މާމިގިލީގައި ޝިޕްރެކް.
20 އޯގަސްޓް 2025 - 14:01
ޓޫރިޒަމް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އދ. މާމިގިލީ ކައުންސިލުން އެރަށުގެ ފަޅު ކައިރިއަށް ބޯޓެއް ފައްތައި، ޝިޕްރެކެއް ހަދައިފި އެވެ.
މާމިގިލީ ކައުންސިލުގެ މެމްބަރު މުހައްމަދު ރީހާން، "މިހާރު" އަށް ވިދާޅުވީ އެ ރަށުގައި ޝިޕްރެކެއް ހެދީ ބޯޓު ޔާޑެއް ހިންގުމުގެ ޕްރޮޖެކްޓުގެ ތެރެއިން ކަމަށެވެ. އެ ޕްރޮޖެކްޓަށް އިއުލާނުކުރީ ބިޑު ކާމިޔާބުކުރާ ފަރާތަކުން ސީއެސްއާރު ޕްރޮޖެކްޓެއް ވެސް ހިންގަން ޖެހޭ ގޮތަށެވެ.
އެ ސީއެސްއާރުގައި ހިމެނޭ ތިން ކަމަކީ ދަގަނޑު ބޯޓެއް ފެއްތުމާއި ޖެޓީ މަސައްކަތާއި އިންޑޯ ހޯލެއް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
މާމިގިލީގައި ޝިޕްރެކަށް ހެދި ބޯޓު.-- ފޮޓޯ: މުހައްމަދު ރީހާން
ކައުންސިލުގެ އެ މަޝްރޫއުގެ ބިޑު ކާމިޔާބުކުރީ އެ ރަށަށް ނިސްބަތްވާ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އެވެ. ޝިޕްރެކެއް ގޮތުގައި ރަށުގެ ބޭރުން މޫދަށް ފެއްތި ބޯޓަކީ ކުރިން ވިލާ ގްރޫޕުގައި ބޭނުންކުރި ބޯޓެކެވެ.
ރީހާން ވިދާޅުވި ގޮތުގައި ރަށުގައި ޓޫރިޒަމް ކުރިއަރުވަން ބޭނުންވާތީ ކައުންސިލުގެ މެމްބަރުން އޭރު ނިންމީ އެ ޕްރޮޖެކްޓް ސީއެސްއާރުގެ ދަށަށް ލައިގެން ކުރާށެވެ.
ހަތް ގެސްޓްހައުސް ހިންގަމުން އަންނަ އެެ ރަށުގައި މިހާރު ވެސް އިތުރު ގެސްޓްހައުސްތައް ހަދަމުން އެބަދެ އެވެ.
މާމިގިލީގައި ޝިޕްރެކް.-- ފޮޓޯ: މުހައްމަދު ރީހާން
ރީހާން ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ މުހިއްމުކަން ޒުވާނުންނަށް އެނގޭތީ އެކަމުގައި ހަރަކާތްތެރިވާ ޒުވާނުންގެ އަދަދު ވެސް އިތުރުވަމުން އެބަދެ އެވެ.
ޝިޕްރެކްތައް ޓޫރިސްޓުންނާއި ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލެވެ. އެ ބަލައިލުމަށާއި އޭގެ ކައިރީގައި ފީނުމަށް ގިނަ ބަޔަކު ގޮސް އުޅެ އެވެ.
މިގޮތަށް އެންމެ މަގްބޫލުވީ ވ. އަތޮޅުގެ ޝިޕްރް މިފަހުން ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގައި ވަރަށް ބޮޑަށް ހަލާކުވެ، އެ ބޯޓު ފަރުން ނެއްޓި، ވަނީ އޮޔާ ގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާދަގަނޑު
21 August 2025
ގާސިމު ބާ ދަނގަޑުގަޑެއް ފައްތާލީމަ ހަމަ އެއްވެސް ގެއްލުމެއް ތިމާވެއްޓަށް ނުވަނީބާ؟ ކޮބާތަ ތިމާވެށީގެ އެދުރުންތައް. މިކަމާމެދު އެއްޗެއް ބުނާނެ ދުލެއް ހަމަނެތީބާ؟
ތިމާވެށީ
22 August 2025
ތިމާވެއްޓައް ވާނީ ފައިދާ. އެއީ ދަގަނޑުގައި މަސްމަހާމެއްސަށް ފައިދާހުރި ދަގަނޑުގެ ބާވަތް ލިބިދޭތީ
ބަނޫ
20 August 2025
އިއްތިފާގެއް ތީ
ކޮސް
20 August 2025
މިހާރު ޤާޞިމުގެ ބާބޯޓުތައް އުކާލާނެ ތަނެއް މިހޯދީ. އެހެންވީމަ ޤާޞިމުމެނަށް ކޮންމެ ގޮތެއް ހެޔޮވާނެއެއްނު!!!
ޖާބިރު
20 August 2025
ހަދަ ނާދިރު ކަމެކޭ ތިވީ ތިރަށުން އިއުލާނުކޮށްގެން އެންމެންނަށް ހުޅުވާލައިން ހަމަ ގާސިމް ތަ ހޮވުނީ.
ވވނާ
20 August 2025
މުއްސަދިން ކުނިއުކާލަން އޮތް ތަނެއްތޯ. ޓުރިޒަމޭ ކިޔާފަ ބޯޓް ނައްތާލުމަށް ކުރަންޖެހޭ ޚަރަދު ނުކުރަންވެގެން ފައްތާލީ. ގޭގެ ހުންނަ ބާތަކެތިވެސް ވީ މޮނިމެންޓް ހަދާށޭކިޔާފަ މަގުމަތީގަ ފުނިޖަހަން.
ބާދަގަނޑު
20 August 2025
ބައު ދަނަގަޑަށް ހަދާނެ މޮޅުގޮތެއް ފެނުނީ. ކަމެއް ފެށުނީ.
ބަޚަރަދު
20 August 2025
ބޯޓެއް ބާވެ ހަސްފަސް ނެތި އެއްލާލަން ޖެހުނީމާ އެއްލާލުމުގެ ޚަރަދުން ސަލާމަތްވުމަށް ބޮލުގެ އެއްޗެއް ތިއޮތީ ހަދާފައި.
ތިމާވެށި ހަލާކު
20 August 2025
ތިޔައީ ހަމަ ސީދާ ތިމާވެށި ހަލާކު ކުރުމެއް. ދެން ތި ކަމެއް ފެށުނީ.
ލުނބޯ
20 August 2025
ކޮބާ އީޕީއޭ. ކޮބާ ވިލިންގިލި ފަރަށް އެފްކޮން އިން ދިން ގެއްލުން. މަހުޖަނުން ފަރަށް ގެއްލުން ދިނީމާ އަތްޖަހާފަ، ނިކަމެއްޗެއް ފަރުމައްޗަށް ކަހާލިޔަސް މިލިއަނުން ޖޫރިމަނާ. ކޮބާ އިންސާފު.
ލޮބީ
20 August 2025
ލުނބޮލާ އީޕީއޭއެއް ނެތޭ މިހާރު. އީ.އާރު.އޭ ކިޔާފަ ސިޔާސީ ބޮޑެއް ލާފަ އެހުރީ. ދެން މުއިއްޒު ދިޔައިމަ އަތްޖަހާ މިހަރަ ދިދަޔާއޭ ކިޔާފަ.
މަ ބުނީ
20 August 2025
ބޯޓު ފަރަށް އެރީމަ މައްސަލަ އަކަށްވަނީ، ބޯޓު ފަރު މައްޗަށް ފެއްތީމަ ހަމަ ބަރާބަރު
އިނބިލީސް
21 August 2025
މައްސަލަ އަކީ ފަރު ބޯޓް މައްޗަށް އެރީމަ