ސީއެސްސީއަށް އައްޔަންކުރަން ފާސްކުރި ނާސިހާއި ޑރ. ފާއިޒާއި ޑރ. ދީބާ.
27 އޯގަސްޓް 2025 - 15:37
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްގެ މަގާމުގައި މިހާރު ވެސް ހުންނެވި މުހައްމަދު ނާސިހު އިތުރު ދައުރަކަށް އައްޔަން ކުރުމަށާއި އަދި އެ ކޮމިޝަންގެ މެމްބަރު ކަމަށް އިތުރު ދެ ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ސީއެސްސީގެ ތިން މެމްބަރެއްގެ ދައުރު ހަމަވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ. އެހެންވެ، އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލި މުއްދަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސަށް ފެނިވަޑައިގަންނަވާ ހަ ނަމެއް މަޖިލީހަށް ފޮނުވި އެވެ.
އޭގެ ތެރެއިން މަޖިލީހުން ރުހުން ދިނީ މިހާރު ވެސް އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި ނާސިހާއި ޑރ. ދީބާ މޫސާ އަދި ޑރ. ހުސެއިން ފާއިޒަށެވެ. އޭގެ ތެރެއިން ދީބާއަކީ ހެލްތު މިނިސްޓަރު ނާޒިމްގެ އަނބިކަނބަލުންނެވެ. އަދި ޑރ. ފާއިޒަކީ ސުޕްރީމް ކޯޓުގެ ކުރީގެ ސެކެޓްރީ ޖެނެރަލެވެ.
ސީއެސްސީއަށް ނާސިހު އައްޔަންކުރަން ރުހުން ދިނީ 52 މެމްބަރުންގެ ވޯޓުންނެވެ. އަދި ހަތަރު މެމްބަރަކު ވަނީ އޭނާއާ ދެކޮޅަށް ވޯޓު ދީފަ އެވެ.
ދީބާ އައްޔަން ކުރުމަށް ފެންނަ ކަމަށް 60 މެމްބަރުން ވޯޓު ދެއްވިއިރު، ޑރ. ފާއިޒު އެ މަގާމަށް އައްޔަންކުރުމަށް 54 މެމްބަރަކު ވޯޓު ދެއްވި އެވެ.
ދީބާ ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް) ގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ކަން ވެސް ކުރައްވައިފަ އެވެ.
ސީއެސްސީގެ މެމްބަރު ކަމަށް 2020 ގައި އައްޔަންކުރި ނާސިހާއި އިތުރު މެމްބަރުންތަކެއްގެ މައްސަލަ މިދިޔަ އަހަރުގެ ތެރޭގައި ވަނީ މަޖިލިހުގެ ދާއިމީ ކޮމިޓީއަކަށް ހުށަހަޅައިގެން، މެމްބަރުންތަކެއް ވަކިކުރުމުގެ މަސައްކަތްކޮށްފަ އެވެ. އަދި ހައްސާސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައި އެ ކޮމިޝަންގެ ބައެެއް މެމްބަރުން އޭރު ވަކިކުރިޔަސް އެ މައްސަލައިން ނާސިހު ސަލާމަތްވީ އެވެ.
މިއަދު ޖަލްސާގައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރު ކަމަށް ސ. ހުޅުދޫ، އަހުމަދު މަގްސޫމް އައްޔަން ކުރަން ވެސް ފާސްކޮށްފަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 62 މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ ވޯޓުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުނސްޏީ
29 August 2025
ސްޕްރީމް ކޯޓު ފުނޑާލުމުން އޭގެ ބަދަލު ސަޅި
ދަ ބަބޭރިއަން ހޯޑް
28 August 2025
ތިޔަ ކޮމިށަނުގެ ކޮންޕިއުޓަރުތަކަށް ސްޕައިވެއާ އަޅައިގެން މުއައްޒަފުންނަށް ފާރަލީ މައްސަލައަށްވީ ކިހިނެއްތޯ!؟ އެކަމުގެ ޒިންމާ ކޮމިށަނުގެ ރައިސް ނަންގަވަން ނުޖެހޭތޯ!؟
ކޮރަލް
27 August 2025
މިނިވަން މުއައްސަސާ ތަކުގަ އުޅޭ ވެރީން ނަކީ ގަޑި ޖެހޭ ބައެއް ނޫނެވެ. އޮފީހުގަ އުޅެނީ ވ މަދު ގަޑި އަކުއެވެ. މިމީހުން ގިނަ ވަގުތު އޮފީހުގަ ހަރުލާނެ ގޮތެއްވެސް ހަދާ ބަލާށެވެ.
ބާތުޑޭ
28 August 2025
ޖޭޒު ކެފޭގައި ކޭކު ފެޅުން އެޗުއާރުސި މެންބަރުންގެ ކަމަކީ
ފާތުމަނިކެ
27 August 2025
ފާތުމާނިކެ އަލުން ތިޔަތަނަށް އައްުޔަން ނުކުރީތީ މުއިޒްބެއަށް ޝުކުރުދަންނަވަން. ގިނަވާނީ އޮފީހަށް ނުނިކުންނަ ދުވަސް
އައުޓް އިން
27 August 2025
އެޗުއާރުސީއެމް ގެ މެޖޯރިޓީ ބަދަލުވުމަކީ ހެޔޮ ފާލެއް
ޗާލި
27 August 2025
ތި ނާސިހު ކަހަލަ މީހުން ތިތަންތަނަށް ލައިގެން ސަރުކާރުދެކެ ރުޅިއަންނަ މީހުން ހައްތަހާ އިތުރު ވާނީ.
އަަޙްމަދު
27 August 2025
އަސްލުވެސް. ވަރަށް ކަޑަ މީހެއް. އެއްވެސް ލީޑަރޝިޕެެއް ނެތް
އަސަރެއް
27 August 2025
ނާސިހު އެއީ 100ގެ ގޮލައެެއް.. އެއްވެސް މީހަކަށް ޒާތީއެއް ނުވާނެ.. މަޑުމައިތިރި އަހުލާޤު ރަނގަޅު ވެރިއެއް.. ކަޓެއް ނުނަގާނެ.. ގިނަ މުވަައޒަފުން ވަރަށް ލޯބިވާ ބޭފުޅެއް.. ޒާތީ ހަސަދަވެރިން އަބަދުވެސް އުޅޭނެ ކަޑަވެފަ ތިބެންޖެހޭނި.. އެއްކަމެއްވެސް ނުވާނެ އަސރެއް ކުރާނި
ނަމީރާ
28 August 2025
@އަސަރެއް ނާސިހް ޖެހޭނީ މިފަހަރު ކޮމިޝަންގެ ރައީސް ކަމުން ފައިބަން! ހަމަ ބުނެލީ! ކުރިން ކުޅުނު ކާޑު މިއަދު ކުޅެވެން ނެތް. ނާސިހްގެ މައްސަލައަކީ ލޮނު މަޑު، އަމިއްލަ މަގާމް ހޯދުމަށް އަދި ދިފާއުކުރުމަށް ބަގުޑި ބެއްދުން! ޖޭއެސްސީގަ ގާބިލް ދެ ފަނޑިޔާރުން އެއްލާލި ގޮތް އަދި ނާސިހްގެ ބައިވެރިވުން ވަރަށް ހުތުރު! މީހަކަށް ދެރައަށް ދީފަ، އުފަލުގަ ނުހުރެވޭނެ.