ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާއެއްގައި. މާލީ ބަޔާން މިހާތަަނަށް ހުށަނާޅާ މެންބަރުންނަށް މިހާރު ނޯޓިސް ވަނީ ނޯޓިސް ދީފައި --- ފޮޓޯ/މަޖިލީހުގެ އިދާރާ
04 ސެޕްޓެމްބަރ 2025 - 14:01
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް މާލީ ބަޔާން ހުށަހަޅަން 15 ދުވަހުގެ ނޯޓިހެއް ދީފި އެވެ.
މިހާރު ހިނގަމުންދާ މަޖިލީހުގެ މެމްބަރުން މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ އެންމެ ފަހު ތާރީހަކީ އޮގަސްޓް 31 އެވެ. އެ ތާރީހު ފަހަނައަޅައި ދިޔަ އިރު ވެސް ބަޔާން ހުށަނާޅުއްވައި ފަސް މެންބަރަކު އެބަތިއްބެވި އެވެ. އެއީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އާއި މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޒަމީރާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން އަދި އެމްއެންޕީއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ.
މަޖިލީހުގެ އިދާރާގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މާން އަސްއަދު "މިހާރު" އަށް ވިދާޅުވީ އެ މެންބަރުންގެ މާލީ ބަޔާންތައް ހުށަހެޅުމަށް މަޖިލީހުގެ ގަވާއިދުގެ ދަށުން 15 ދުވަހުގެ ނޯޓިހެއް އަމީން އާއްމު މިިދިޔަ ހޯމަ ދުވަހު ފޮނުވާފައިވާ ކަަމަށެވެ.
މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅާ މެމްބަރުންނަށް އަޅާ ފުރަތަމަ ފިޔަވަޅަކީ 15 ދުވަހުގެ ފުރުސަތެއް ދިނުމަށްޓަކައި އެކަން ލިޔުމުން އެންގުމެވެ.
އެ މުއްދަތު ހަމަވާއިރު މާލީ ބަޔާން ހުށަނާޅާނަމަ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ މެމްބަރެއްގެ ނަން އިއްވައި، ތަޅުމުން ނެރުމަށް އެ މާއްދާއިން ލާޒިމްކުރެ އެވެ.
އެގޮތަށް ނަން އިއްވައިފި ނަމަ އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއެއްގައި ދެން ބައިވެރިވެވަޑައިގެންނެވޭނީ މާލީ ބަޔާން ހުށަހެޅުއްވުމުންނެވެ. އަދި އެއަށް ފަހު މާލީ ބަޔާން ހުށަނާޅާ ހޭދަވާ ކޮންމެ ދުވަހަކަށް، އެ މެންބަރެއްގެ މުސާރައިން ދުވަހަކަށް ޖެހޭވަރު އުނިކުރަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
04 September 2025
ގާނޫނު ބަދަލުކޮށްލާ ދެން އަންނަ ދައުރެއްގައި ހޮވިއްޖެއްޔާ މި ދައުރުގެ މާލީ ބަޔާން ހުށަހަޅާގޮތަށް. ތިޔަ ކަމަކީ އަމާބުނީތީ ފަރަށްދާއުސޫލުން ހުށަހަޅާ އެއްޗެއް.
ބޭހޮއްކޮ
04 September 2025
ތި ބަޔާނެއް ނުދިނަސް ކީއްތޯ އެ މެންބަރުންނާ ދެކޮޅައް ކުރެވޭނީ؟ ޖަލައްލަނީ ތޯ، ނޫނީ ގޮނޑި ގެއްލެނީތޯ... ތީ "ކުޅޭކުޅޭ ބަތްކާކައްކާ" މާލީ ބަޔާނެއް.
ޖަހއަސ
04 September 2025
މިއަދަކި އެއްކަލަ ފަތިސް. ދިވެހިންގެ ކަރަށް ރާއަޅަން ތައްޔާރުކޮށްލާފައިވާ! މިފަހަރު ރާ ބޯމީހުން މިތާ ވަޒަންވެރިވާން އަންނަނީ. ތިއެއްޗެއް އުވާލާ އެކަމުގެ ރަބަރު ތައްގަޑު ޖެހުމުގެ ކުރިން ފްރީހޮޅްޑެ ކިޔައިގެން
އ35355355
04 September 2025
ކާފަރުންނަށް ރާއްޖޭގެ ބިން ގަނެވޭގޮތް ހެދުން (ފްރީހޯލްޑް) ގެ ކުރިން ތިޔަ ހުރިހާ އެންމެންނަށް ނޯޓިސް ދޭންޖެހޭ! މިއަދަކި އެއްކަލަ ފަތިސް. ދިވެހިންގެ ކަރަށް ރާއަޅަން ތައްޔާރުކޮށްލާފައިވާ
ކައްދަގެ އާދަނު
04 September 2025
މުސާރަ ކެނޑެންވާނެ މާލީ ބަޔާން ހުށައަޅަން އޮންނަ ދުވަހުން ފެށިގެން. ދެން މެމްބަރުކަން ގެއްލޭނެ ގޮތެއްވެސް ގަވާއިދުގައި ހިމަނަން އެބަޖެހޭ. ވަގު ވިޔަފާރި ކުރާށާއި ނުހައްގުން މުއްސަދިވާން މަޖިލިސް ގޮނޑިގައި ބޭއްތިއްބިގެން ނުވާނެ.
ކަނބުރުގެ
04 September 2025
ނޯޓިސް ދިނަސް ނުދިނަސް ނަޒާހަތްތެރިކަން ގެއްލިފައިވާ ތަނަކަށް ކުރާނެ އިތުބާރެއް ނެތް. ކޮންމެ 5 އަހަރަކުން އިންތިޚާބު ކުރަން ގާނޫނު ލާޒިމުކުރާތީ ހޮވާފަ އޮންނަތަނެއް. ގަދަރާ ހައިބަތާ އިއްޒަތަކީވެސް ގާނޫނުގަ ލިޔެފަ އޮންނަ އެއްޗެއް. އެއަކީ ރައްޔިތެއްގެ ހިތުގަ އޮންނަ އެއްޗެއްނޫން...