އުތުރުގެ މައި ވިޔަފާރި ބަނދަރު، ކުޅުދުއްފުށީ ޕޯޓުގައި އާ ހިދުމަތްތައް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ކެބިނެޓުގެ ބައެއް ވަޒީރުންނާއި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | އެމްޕީއެލް
26 އޯގަސްޓް 2025 - 21:13
އުތުރުގެ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދިނުމުގެ ބޭނުމުގައި އެ ސަރަހައްދުގެ މައި ބަނދަރު، ހދ. ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ފްރީ ޒޯނަކާ އެކު މުޅިން އާ ހިދުމަތްތަކެއް މިއަދު ތައާރަފުކޮށްފި އެވެ.
އެ ހިދުމަތްތައް ތައާރަފުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ކުޅުދުއްފުށީ ޕޯޓު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގަ އެވެ.
އެމްޕީއެލް އިން ބުނީ އެއީ މި އަހަރުގެ މެއި 19 ވަނަ ދުވަހު އެ ކުންފުންޏާއި އިކޮނޮމިކް މިނިސްޓްރީއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ތައާރަފް ކުރި ހިދުމަތްތަކެއް ކަމަށެވެ.
އެމްޕީއެލް އިން ތައާރަފުކުރި ހިދުމަތްތަކުގެ ތެރޭގައި ކާބޯތަކެތީގެ މައިގަނޑު ބާވަތްތަކާއި އެހެނިހެން ބާވަތްތައް އަދި އަސާސީ މުދަލާއި ޑިއުޓީ ނުދައްކާ މުދާ ރައްކާ ކުރުމަށް ހާއްސަ ބޮންޑެޑް ސަރަހައްދަކާއި އުތުރުގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކަށް ހާއްސަ ބޮންޑެޑް ވެއާހައުސްގެ ހިދުމަތް ހިމެނެ އެވެ.
ކުޅުދުއްފުށީ ޕޯޓުގައި އާ ހިދުމަތްތައް ތައާރަފު ކުރުމުގެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓަރު ސައީދާއި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ސޮއިކުރައްވަނީ. -- ފޮޓޯ | އެމްޕީއެލް
މީގެ އިތުރުން އަތޮޅު ތެރޭގައި މުދާ ޑިސްޓްރިބިއުޓް ކުރުމަށް އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން "ޑޮމެސްޓިކް ވިޔަފާރިވެރިން" މުދާ ބޭލުމަށް ހާއްސަ ތަނެއް ކުޅުދުއްފުށީ ޕޯޓުގައި ގާއިމްކޮށް މިއަދު ހިދުމަތް ފެށި އެވެ. އަދި އިމާރާތް ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ފަދަ ބާވަތްތައް ކުޅުދުއްފުށި ޕޯޓަށް ގެންގޮސް ބަލްކްކޮށް، ރައްކާ ކުރާނެ ހާއްސަ ސަރަަހައްދެއް ވެސް މިއަދު ހުޅުވި އެވެ.
"މި ހިދުމަތްތަކުގެ ސަބަބުން ވިޔަފާރިތަކުން މުދާ އެއްތަނުން އަނެއް ތަނަށް އުފުލުމަށް ކުރަންޖެހޭ ހޭދަ ދަށްކުރެވި، ބާޒާރުގެ އަގުތައް ހަމައަކަށް އެޅުމަށް މަގުފަހިވެ، އަދި އުތުރުގެ އަތޮޅުތަކުގެ އާއްމު ފަރުދުންނާއި ވިޔަފާރިތަކަށް މުދާ ފޯރުކޮށްދިނުމުގެ ނިޒާމް އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ،" އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ވެ އެވެ.
"އަދި ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، ތަރައްގީ ކުރުމަށާއި އިގްތިސާދީ ވިލުންވެރިކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ތަސައްވުރަށް ވާސިލް ވުމަށް މަގުފަހިވެގެންދާނެ އެވެ،"
އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި ޑިމާންޑް އުފެދޭ މިންވަރަށް ބަލައި ބޮންޑެޑް ސްޓޯރޭޖުގެ ހިދުމަތްތައް ފުޅާކުރުމަށް ކުޅުދުއްފުށީ ޕޯޓަށް މިހާރު ހަމަޖައްސާފައިވާ ބިމުގެ ސަރަހައްދު ފުޅާކޮށް، އިތުރަށް ތަރައްގީ ކުރުމެވެ.
ކުޅުދުއްފުށީ ޕޯޓުގައި އާ ހިދުމަތްތައް ތައާރަފު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން އެވެ.
ކުޅުދުއްފުށީ ޕޯޓުގައި ހިދުމަތްތައް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތު. -- ފޮޓޯ | އެމްޕީއެލް
އެ އެއްބަސްވުމުގެ ދަށުން ތިލަދުންމަތީގެ އެހެން އަތޮޅުތަކުގެ މީހުންނަށް ވެސް ގިނަ ފައިދާތަކެއް ލިބޭނެ ކަމަށް އެމްޕީއެލުން ބުންޏެވެ.
އޭގެ ތެރޭގައި ޑިއުޓީ ދެއްކުމަކާ ނުލައި ކާޑުގެ ބާވަތްތަކާއި ކާބޯތަކެތި އަދި އެހެނިހެން މުދާ ގުދަންކޮށް ބެހެއްޓޭނެ އެވެ. އެމްޕީއެލުން ބުނީ އެ ޒޯންގައި ވަރަށް ކުޑަ އަގެއްގައި މުދާ ބެހެއްޓޭނެ އިންތިޒާމުތައް ހަމަޖެހޭނެ ކަމަށެވެ.
ކުޅުދުއްފުށީ ޕޯޓު ބޮޑުކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރީ މިދިޔަ މެއި މަހު އެވެ. އޭގެ ތެރޭގައި ހއ. ހދ. ށ. އަދި ނ. އަދި ވަށައިގެންވާ ރަށްތަކަށް ހިދުމަތް ދެވޭ ގޮތަށް ކުޅުދުއްފުށީގައި އުތުރުގެ ރަށްތަކަށް ހާއްސަ ލޮޖިސްޓިކަލް ހަބެއް ތަރައްގީ ކުރުން ވެސް ހިމެނެ އެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި ސަރުކާރުގެ އަމާޒަކީ އަތޮޅުތެރެއަށް ދެމެހެއްޓެނިވި ގޮތެއްގައި މުދާ އުފުލޭނެ ނިޒާމުތައް ހަރުދަނާކޮށް، މުދާ އުފުލުމުގައި ކުރަންޖެހޭ ހޭދަ ކުޑަކޮށް، އެކަމުގެ މަންފާ މުޅި އިގުތިސާދަށް ކުރާނެ މަގު ފަހިކޮށްދިނުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުހާމް މުހައްމަދު
27 August 2025
ފެނޭތަ މީހުން ތަރައްގީ ގެންނަނ ގޮތް؟ މީގެ ސަބަބުން ކިހާ ވަޒީފާއެއް އުފެދޭނެ. މިހެން މިކަން ކޮށްގެން ރަށްފުގަ ދިރިއުޅެވޭނީ.
މުހައްމަދު ސަނީހް
27 August 2025
މީ ވަރަށް ރަނގަޅު ކަމެއް. މީގެ ސަބަބުން މިގައުމުގެ އިގްތިސާދަށް ހާއްސަކޮށް ކުޅުދުއްފުށީ ސަރަހައްދުގެ އިގްތިސާދު އިތުރަށް ކުރިއަރާނެ.
އޮނަރަބްލް އަފީފު ދީދީ
27 August 2025
ކ.މާލޭމީހަކު ވެރިކަމުގައި ހުރެ އަދި ސަރުކާރު ސިޔާސަތުކަޑައަޅާ ތަންފީޒުކުރަން އެރަށުބިންވެރިން ތިބިހާދުވަހަކު އެމީހުން ރާއްޖޭގެ އެހެން އެއްވެސްރަށެއްގައި ދެމެހެއްޓެނިވިގޮތަކަށް އިޤްތިސޯދީ އެއްވެސްކަމެއް ނުކުރާނެ. އަދި އެފަދަކަމެއްކުރުމަށް އެހެންބަޔަކު އުޅުނުކަމަށްވިޔަސް އެކަމަށް ފުރުސަތެއްވެސް ނުދޭނެ. ވޭތުވެދިޔަ 60 އަހަރު ތެރޭ ކުރިމަތިވި އިންތިޙާބްތަކުގައި Rotterdam Port ފެންވަރަށް ކިތަންމެ ފަހަރަކު ކުޅުދުއްފުށި އަދި އައްޑޫ ޕޯޓް ތަރައްޤީކޮށްފި.
އޮނަރަބްލް އަފީފު ދީދީ
27 August 2025
ކުޅުދުއްފުށި އަދި އައްޑޫ ޕޯޓަށް މުދާއެތެރެކޮށް އަދި މި ޕޯޓްތަކުން މުދާ އެކްސްޕޯޓްކުރަން ހިތްވަރުދިނުމަށްޓަކާ ކުޅުދުއްފުއްޓާއި އައްޑޫ ޕޯޓަށް އިމްޕޯޓްކުރާ މުދަލުން ޑިއުޓީގެ ބޮޑުބައެއް މާފްކޮށްދީ އަދި މިޕޯޓް ތަކުގައި Warehouse Facility ޤާއިމްކޮށް އުތުރާއި ދެކުނުގެ ރައްޔިތުނަށް އުއްމީދެއް ގެނެސް ދިނުމަށް ފުރަތަމަ މަލްޓިޕާޓީ ޑެމޮކްރަޓިކް އިންތިޙާބީ ސަރުކާރުން މަސައްކަތްތަކެއް ކުރިކަމަށްވިޔަސް ޔާމީނު ސަރުކާރުން އެކަންކަން ބަދަލުކޮށް އެކޮޅު ކޮޅުންޖެހި.
އޮނަރަބްލް އަފީފު ދީދީ
27 August 2025
ކުޅުދުއްފުށި އަދި އައްޑޫ ސީޕޯޓް ތަރައްޤީކޮށް ހިންގުމުގެ އެއްވެސް ފިކުރެއް މާލޭސަރުކާރުގައި ހުރިނަމަ، ރާއްޖެ އަންނަ ކައްޕަޅި ބޯޓްތައް ނަުވަތަ ލަކުނޑި ބޯޓް މާލޭ ބަނދަރަށް ވަނުން މަނާ ކުރާނެ. އަދި ދައުލަތުން ސަބްސިޑައިޒް ކޮށްގެން އެސްޓީއޯއިން އެތެރެކުރާ ކާޑްގެ ބާވަތްތަކަށް ބިޑަށް ހުޅުވާލާނީވެސް އުތުރަށާއި ދެކުނަށް ބޭނުންވާ ހަނޑޫ، ހަކުރު އަދި ފުށް އެތެރެ ކުރަން މާލޭޕޯޓްގެ އިތުރަށް ކުޅުދުއްފުށި އަދި އައްޑޫ ޕޯޓަށްވެސް ކާޑް ގެންނާން ޖެހޭފަދަ ގޮތަކަށް.
އޮނަރަބްލް އަފީފު ދީދީ
27 August 2025
އައްޑުއާއި ކުޅުދުއްފުށި ސީޕޯޓްގެ ވާހަކަ ބާއްވާފައި ހިންގަވާ މާލޭސަރުކާރުން ހަނިމާދޫ އަދި އައްޑޫ GAN International Airport ތަރައްޤީކުރަން ދައްކާ ވާހަކަތަކާއި، ބަހަނާތަކުގެ އިތުރަށް މިކަމުގައި އެމީހުން އަމަލު ކުރަމުންދާގޮތަށް ބަލާލަން. އަމިއްލައަށް އިސްނަގައިގެން ލަންކާ އެއަރލައިން ކޮލަމްބޯ ގޭން ޝެޑިއުލް ދަތުރު ފައްޓާފައި ގޭން އެއަރޕޯޓުން ހުވަދުއަތޮޅު ރިސޯޓްތަކަށް ގެސްޓުން ގެންދެވޭގޮތަށް ޑޮމެސްޓިކް ކަނެކްޓިވިޓީ ހަދާދޭން މާލޭސަރުކާރުގައި އާދޭސްކުރި.
އޮނަރަބްލް އަފީފު ދީދީ
27 August 2025
ޑޮމަސްޓިކް ކަނެކްޓިވިޓީ ނުދިނުމުގެ އިތުރަށް އިހައްދުވަހު ހެދި ޤާނޫނުގެދަށުން ކ.މާލޭ އެއަރޕޯޓެކޭ އެއްގޮތަށް ގޭން އެއަރޕޯޓުން ފުރާމީހާއަތުން ވެސް އިކޮނޮމީ ކްލާހުގައިނަމަ 50 ޑޮލަރު، ބިޒްނަސް ކްލާސް ނަމަ، ދިވެހިންނާއި ބިދޭސީންގެ އަތުންވެސް 120 ޑޮލަރު އަދި ފަސްޓް ކްލާހުން ދަތުރުކުރާ ކޮންމެ މީހެއްގެއަތުންވެސް 240 ޑޮލަރު ނަގަން ކަޑައަޅާ ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ މީހުންގެއަތުން 480 ޑޮލަރުގެ ފީއެއްނަގަން ނިންމިއިރު، ސަރުކާރުން މިކަމަށް ވިސްނާލިތޯ؟!
ވާންޗޯ
27 August 2025
ބުނި ދޯ މަޖިލިސް ގެ މެޖޯރިޓީ ލިބިޖެޔާމުން ޑޮލަރު އަގު ތިރިވާނެޔޭ، ދަނީ މައްޗައް
ދިއްދޫމީހާ
27 August 2025
މާތްކަމޯ ކަލޯގަޔާ ދެން އަންއަހަރު ފައްޓާނީ އަލިމަހާ ޔާގޫތު ވިއްކަން ތިޔަ ޕޯޓުގައި..
ބަންކަރިންގ
26 August 2025
އަހަރެއް ތެރޭ 400 މިލިއަން ޑޮލަރ ވައްދަންވެގެން ފެއްޓި ބަންކަރިންގ ޚިދުމަތް؟ ކިހާ އަދަދެއްގެ ފައިސާ ލިބިއްޖެތޯ؟ ނޫސްވެރިން ކަމާއި ގުޅުންހުރި ފަރާތްތަކުން މައުލޫމާތު ހޯދައި އަހަރެމެންނާ ހިސާބަށް ބަންކަރިނގ އިން ލިބުނު ފައިދާ ހިއްސާކޮއްލަ ދޭންވެއްޖެނޫންތޯ
މަ ބުނީ
26 August 2025
މަ ބުނީ ތިއައީ ބެކާރުކަމެކެވެ. ޑޮލަރުގެ އަގުވެއްޓި ރުފިޔާގެ އަގު މިހާމަތިއިރެއްގައި ރާއްޖެ އެތެރެކޮށް މުދާވިއްކުމަށްވުރެ ތުރުކީ ވިލާތަށް ރީ އެކްސްޕޯރޓް ފެށުންވަރަށް ބުއްދިވެރިއެވެ!