ވިލާގެ ކުންފުނީގެ ވެރިޔާ ގާސިމް އަދި އެ ކުންފުނީގެ ޑިރެކްޓަރު ސިޔާދު ގާސިމް: އެ ކުންފުންޏާ ހަވާލުކޮށްފައި އޮތް ކާޑެއްދޫ އެއާޕޯޓް އަތުލަން ސަރުކާރުން ވަނީ ނިންމާފައި. -- ފޮޓޯ | މިހާރު
22 އޯގަސްޓް 2025 - 23:25
ވިޔަފާރިވެރިޔާ، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ ކުންފުންޏާ ހަވާލުކޮށްފައި އޮތް ގދ. ކާޑެއްދޫ އެއާޕޯޓް، ސަރުކާރަށް ދޫކޮށްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ނުވަތަ އެ ކުންފުންޏަށް ޓެކްސް އިން ލުޔެއް ދޭން އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.
ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ އެންމެ ފުރަތަމަ ހަވާލުކުރީ 2013 ވަނަ އަހަރު 50 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ޖެނުއަރީ 2017 ގައި އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަނީ އެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، އެއާޕޯޓް އަތުލައިފަ އެވެ.
އެކަމަކު، އެ އެއާޕޯޓް ވިލާ އަށް އަނބުރާ ދޭން ސިވިލް ކޯޓުން 2018 ގައި ހުކުމްކުރި އެވެ. މި ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. ހުކުމާ އެއްގޮތަށް، އެއާޕޯޓު ވިލާ އެއާއާ އަލުން ހަވާލުކުރީ މާޗު 2022ގަ އެވެ.
އޭގެ ފަހުން ވެސް އެއާޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށާއި އެއާޕޯޓު މަރަމާތު ނުކުރާތީ އެ ތަނުން ހިދުމަތް ހޯދާ ގިނަ ބަޔަކު ޝަކުވާ ކުރެ އެވެ. އެތަނުގެ ހާލަތު ގޯސްވެފައިވާތީ، ރައްޔިތުންގެ މަޖިލީހުން ވެސް އެ މައްސަލަ ބެލި އެވެ. އަދި މި ސަރުކާރުން ވަނީ ސަރުކާރުން އެތަނާ ހަވާލުވެ، ތަރައްގީ ކުރަން ބޭނުންވާ ކަން ހާމަކޮށްފަ އެވެ. އެކަމާ ގުޅޭ މަޝްވަރާތައް ވިލާ ކުންފުންޏާ އެކު ސަރުކާރުން ދިޔައީ ކުރަމުންނެވެ.
ސަރުކާރުން ބޭނުން ނަމަ އެއާޕޯޓް ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ގާސިމް ވިދާޅުވުމަށް ފަހު، ވިލާ ކުންފުނިން ސަރުކާރަށް ހުށަހަޅާފައިވަނީ ބަދަލުގެ ގޮތުގައި 21 މިލިއަން ޑޮލަރު ހޯދުމަށެވެ. ނަމަވެސް، އިކޮނޮމިކް ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ނިންމާފައިވަނީ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދިނުމަށެވެ.
އިކޮނޮމިކް ކައުންސިލުން ވިލާ ކުންފުންޏަށް ފޮނުވާފައިވާ ސިޓީ މިރޭ ގާސިމް އެކްސްގައި ހާމަކޮށްފައިވާއިރު، އޭގައިވާ ގޮތުން ސަރުކާރުން ނިންމާފައިވަނީ އެއާޕޯޓް ސަރުކާރަށް ނެގުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު 18 މަސް ދުވަހަށް ބަހާލައިގެން ވިލާ ކުންފުންޏަށް ދިނުމަށެވެ.
ނުވަތަ ވިލާ ގްރޫޕްގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާ އިން 18 މަސް ދުވަހަށް ބަހާލައިގެން އެޖަސްޓްމަންޓެއް ހެދުމަށެވެ. އެ ދެ ގޮތުން ކުރެ، ވިލާ ކުންފުނިން އެދޭ ގޮތެއް އަންގައިދޭން ސަރުކާރުން ވަނީ އެދިފަ އެވެ.
އެކަމަކު ވިލާ ކުންފުނިން އެއްބަސްވި ގޮތެއް އަދި ސާފެއް ނުވެ އެވެ.
ގާސިމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސަރުކާރުން ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ދޭން ނިންމީ ވިލާ ކުންފުންޏަށް ލިބުނު ގެއްލުމާއި އެތަނަށް ކުރި އިންވެސްޓްމަންޓަށް ބަލާފައި ކަމަށެވެ. އެތަން ދޫކޮށްލަނީ އަވަސް މުއްދަތެއްގައި އެތަނަށް އިންވެސްޓް ކުރެވެން ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ހެދީމަ ލިބޭނެ ފައިދާގެ ބޮޑު ކަން ވެސް އެނގި ތިބެ ސަރުކާރަށް ދޫކޮށްލީ،" ގާސިމް ވިދާޅުވި އެވެ.
ކާޑެއްދޫ އެއާޕޯޓްގެ ވާހަަކަ މިރޭ އެކްސްގައި ގާސިމް ދެއްކެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭގެ ޖަލްސާގައި ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ޕީއެންއެފްއިން ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި ގޮތުގައި ކާޑެއްދޫ އެއާޕޯޓް ހިންގަން އުޅެއުޅެ ނުހިންގިގެން އެތަން އެންމެ ފަހުން ސަރުކާރާ ހަވާލުވީ 30 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މާފުކޮށްފައި ކަމަށެވެ.
"ކޮން ކަހަލަ ލަދު ހުތުރު ކަމެއްތޯ މިއީ. ސަރުކާރުން އެ އެއާޕޯޓުގަނޑާ ހަވާލުވެފައި އަދި ދައުލަތަށް ވަންނަން އޮތް ޓެކްސް ފައިސާގެ 30 މިލިއަން ޑޮލަރު އެ މާފުކޮށްދިނީ. ދެން މީގެ ތެރޭގައި ކޮރަޕްޝަން އެކުނުލެވޭނެތޯ. މީގެ ތެރޭގައި ކޮންމެވެސް މީހަކު ލޯންޑާކުރާނެ މަނީ ދެއްތޯ،" ޔާމީން ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓްގެ ކަންކަން ހިނގާފައިވާ ގޮތް އޮޅުވާލަން ޔާމީން ހެއްދެވީ އިތުރުފުޅެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަދސަދ
23 August 2025
މި ފައިސާ ޤާސިމަށް ޙައްޤުވާނެ ގޮތެއް އޮންނާނެބާ؟
އަހުމައް
23 August 2025
އަލް ހަމްދްލިއްލާހް. މާތް ﷲ ގެ ހެޔޮލަފާ އަޅުންނަށް ދެއްވާނެ
ޢަތޫ
23 August 2025
ތިހެން ފައިިސާ ބަހާ އަހަރުމެންގެ ދަރިންނަށް ދަންދެން ދަރުވާ ލައިފިއޭ. ކީއްކުރާނީ ސިޔާސީ މީހަކު ގޮއްސިއްޔާ ރަތް އަވީ ގައި ސަފުހަދައިގެން ގިނަ ރަތްޔިތުން ތިބޭނެ. އެހެންވީމަ ބަހާވަރު މަދު
މޯޖޯޖޯޖޯ
23 August 2025
ހެޔޮނުވާނެ....
ކޮކަޑި
23 August 2025
ބަސްއަހާކުދިންނަށް ދަޢުލަތް ދަރާވިކިގެންވިޔަސް ބޮޑުލާރިލިބޭނެކަމުގެ ދިރިހުރި މިސާލެއްމިއީ...
ސެލިއުޓް
23 August 2025
ޝުކްރިއްޔާ ރައީސް ޔާމީން. އެމަނިކުފާނު މި ވާހަކަ ނުދެއްކިނަމަ ދިވެހި ރައްޔިތުންނަށް ކަޅެއް ދޮނެއް އަންގާ ނުލާ މިކަން ނިންމާލީސް.
ސޯޅަ
23 August 2025
މިއީ ވިޔަފާރި ކުރަނީތަ؟ ތިޔަމީހަކަށް ބަދަލުގެ ގޮތުގައި ދެވުނު މުދަލާއި ފައިސާ ގުނާއަދަދު އެބަކުރެވޭބާ؟
ފަނޑިޔާރު
23 August 2025
މި ދެންކިހާ ބޮޑު މުސީބާތެއްހެއްޔެވެ. ރައްޔިތުންގެ ލާރި މި މީހުން ބޭނުން މީހަކަށް ދީފަ ހުސްކުރަނީއެވެ. ތިޔަ ބުނާ އެއާރޕޯރޓަށް ޤާސިމް ހަރަދު ކޮށްފައި ހުރި ވަރު ކާކުތަ ބެލީ. އެތަނަށް އެއްވެސް ބަދަލރއް ނާދެއެވެ. ޔާމިން ދެއްކި ވާހަކަ މިހަރު މިއޮތީ ހަމަ ސީދާ ވެފައެވެ، ސީދާ އެމަނިކްފާނު ވިދާޅުވި އަދަދު ނުވި ކަމުގައި ވިޔަސް މި ޖަރީމާ މިއޮތީ ހަމަ ހިންގާފައެވެ.
ހިމްނާ
23 August 2025
ގާސިމު އަތުގަ ތިޔަ އެއާޕޯޓު އޮވެގެން ވާ އެއްވެސް މޮޅެއްނެތް.. ހަމަ ނަގަންވީ .. އަދި އެކަން ކުރަން ޖެހޭނީ ކޯޓުމަރުހަލާއިން ދައުލަތަށް މާލީ ބުރައެއް ފަހުން އުފުލަން ނުޖެހޭކަން ކަށަވަރުވާގޮތަށް
އަފްރާސިޔާބު
23 August 2025
ގާސިމަކީ ވިޔަފާރިކުރަން ދަންނަ މީހެއް. އޭނާއަށް އެނގޭ ރަންގަނޑާ ހިލަގަނޑާ ވަކިކުރަން. އެހެންކަމުން ތިޔައީ ހަިލަގަނޑެކޭ ކިޔާފައި ސަރުކާރުގެ ބޮލުގައި ތެތް ގޯންޏެއް އަޅުވާފައި "ހިލަނގަޑު" ވަރަށް ކުޑަ އަގެއްގައި ގަންނަނީ. ބުނަނީވެސް ވަޅިތޫނު ކުރަންވެގެންނޭ ގަންނަނީ. އެއަކީ ކޯއްޗެއްކަން އެނގިގެން ސަރުކާރުން ތެޅޭ އިރަށް ބުނަނީ ތިމަންނަ މީގެ އޮޑިޓެއް ހެދިއިރު އެއީ ރަންގަނޑެކޭ އޮޑިޓްގައި ފާހަގަކޮށްފައޭވަނީ އޭގެ ހަގީގީ އަގަކީ 30 މިލިއަންޑޮލަރު ކަމަށް.