ޖޭއެސްސީގެ މެމްބަރު ކަމަށް މުޖުތާޒު އައްޔަންކުރައްވައި މަގާމުގެ ލިޔުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ. -- ފޮޓޯ | ރައީސް އޮފީސް
17 ސެޕްޓެމްބަރ 2025 - 09:41
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް، މުހައްމަދު މުޖްތާޒު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މުޖްތާޒަށް މަގާމުގެ ހުވާ ލައިދެއްވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމެވެ.
ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރިން ކުރެއްވި މުޖްތާޒު ޖޭއެސްސީއަށް އަައްޔަންކުރައްވައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ޖޭއެސްސީގެ މެމްބަރު ކަމަށް މުޖްތާޒް އައްޔަންކުރެއްވީ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުންނެވެ.
ޖޭއެސްސީގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ސީދާ މަޖިލީހުން ކަނޑައަޅާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ އިތުރުން އާންމުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެމްބަރެވެ.
ޖޭއެސްސީގައި ދެން ބާކީ ތިއްބަވާ ހަތް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިހާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަބޫ
17 September 2025
ސީ.އެސް.ސީ ގެ ރައީސް ޖޭ.އެސް.ސީ ގެ މެންބަރަކަށްވާިއރު ޖޭ.އެސް.ސީ ގެ ރައީސް ސީ.އެސް.ސީ ގެ މެންބަރަކަސް ނުވަނީ ކީއްވެބާ؟ މިއީ ހަމަ މިނިވަން މުސްތަޤިއްލު ކޮމިޝަންތަކުގަ އެކަން އޮންނަން ޖެހޭ އުޞޫލުބާ؟ ޤާނޫނީ ފަންނުގެ ކޮންމެސް ބޭފުޅަކު މި އަށް ޖަވާބެއް ދެއްވައިފިނަމަ ވަރަށް ރަނގަޅު
ވަރަށް ސަލާމް
17 September 2025
3 އަހަރަށް މި އޮތް ދަނީ، އަދިވެސް ރަނގަޅަށް އަތުރާ ނުލެވޭ ދެއްތޮ، ވަގުތު ފާއިތުވީމަ އިނގޭނެ، އޭރު ސަނާކިޔަން ކައިރީތިބީ ވަޒީފާ ގެރެންޓީ ކުރަންކަން.
މަބުނީ
17 September 2025
ލޯޔަރު ވައްޑޭ ސަލާމް ދެންނެވި މުޖުތާޒު އަށް.