އިންޖީނު ހަދައިގެން ފަޅުން ނިކުންނަނިކޮށް ހދ. ކުޅުދުއްފުށީ ފަރަށް އެރި، ހއ. ކެލާ ޑީއެމްއެލް އެކްސްޕްރެސް-- ފޮޓޯ: ފޭސްބުކް/ހަމީ ހަމިއްޓޭ
31 އޯގަސްޓް 2025 - 22:25
ހދ. ކުޅުދުއްފުށިން އިންޖީނު ހެދުމަށްފަހު އެރަށު ފަޅުން ނިކުންނަން އުޅުނު ހއ. ކެލާ ބޯޓެއް، މިއަދު ފަރަށް އަރައިފި އެވެ.
ފަރަށް އެރީ ކެލާއަށް މުދާ އުފުލުމަށް މާލެ ދަތުރުކުރާ ޑީއެމްއެލް އެކްސްޕްރެސް އެވެ.
އެ ބޯޓުގެ އެއް ހިއްސާދާރު އަދި ކެލާ ކައުންސިލް ކުރީގެ ރައީސް އަދަމް ގުފްރާން "މިހާރު" އަށް ވިދާޅުވީ ކުޅުދުއްފުއްޓަށް ބޯޓު ގެނައީ އިންޖީނު ހެދުމަށް ކަމަށެވެ.
ފަރަށް އެރީ އިންޖީނު ހެދުމަށްފަހު މިއަދު ހަވީރު ކެލާއަށްދާން ފަޅުން ނިކުންނަން އުޅެނިކޮށް އިންޖީނު ހުއްޓިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބޯޓުގައި ނުހުންނާނެ އެއްވެސް މުދަލެއް. އެއީ އިންޖީނު ހަދާ ނިންމާފައި ރަށަށް ދާން އޮތް ދަތުރުގަ މިހެން މިވީ. އިންޖީނު ހުއްޓިގެން އޮޔާ އައިސް ލައްވީ ބޯޓު،" އޭނާ ވިދާޅުވި އެވެ.
އެ ބޯޓު ފަރަށް އެރިއިރު އޭގައި ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ހަ މީހުން ތިބި ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބޯޓު ފަރަށް އަރާފައި އޮތީ ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭގެފާނު ބަނދަރާ ދިމާލުން ހުޅަނގު ފަރާތަށެވެ. ބޯޓު ފުންކުރުމަށް އެމްއެންޑީއެފާއި އެ ރަށު ސިޓީ ކައުންސިލުން އެހީތެރިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އިހުސާންް
01 September 2025
ނަގިލި ނުލީ ކީއްވެ؟
raajje
01 September 2025
އިންޖީނަށްދިމާވީކޮންމައްސަލައެއްތޯ؟ ސެޓިފައިޑު އިންޖިނޭރެއްތޯ އިންޖީނު ރިޕެއަރކުރީ، އިންޖީނު ރިޕެއަރކުރުމަށްފަހު ރަނގަޅަށް ޓެސްޓުނުކޮށް އަސްލުދަތުރަށް ފެށީކީއްވެތޯ، ޓެސްޓުކުރިނަމަ މައްސަލަ ރަނގަޅުވިކަން ޔަގީންކުރިނަމަ ތިހާދިސާ މެދުވެރިނުވަނެދޯ "މައްސަލަރަނގަޅުކޮށްގެން ފަޅުންނިކުންނަންދިމާކުރި ފުރަތަމަފަހަރު" އިންޖީނުހުއްޓިގެން ފަރަށްއެރީމާ އިންޖީނޭރާސުވާލުކުރަންޖެހޭ މައްސަލަ ރަނގަޅުކުރީ ކިހިނެއްތޯ ކޮންކަމެއްތޯކުރީ ބަލަންޖެހޭނުން
ނަޒީހާ
01 September 2025
ފެން ކިޔެވުން ނޫން ގޮތެއް ނެތް! ރުގިޔާ ޑރ އަކަށް ދެއްކުން މޮޅު އިތުރުވެގެންވޭ
raajje
01 September 2025
ތިހުރިހާ ފިރިހެނުން ބޯޓުގައިތިބިއިރު ފަރުމައްޗަށް ފައިބައިގެން ހިފަހައްޓައިގެންނަމަވެސް ނަގިލިވައްޓާލައިގެންނަމަވެސް ބޯޓުފަރަށް އެރިޔަނުދީ ސަލާމަތްކުރެވެންންވާނެދޯ
ހޫންހޫން
01 September 2025
އެންމެ ގިނައިން ހަރަކާތްތެރިވެފައިވަނީ ޕޮލިސް ރަގަޅަށް ބަލާފަ ހަބަރު ޖަހާބަލަ
މުހައްމަދުމމމ
01 September 2025
އެމް 1 ޖަހަާފަ އިދޭތަ ހއ.ކެލާ ބޯޓެއްގަ.
މުޑަހަންޖާ
01 September 2025
ފޮޓޯއިން ތިޔަހަރަ ފެންނަގޮތުން ވިއްޔާއި ފަރަށް އަނިޔާތަކެއް ލިބިފަ މިހާރު ހުއްނާނީ. ކުރީގަ ބޯޓުފަހަރު ފަރަށް އެރީމާ އެތައް މިލިއަނުންވެސް ޖުރުމަނާކޮށްފަ އެބަހަރި. ދެން އީޕީއޭއިން ހަދާ އެއްޗެއް ބަލަން އަހަރެމެން މިތިބީ.
އަލީ އަޝްރަފް
01 September 2025
ބޭރު މީހުންގެ ވިސާ އޯކޭތަ؟ ފިލައިފެން އުޅޭމީހުން ހާލިހަދާތަންތަން މަސްދޯނި ،މުދާ އުފުލާ ބޯޓުތައް .ބާޒާރު މަތީ ފިހާރަތައް ، ކޮންސްޓުރަކްޝަން ސައިޓްތައް.ތީގަ ތިބި 6 ބޭރުމީހުން ތިބީ ކިހިނެއްތޯ ބަލާލަބަލަ؟
އަބްޑޫޅް +
01 September 2025
އިންޖީނު ހަލާކުވުމުން، ފަރުން ވަދެވުނީ ފަޅަށް.
ރަދީފްއޮފިޝަލް /
01 September 2025
އެހެން މަސްދަރެއްގަ އޮތީ 500 ކޭސް ފެން ބޯޓުގަ ހުރިކަމަށް.