ކުރީގެ ނައިބު ރައީސް އަދީބު: އޭނާ އިސްވެ އުފެއްދެވި އެމްޓީޑީ ޕާޓީގެ އޮފީހަށް ކުލި ނުދައްކައިގެން ކޯޓަށް މައްސަލަ ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
30 ސެޕްޓެމްބަރ 2025 - 13:07
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ 2018 ގައި އުފެއްދި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) ގެ އޮފީސް ހިންގުމަށް ނަގާފައިވާ އެޕާޓްމަންޓަށް ކުލި ނުދައްކައިގެން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ދާދިފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަނުވެގެން އެމްޓީޑީ އުވާލައިފަ އެވެ.
އެ ޕާޓީ ހިންގާ އޮފީހަށް ކުލި ނުދައްކާ މައްސަލާގައި ސިވިލް ކޯޓަށް ހުށަހެޅީ އެ ޕާޓީއާއެކު ޖުލައި، 2023 ވެފައިވާ އެއްބަސްވުމާ އެއްގޮތަށް އިމާރާތަށް ކުލި ދައްކާފައިނުވާ ކަމަށް ބުނެ އެވެ. އެހެންވެ، އެއްބަސްވުމުގެ މުއްދަތު މިހާރު ހަމަވެފައިވާތީ އެތަނުގައި ހުރި ޕާޓީގެ ތަކެތި ނެރުމަށާއި އަދި މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ދޭންޖެހޭ 380،000ރ. އާއި އެތަން ހަވާލުކުރާ ދުވަހާ ހަމައަށް މަހަކު 30،000ރ. ގެ އިތުރުން ގާނޫނީ ވަކީލުންނަށް ހަރަދު ކުރަންޖެހުނު 25،920ރ. އެކީ އެއް ފަހަރާ ހޯދުމަށް އެ މައްސަލާގައި އެދުނެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އެމްޓީޑީގެ ފަރާތުން ދައުވާއަށް ޖަވާބު ނުވަތަ ރައްދު ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންވެ، ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމެއް ނެތި ހުކުމްކޮށްދިނުމަށް އެ މައްސަލާގައި އެދިފައި ވިޔަސް، އެއީ މަދަނީ އިޖްރައާތާ ހިލާފް ކަމެއް ކަމަށް އެ ނިންމުމުގައިވެ އެވެ.
އެހެންވެ، އެ މައްސަލާގައި ކޯޓުން ނިންމީ އެ މައްސަލައިގެ ދައުވާ ފޯމް ބާތިލް ކުރުމަށެވެ. ނަމަވެސް ބާތިލް ކުރިޔަސް އޮންނަ އިޖުރާއަތުގެ ތެރެއިން ދައުވާ އަލުން ކުރުމުގެ ހައްގު އޮންނާނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮރަލް
30 September 2025
ބިންތަކެއްވެސް އެބަހުއްޓެވެ. ސަލްޓަން ޕާކް ތެރޭ ސްނޯ ޕާކެއްވެސް ބަންދު ކޮށްފަ ހުންނަ ތާ އެތައް އަހަރެއް ވެއްޖެ އެވެ. ޓޯ ޔާރޑް އާ ޖެހިގެން ވެސް ބޮޑެތި ކެމެރާ ހަރު ކޮށްފަ ބިމެއް ބަންދު ކޮށްފަ އެބަ ހުއްޓެވެ.