މަޖިލީހުގެ ޖަލްސާއެއް: މާލީ ބަޔާން ހުށަނާޅާތީ ނޯޓިސް ދިން މެމްބަރުން ވަނީ މާލީ ބަޔާން ހުށަހަޅާފައި --- ފޮޓޯ/މަޖިލިސް
09 ސެޕްޓެމްބަރ 2025 - 15:14
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާލީ ބަޔާން ހުށަހަޅުއްވަން ޖެހޭ މުއްދަތު ހަމަވިއިރު މާލީ ބަޔާން ހުށަނާޅުއްވާތީ މަޖިލީހުން 15 ދުވަހުގެ ނޯޓިހެއް ދިން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި އެވެ.
މާލީ ބަޔާން ހުށަހަޅަންޖެހޭ މުއްދަތު މިދިޔަ މަހުގެ ނިޔަލަށް ހަމަވިއިރު، މާލީ ބަޔާން ހުށަނާޅާތީ 15 ދުވަހުގެ ތެރޭގައި އެ ބަޔާން ހުށަހެޅުމަށް މަޖިލީހުން ނޯޓިސް ދިނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވާ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އާއި މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޒަމީރާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން އަދި އެމްއެންޕީއަށް ނިސްބަތްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމަށެވެ.
އެ ފަސް މެންބަރުންގެ މާލީ ބަޔާން ހުށަހެޅުމުން މަޖިލީހުގެ ވެބްސައިޓަށް މިހާރު އަޕްލޯޑް ކޮށްފައި އެބަހުއްޓެވެ.
މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާގައިވާ ގޮތުން މާލީ ބަޔާން ހުށަހަޅަން އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅާ މެމްބަރުންނަށް އަޅާ ފުރަތަމަ ފިޔަވަޅަކީ 15 ދުވަހުގެ ފުރުސަތެއް ދިނުމަށްޓަކައި ނޯޓިސް ދިނުމެވެ.
އެ މުއްދަތު ވެސް ހަމަވާއިރު މާލީ ބަޔާން ހުށަނާޅާނަމަ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ މެމްބަރެއްގެ ނަން އިއްވައި، ތަޅުމުން ނެރުމަށް އެ މާއްދާއިން ލާޒިމްކުރެ އެވެ.
އެގޮތަށް ނަން އިއްވުމަށްފަހު އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއެއްގައި ދެން ބައިވެރިވެވަޑައިގެންނެވޭނީ މާލީ ބަޔާން ހުށަހެޅުއްވުމުންނެވެ.
އަދި އެއަށް ފަހު މާލީ ބަޔާން ހުށަނާޅާ ހޭދަވާ ކޮންމެ ދުވަހަކަށް، އެ މެންބަރެއްގެ މުސާރައިން ދުވަހަކަށް ޖެހޭވަރު އުނިކުރަން ޖެހެ އެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
09 September 2025
ގާނޫން ބޭރުގަ އުޅޭ ބައެކެވެ. އަމިއްލަ މުސާރަ ބޮޑު ކުރާ ބައެކެވެ . ވިޔަފާރިވެރީންގެ ބިންތައް ބޭނުްނ ވާ ބައެކެވެ . މުއްދަތު ހަމަވާ ތަންތަން އެދަނީ ބަލަމުން ނެވެ . ފްލެޓް ލިސްޓާ ކުޅޭ ބައެކެވެ. ހަރަދު ބޮޑު ބައެކެވެ . މިނިސްޓްރީ ތަކަށް އަމުރު ހިންގާ ބައެކެވެ . ހާޒިރު ނުވެ މުސާރަ ނަގާ ބައެކެވެ . ރައްޔިތުން ހޮވިއަސް އެމީހުންގެ އަޑު އަހާ ބައެއް ނޫނެވެ .
raajje
09 September 2025
ހަދާނެއެއްޗެއްހަދާ ފޮރުވާނެއެއްޗެއްފޮރުވާފަ އޮޅުންބޮޅުންކޮށްގެން ހުށަހަޅާބަޔާނެއްތީ! މަގުސަދުހާސިލެއްނުވޭ