އައިއޭއީއޭގެ ޖެނެރަލް ކޮންފަރެންސްގައި ރާއްޖޭގެ ވަފްދު ބައިވެރިވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
15 ސެޕްޓެމްބަރ 2025 - 19:49
ނިއުކްލިއާ ހަކަތައާބެހޭ ބައިނަލްއަގްވާމީ ޖަމްއިއްޔާ ކަމަށްވާ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ މެންބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް އެ ޖަމިއްޔާއިން މިއަދު ފާސްކޮށްފި އެވެ.
ރާއްޖެއިން އައިއޭއީއޭގެ މެމްބަރުކަން ހޯދުމަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
އައިއޭއީއޭގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސުން އެ ނިންމުން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ އާންމު ބައްދަލުވުމުގަ އެވެ.
ރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމަށް ނިންމާފައި ވަނީ އައިއޭއީއޭގެ މެންބަރު ގައުމުތަކުގެ އަގުލަބިއްޔަތުންނެވެ.
އެ ބައްދަލުވުމުގައި، ރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.
އެ ކޮންފަރެންސްގެ ވާހަކަ ދައްކަވަމުން ޑރ. ސަލްމާ ވަނީ ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހިއްސާކުރައްވައި، އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ދާއިރާއިން ހައްލު ހޯދުމަށް، ބައިނަލްއަގުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަ ކުރައްވައިފަ އެވެ.
އެގޮތުން އޭނާ ވަނީ އައިއޭއީއޭގެ މެމްބަރުކަން ރާއްޖެއަށް ލިބުމަކީ ގައުމީ ފެންވަރުގައި ހާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށާއި އެއީ ދުނިޔޭގެ ސަލާމަތާއި ތަރައްގީ ކަށަވަރު ކުރުމަށް ކުދި ގައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.
އައިއޭއީއޭގެ މެމްބަރުކަން ރާއްޖެއަށް ލިބުމުން، ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކުގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވެސް ސަލްމާ ރަޝީދު ވިދާޅުވި އެވެ.
ރާއްޖެއިން އައިއޭއީއޭގެ މެމްބަރު ގައުމަކަށް ހުށަހެޅީ ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއާ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެ އޭޖެންސީގެ އެހީ ހޯދުމަށެވެ. އައިއޭއީއޭއަކީ އަސްކަރީ ބޭނުންތަކަށް ނިއުކްލިއާ ބޭނުންކުރުން ހުއްޓުވައި، ސައިންސާއި ސިއްހީ އަދި ދަނޑުވެރިކަން ފަދަ އިޖްތިމާއީ ބޭނުންތަކަށް ހަކަތަ ބޭނުންކުރުން އިތުރުކުރަން 1957 ވަނަ އަހަރު އދ. ގެ ދަށުން އުފެއްދި ޖަމާއަތެކެވެ. ނިއުކްލިއާ ހަކަތައާ ބެހޭ ދުނިޔޭގެ މައި އިދާރާއަކީ އައިއޭއީއޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސަބޫ
17 September 2025
ހާތްތެރި, އަނގަޔާ އަތާ ދިމާނުވެ އެކަމު އެޓޮމިކް އެނަރޖީ އެހެންނު
ފިރާޝް ޖައުފަރު
16 September 2025
ސާބަހޭ ފުރިހަމަ ނިންމުމެއް
އަބްޑޫޅް +
16 September 2025
ކުކުޅަށް ވުރެން ބިސް ދޮށިވީ ދޯވ؟ ކަލޭމެންނަކީ، މައް ބީރަށްޓެހީންނޭ. ޕޮސް.
ބޮންބާ
16 September 2025
ތިޔަ ވީގޮތުން ހުކުރުމިސްކިތު މުންނާރު ދަށުގައި މައުމޫނުގެ ދައުރުންފެށިގެން ފައްކާކުރަމުން ގެންދިޔަ ޔޫރޭނޮޔަމް ކޮޅުވެސް ބަލާ ފާސްކުރަން ހުޅުވާލަން ޖެހުނީ. އަވައްޓެރީން އަތުގައި ނިއުކުލޔަރ ހުރި އިރު ކޮންމެވެސް ޒަމާނަކުން އަހަރެމެންވެސް ނިއުކުލިޔަރ ހަދަން ޖެހިދާނެ.
ްއަސް
16 September 2025
180 ޤައުމު މެމްބަރުންގެ ގޮތުގަ ތިބޭ. އަނެންހެން އޯކޭ ދެން.
ކޮލަމާހުއްޓާ
16 September 2025
ތީ މިގަައުމާ އެންމެ ގުޅުންހުރިކަންތައް. އެހެންގައުމުތަކުން ބަލަނީ ތިބާވަތުގެ ކަންތަކާ ފެއަށްޖެހެވޭތޯ.
ސަލީމު އިދުރީސް
16 September 2025
މަގުގަ އެއްޗެތި ދުއްވަންނޭގޭ ބަޔަކު މިކަމުގަ ބައިވެރިވަނީ ވޯޓުދީގެން ގައުމެއްގެ އަތުން ފައިސާގަޑެއް ހޯދަން
ނާސިހު
16 September 2025
މީ މާ ބޭނުންތެރި ކަމެއް ކަމަކަށް ނުފެނޭ.
ކޮސް
16 September 2025
ނާގާބިލުގެ ބޮޅުތަކަށް ގަތާލެވޭ އެއްބޮޅު މިއީ.
މެޝިން
16 September 2025
އެކި ނަންނަމުގައި ހިންގާ އިސްތިއުމާރީ ނިވާ ފަތްގަޑުތައް. ދާދި ފަހުން އީރާނަށް ދިން ލަގާ ހަދާން ނެތުނީތޯ؟
ށސ11
16 September 2025
ރަނގަޅު ވާހަކައެއް. އެކިނަންނަމުގަ މިއުޅޭ ޖަމިއްޔާ ޖަމާއަތްތަކަކީ ހުޅަނގުގެ އެޖެންޑާތައް ފަތުރާ ކުރިއަރުވަން ބޭނުންކުރާ ބައެއް.
ބޭނުންނެތް
16 September 2025
މިއީ މިބުނާ މުއާހަދާތަށް، ގައުމަށް ކުރިއެރުމެއް ނުލިބޭތާގައި ހުޅަގުގެ އަޅުވެތިކަމުގެ މުއާހަދާތަށް، މިފަދަ މުއާހަދާތަކުން ކުދިގައުމުތަށް ހަލާކްވެގެންދަނީ