ރައީސް ޑރ. މުހައްމަދު މުއިއްޒު ލިޔުމެއްގައި ސޮއިކުރައްވަނީ: މީޑިއާ ބިލް ރައީސް މިއަދު ވަނީ ތަސްދީގު ކުރައްވާފައި --- ފޮޓޯ/ރައީސް އޮފީސް
18 ސެޕްޓެމްބަރ 2025 - 12:46
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ނޫސްވެރިން ކަންބޮޑުވުންތައް ފާޅުކުރަމުން ދަނިކޮށް އެ ބިލް މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު އެވެ. މީޑިއާ ރެގިއުލޭޓްކުރާ ބިލް މިއަދު ތަސްދީގުކޮށް، ގާނޫނަކަށް ބަދަލުވުމާ އެކު، މީޑިއާ ކައުންސިލް އުވި އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ހުރިހާ މެމްބަރުންގެ މަގާމު ވެސް ވަނީ ގެއްލިފަ އެވެ.
މީޑިއާ ބިލް މިއަދު ތަސްދީގު ކުރެއްވީ، އިސްލާހުތަކާ އެކު އެ ބިލް ފާސްކުރި ނަމަވެސް ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭތީ ތަސްދީގު ނުކުރައްވަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިފައި ވަނިކޮށެވެ.
އެމްއެމްސީ އާއި އެމްޖޭއޭ އިން ބުނެފައި ވަނީ ބިލް އުވައިލަން އެދި ކޯޓަށް ދާނެ ކަމަށެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އަބޫބަކުރު ހުށަހެޅުއްވި އެ ބިލާ މެދު ރާއްޖޭގެ އެތައް ގިނޫސްވެރިންނަކާއި ނޫސްވެރިންގެ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި މަދަނީ ޖަމިއްޔާތަކުން ގެންދިޔައީ ހުރިހާ މަރުހަލާއެއްގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެ ބިލު ދިރާސާކުރި ކޮމިޓީގެ ބައްދަލުވުން ކުރިއަށް ދިޔަ އިރު އެ ބައްދަލުވުން ކުރިއަށް ދިޔަ މާލަމުގައި ވެސް ނޫސްވެރިން އިހުތިޖާޖުކުރި އެވެ.
އޭގެ ފަހުން ބިލް ފާސްކުރުމުން، ބިލު ތަސްދީގު ނުކުރައްވަން އެދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީން) ރައީސަށް ސިޓީ ވެސް ފޮނުއްވި އެވެ. ބިލް ތަސްދީގުކުުރުމާ އެކު އެމްއެމްސީ މިހާރު ވަނީ އުވިފަ އެވެ. ނޫސްވެެރިންނާއި އާއްމުން އިންތިހާބުކުރާ މެންބަރުން ތިބި އެ ކައުންސިލަކީ މީގެ ކުރިން ނޫސްވެރިކަން ރެގިއުލޭޓްކުރި ކައުންސިލެވެ. އެ ގާނޫނަށް އަމަަލުކުރަން ފެށުމުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރީ މުވައްޒަފުންނާއި ވަސީލަތްތައް އެ ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް ވާރުތަވި ނަމަވެސް، އެ ކޮމިޝަނުގެ މެންބަރުންގެ ވެސް މަގާމު މިހާރު ވަނީ ގެއްލިފަ އެވެ.
މީޑިއާ ރެގިއުލޭޝަން ގާނޫނު، ބިލެއްގެ ގޮތުގައި އޮތް އިރު ނޫސްވެރިކަމުގެ އެ ބިލު ފާސްކުރުމާ ދެކޮޅަށް ނޫސްވެރިން ގެންދިޔައީ ސިލްސިލާކޮށް އިހުތިޖާޖް ކުރަމުންނެވެ. އެ ކަންބޮޑުވުންތަކާ އެކު އެޓާނީ ޖެނެރަލް އެ ބިލަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވި އެވެ.
ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުން އޭގެ ތެރޭގައި ހިމެނެ އެވެ.
އެ ބިލަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނި އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙައްގުބަސް.
18 September 2025
މީޑިޔާ ބިލުގަ މަސްސަލޭ ނެއް. ސީޔާސީ ކޮއްގެން ގައުމު ތަރައްގީ ނުވާނެ.
އެމްޑީޕީ. ކަޑަ
18 September 2025
އެމްޑީޕީ ބުނީ ބިލު އޮވާލަނާނެ ކަމަ ސިގިރޭޓް ބޯމީހުން އިތުރު ކުރާނެވާހަކަ ކުރިންދުވަހު ނޫސް ވެރިންނާ ބައްދަލު ކޮއްފަ ބުނި.
ތިމާވެށި
18 September 2025
ރައްޔިތުން ވޯޓް ދޭ އިރު ވިސްނަން ޖެހެ އެވެ. ގާނޫނު އިނގޭ މީހަކު ނެތެވެ. ތަޖުރިބާ ހުރި މީހަކު ނެތެވެ. ކޮންމެ މީހަކަށް ވެސް ބާރަށް ހަޅޭ ލަވަން އެނގޭނެ އެވެ. ދެން ވޯޓް ދޭއިރު ޕާޓީ އަށް ވުރެ ގާބިލް މީހާ އިސް ކުރަން ވީ އެވެ.
ރާވެރިބެ
18 September 2025
އެކިގައުމުތަކުގަ ޙުދުމުޙުތާރު ވެރިންނަކީ ޙިޔާލު ފާޅުކުރުން ދެކެ ވަރަށް ބިރުގަންނަ ބައެއް. މައުމޫންގެ ޒަމާނުގަ ވެސް ކަންއޮތީ މިކްހްލް ގޮތަކަށް. އެކްމަކު ފެނުނީ ބިރު ފަހަނަޅައި ރައްޔިތުން ނުކުމެ މިނިވަންކަން ހޯދިތަން. މީހުންގެ މިނިވަން ޙިޔާލާ ފިކުރަކީ ގާނޫނަކުން ހިފެހެއްޓޭނެ އެއްޗެއްނޫން.. ބަލަން ތިބޭތި. ޙިޔާލު ފާޅުކުރާނެ. ކޮރަޕްޟަން ފަޅާއަރުވާނެ. ފާޑުކިޔާނެ ހަޖަމް ކުރަން ދަސް ކުރަންވީ.
ހަޔާތް ކުޑަ ބުޅާ ކޮންބުޅާ
18 September 2025
ހަޔާތް ކުޑަ ބުޅާ ކޮންބުޅާ ؟ ވަގު ބުޅާ.
ބާގިރު
18 September 2025
ސާބަސް ރައީސް އަށް. ވަކި މީހަކު ވީމަ އިސްތިސްނާއެއް ނުވެވޭނެ. މީޑީއާ މީހެކޭ ތިމަންނަ ކިޔާ މީހުންނާ ދިމާއަށް ހިތުހުރި ގޮތަކަށް ވާހަކަ ދައްކާ ހައްޔަރު ނުކުރެވޭނެ ބަޔަކަށް ހެދިގެން އުޅުން ނައްތާލަންޖެހޭ. މީޑިއާ މީ މަތިން ފައިބާފަތިބި ބައެއްނޫން
ކޮރަލް
18 September 2025
ގާބިލް މީހުން މަޖްލީހަށް ކުރިމަތި ލީމަ އެމީހުން ނުހޮވާ ވެރިކަން ކުރާ ޕާޓީ އިން ކުރިމަތި ލީ ފެންވަރެއް ނެތް މީހުން ހޮވާ ސަރުކާރަށް މެޖޯރިޓީ ދިނީމަ ވާ ގޮތް މިފެނުނީ އެވެ.
ދޮހޮއްތު
18 September 2025
ވަރައް ބޭނުންތެރި ބިލެއް . ތިޔަ ބިލުން ޖީލުތައް ޝުކުރުވެރިވާނެ
ޖައްސާޖައްސާ
18 September 2025
މީ ރަނގަޅު ގާނޫނެކޭ މީޑިއާގެ ސަބަބުން ގިނަ ކުށްތައް ވެސް ދަނީ އާންމު ވަމުންނޭ އެމްއެމްސީން ކުރާ މާބޮޑު ކަމެއް ނެތޭ ދެން ގާނޫނަކުން އަދި ގާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން މާލެ ސިޓީ ކައުންސިލް ތަކާއި އަތޮޅު ކައުންސިލް ތަކާ3ި ސިޓީ ކައުންސިލް ތައް އުވާލަންވީއޭ
ބަރު ބާދު
18 September 2025
މީތި ވޯކު ކުރާނީ ނުވަތަ ތަންފީޒީވާނީ ދެން އަންނަ ވެރިކަމެއް ގައި! އެއީ ބިލުގައި ހިމަނާފައިވާ ގިނަ މާއްދާތަކެއް ރައްދުވަނީ މިހާރު ތިބި މީހުން ބޮލަށް ކެނޑޭ ގޮތަށް ކަމަށްވާތީ