އުމަރު ޒާހިރުގެ ނަމުގައި، ހުޅުމާލޭގައި ހުޅުވި ސަރުކާރުގެ އާ އޮފީސް އިމާރާތުގައި ހިންގާ ޓްރާންސްޕޯޓުގެ މިނިސްޓްރީގެ ހިދުމަތްތައް މިއަދު އަލުން ވަނީ ފަށާފައި. -- ފޮޓޯ: ރައީސް އޮފީސް
30 ޖުލައި 2025 - 09:50
ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިންގުގެ ސާވާއަށް ދިމާވި މައްސަލަ ހައްލުކޮށް މިއަދުން ފެށިގެން އެ މިނިސްޓްރީގެ ހުރިހާ ހިދުމަތެއް ދޭން ފަށައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް މިނިސްޓްރީތަކާއި އިދާރާތައް ހިންގާ އުމަރު ޒާހިރު ބިލްޑިންގުގެ ސާވާ ހުއްޓުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު، އޭސީތައް އޯވާހީޓުވެގެންނެވެ.
ޓެކްނިކަލް ޓީމަކުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް އިއްޔެ ކުރިއަށް ގެންދަން ހިދުމަތްތައް ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ.
އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން ރޭ ދަންވަރު މައްސަލަ ހައްލު ވެފައިވާ ކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން ހުރިހާ ހިދުމަތެއް އަލުން ދޭން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ލައިސަންސް ދޫކުރުމާއި ވެހިކަލް ރަޖިސްޓްރީ އާއި ޒޯން ބަދަލުކުރުން ފަދަ އެއްގަމު ދަތުފަތުރާ ބެހޭ ހުރިހާ ހިދުމަތެއް ކުރިއަށް ގެންދަނީ އެ މިނިސްޓްރީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗް އެމް
30 July 2025
އަލުން ފެށުމަކީ ކޮބ؟
އަޖަބު
30 July 2025
ކޮންމެ ސަރުކާރެއްގައި ވެސް އެންމެ ދޯދިޔާ ތަނަށް ތިތަން ވާ ސަބަބަކީ ކޮބައިބާ؟
ހަލާކުވި ސީސީޓީވީ
30 July 2025
ރައީސުލް ޖުމްހޫރިއްޔާގެ އިސްނެންގެވުމާއި އިރުޝާދާ ލަފާފުޅުގެ ދަށުން މިނިސްޓަރު އަމީން ތިޔަ މައްސަލަ ހައްލުކޮށްދެއްވި ކަމައްޓަކާ ޝުކުރުވެރިވަން.