އުމަރު ޒާހިރުގެ ނަމުގައި، ހުޅުމާލޭގައި ހުޅުވި ސަރުކާރުގެ އޮފީސް އިމާރާތް: ޓްރާންސްޕޯޓް މިނިސްޓްރީ ވެސް ހިންގަމުން އަންނަނީ އެ އިމާރާތުގައި-- ފޮޓޯ: ރައީސް އޮފީސް
29 ޖުލައި 2025 - 10:42
ޓްރާންސްޕޯޓް މިނިސްޓްރީ ހިންގަމުން އަންނަ އުމަރު ޒާހިރު ބިލްޑިންގްގެ ސާވާއަށް ދިމާވި މައްސަލައަކާ ގުޅިގެން ރެއިން ފެށިގެން އެ މިނިސްޓްރީގެ ހިދުމަތްތައް މެދުކެނޑިއްޖެ އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ ހުޅުމާލޭގައި ހުންނަ އުމަރު ޒާހިރު ބިލްޑިންގްގައި ހިންގާ އެ މިނިސްޓްރީގެ ސާވާ އަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ހިދުމަތްތައް ވަގުތީ ގޮތުން މެދުކެނޑިފައިވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ، ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ސަރުކާރުގެ އެހެން ބައެއް މިނިސްޓްރީތަކާއި އިދާރާތައް ހިންގާ އުމަރު ޒާހިރު ބިލްޑިންގްގެ ސާވާ ހުއްޓުނީ އޭސީތައް އޯވާހީޓުވެގެން ކަމަށެވެ.
"މި ދަތި ވަގުތުގައި ތިޔަ އެންމެހައި ބޭފުޅުން ދެއްވާ އެއްބާރުލެއްވުމާއި ކެތްތެރިކަމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. އަދި މިކަމުގެ ސަބަބުން ތިޔަ ބޭފުޅުންނަށް ކުރިމަތިވެދާނެ އުނދަގޫތަކަށް ވަރަށް ބޮޑަށް މައާފަށް އެދެމެވެ،" މިނިސްޓްރީން ބުންޏެވެ.
ހިދުމަތްތައް އަލުން ދޭން ފެށޭނެ ވަގުތެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްނިކަލް ޓީމުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސަ
30 July 2025
ޓްރާސްޕޯޓް މިނިސްޓަރ މިދައުރު ފެށުނުއިރު ހުރީ ވަރަށް ގޯގަ! ޓެކްސީތަކާއި މަގުތަކުގައި ގަވާޢިދާޚިލާފަށް ޕާކްކުރާ އުޅަނދުތަކާއި އެމިނިސްޓްރީއާއި ގުޅޭ ކަންކަމަށް ފިޔަވަޅުއަޅަން ތެދުވެ ވަރަށް އޮށްޓަރުހުރި ވާހަކަތަކެއް ދައްކަވަމުންގެންދެވި! ޓެކްސީ ޑްރައިވަރުންނާއި ދެންވެސް އެހެން ޕްރެޝަރުތައް ދިޔައީ މިނިސްޓަރަށް ބޮޑުވަމުން! އެންމެފަހުން މިހާރު މިނިސްޓަރު ވީތަނެއްވެސް ނޭގެޔޭ ބުންޏަސް ދޮގަކަށްނުވާނެ! ވާހަކަތައް ހުއްޓިއްޖެ! ކަންކަން މަޑުޖެހި ވަޅުޖެހިއްޖެ!
ވަޒީރު
29 July 2025
ހީކުރި ވަރަށް ވުރެ އެފިޝިއެންސީ ދަށް ވަޒީރެއް. އަދި ހަމަ އެއްވެސް ކަމެއް ނުވޭ.
ގެދޮރޭ
29 July 2025
ސާރވާތަކަށް ގޮތެއް ވީޔޭ ބުނުމަކީ ނުރައްކަލުގެ ސިގްނަލެއް. ޗީޓެއް ހަދާނެ ފުރުޞަޠު ހޯދަނީކަމަށް ބެލެނީ.
އެކްސްް
29 July 2025
އޭސީ އޯވަރހީޓުވީ ކިހިނެއް؟ ނޫނީ ސާވަރ ރޫމްގެ އޭސީ މައްސަލަޖެހި، ސާވަރތައް އޯވަރހީޓުވީބާ؟ މިކަމުގައި ގޮތްނޭނގޭ ކަންތައްތަކެއް އެބަހިނގާ..
އައިކޭ
29 July 2025
ކަލޯ އަމީނޫ! ފޮތް ފަންސުރާއި ފުހޭ ރަބަރު ބޭނުން ކުރާނަމަ ޓެކުނިކަލު މައްސަލަ ޖެހުން ވަރަށް ދުރުވާނެ!
ސަމަރޭ
29 July 2025
ހުރިހާ ކަމެއް ހަމަޔަށް ހުންނަ އިރުވެސް ހިދުމަތް ނުދެވިގެން ނޫނީ ލަސްވެގެން ބުރޫ އަރާފަ އޮންނަ ތަނެއް ތިޔަ ތަނަކީ.. އެހެންވީމާ ތީ އާ ކަމެއް ނޫން. އަނެއް ކޮޅުން މި ސަރުކާރުގެ އެންމެ ފެއިލް މިނިސްޓަރު ހުރިީ ތިތަނާ ހަވާލުވެގެންވެސް..
ސަންކާރު
29 July 2025
ޓެކްނިކަލް ސްޓާފުންގެ މުސާރަ ކުޑަކަމުން އަންނާނެ މީހަކު ނުވޭ. އެކަމަކު މިހާރު ޚިދުމަތްތައް ދޭތަނެއްގައި އައިޓީ މުވައްޒަފުންނެތި މެނޭޖް ނުކުރެވޭނެ. ކިތަންމެ ޑެޕިއުޓީ މިނިސްޓްރަކާއި ސްޓޭޓް މިނިސްޓަރުންނެއް ތިއްބެއް ކަމަކު މިކަމަށް ސަމާލުކަން ދީގެން މެނުވީ 2.0 އަކަށް ނުދެވޭނެ އިނގޭތޯ
ކަހަނބު
29 July 2025
ސާވާތައް ގޮސްފިޔާ ހުރިހާ ވެހިކަލެއްގެ މިލްކުވެރިންވެސް ނޭގޭނެދޯ...
ރާއްޖެތެރެ ސޮރު
29 July 2025
ހެޔޮނުވާނޭ ދުނިޔޭގެ ލަދައްވިޔަސް އިސްތިއުފާ ދެއްވަބާރ!
އަކޫ1
29 July 2025
ތިތަނުގެ މުވައްޒަފުން ތިބެނީ އަބަދުވެސް އޯވަ ހީޓްވެފަ، ބޮލުން ދުންއަރައިގެންވެސް މަސައްކތް ގާހަކަ ސްޕީޑްގަ ދަިނީ