ޝަހީދު ހުސެއިން އާދަމް ބިލްޑިން: ބ. އަތޮޅު ރިސޯޓެއްގައި މަރުވި ޒުވާނެއްގެ އޮޓޯޕްސީ ހަދަން ވަނީ ނިންމާފައި.- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
30 އޯގަސްޓް 2025 - 10:10
ބ. އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއްގައި ދިވެހި ޒުވާނަކު މަރުވެފައި އޮއްވައި ފެނުނު މައްސަލައަކާ ގުޅިގެން އޮޓޯޕްސީ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ރިސޯޓެއްގައި އުމުރުން 21 އަހަރުގެ ފިރިހެނަކު މަރުވި މައްސަލައެއް ރިޕޯޓުކުރީ މިމަހުގެ 23 ވަނަ ދުވަހު ކަމަށެވެ. އެކަމަކު އެއީ ކޮން ރިސޯޓެއްގައި ހިނގި ހާދިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި މައްސަލާގައި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި، އޭނާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ތަހުގީގު ޓީމުން ވަނީ ނިންމައިފަ އެވެ.
އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާސްޓްސްޕީޑް
31 August 2025
7 ދުވަސް ފަހުންތޯ ގޮތެއް ނިންމުނީ. އަދި ކިހާ ދުވަހެއް ވާނެތޯ ތިޔަ އޮޓޮޕްސީއެއް ހަދާފަ އެކުއްޖާ ވަޅުލަން.
ގޮނުއަނގަ
30 August 2025
މިހާރަކަށް އައިސް ހާދަގިނައިން ހަދާ ސީއެކޭމީދޯ. ސީއަކަށް ކިހާވަރެއް އިންޑިޔާއިން ޗަލުބާލާބާ. ފްލައިޓް ޗާޖުއާ ޓެސްޓަށް ދާއަދަދު އަޅެ އެނގިލާނަމަ. މިހާރަށް ސީލެވެނީވިއްޔާ މީގެ ފޮއްޓެއް ރާއްޖެއަށް އަވަހަށް ގެންނަންޖެހޭ. ތަންކޮޅެއް ޚަރަދު ކުޑަވެދާން ކަންނޭނގެ