ؟
ކިމް
26 July 2025
3 ޖެހީމަ ގަވައިދުން އުޅެންވެގެން ހިނގާފަ ދާނެތާކަށް ދިޔައީމަ
ނާޢިފް
26 July 2025
ޖޯކެއްތަ؟ ކަންކަން ކުރަން ނޭނގި ކުރިން ބުނި އެތި ކެންސަލް ކުރުން ޢާއްމު ކަމަކަށް ތި ވަނީ. ދެން ވެސް ކުރިއަށް އޮތްތާ މުޅި “ގްރޭޓަ ސަރަހައްދު” ބަންދު ނުކޮށް އިވެންޓް ބާއްވާ ހިސާބާ މީހުން އެއްވާ ހިސާބުގަ އިންޖީނުލީ އުޅަނދު ދުއްވުން މަނާ ކޮށް ބަލަ.
ދެރަސޮެރު
26 July 2025
ދެއުޅި ނުވާ ނިންމުންތަށް ނިންމާތީ ފަހުން ހެޔޮގޮތް އެނގެނީ ހުރިހާ ކަމެއްގަވެސް ސޭމް
ބަބްސް
26 July 2025
ނަޝީދު ބުނީ ތެދެއް ، އެންމެނަކު އަބަދު ހަމައިގައެއް ނުތިބޭނެ. ޓްރާންސްޕޯޓު މިނިސްޓްރީގެ ބޭފުޅުން އިއުލާނު ނެރެވުނު ގަޑިޔާ ނަޝީދު އެބުނާ ހިނދުކޮޅާ ދިމާވެފަ ކަމަށް ބެލެވެނީ.
ސަސި
26 July 2025
އަސްލުވެސް ކަމާ ބެހޭ ފަރާތްތަކަށް ހަމަ ވާނުވާ ނޭންގެނީތަ؟
ވާގޮތް
27 July 2025
އެގުނަސް މިޖެހެނީ ހުރިހާކަމެއް އިރުޝާދާ ލަފާފުލުގެދަށުން ކުރަން.