މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމުގައި މިހާރު ހުންނެވި އިބްރާހިމް އާތިފް ޝަކޫރު، މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމްގައި އިއްޔެ ވާހަކަ ދައްކަވަނީ: އޭނާއަށް ކުރާ ދައުވާ އަނބުރާ ގެންގޮސް، ނަސޭހަތުގެ އެއްބަސްވުމެއް ވަނީ ހަދައިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
13 އޮކްޓޯބަރ 2025 - 22:26
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ފައިނޭޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފުވުމުގެ ދައުވާ، ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންގޮސް އޭނާއާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފި އެވެ.
ޕީޖީ އޮފީހުގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ، މިފްކޯގެ ސްޓްރެޓެޖިކް ކޮންސަލްޓެންޓުގެ މަގާމުގައި މިހާރު ހުންނެވި އާތިފާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދީ އެ މައްސަލަ މުރާޖައާ ކޮށްދިނުމަށް އާތިފް އެދިވަޑައިގަތުމުން ކަމަށެވެ.
ޕީޖީން އާތިފާ އެކު ނަސޭހަތުގެ އެއްބަސްވުމެއް ހެދީ ތިން އަހަރުގެ މުއްދަތަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"އެ މުއްދަތުގައި އެއްވެސް ބާވަތެއްގެ ކުށެއް އާތިފް ކޮށްފިއްޔާ އެ ކުށާއި މަނީލޯންޑަރިންގެ ކުށާ އެކު ދައުވާ ކޮށްދިނުމަށް އެދި ޝަރީއަތަށް ހުށަހަޅާނެ. މިހާރު އާންމުކޮށް ނަސޭހަތުގެ އެއްބަސްވުން އަޅުގަނޑުމެން ހަދަނީ ތިން އަހަރަށް. މީގެ ކުރިން ހަ މަސް އަދި އެއް އަހަރަށް ހަދާފައި ހުރޭ،" ޕީޖީގެ އޮފިޝަލް ވިދާޅުވި އެވެ.
އާތިފަށް ކުރާ މަނީލޯންޑަރިންގެ މައްސަލައިގެ އަޑުއެހުމެއް މިދިޔަ ބުރާސްފަތި ދުވަހަށް ކްރިމިނަލް ކޯޓުން ތާވަލުކުރި ނަމަވެސް ޕީޖީ އޮފީހުން އާތިފަށް ނަސޭހަތް ދޭން ނިންމައި، ނަސޭހަތުގެ އެއްބަސްވުމެއްގައި އޭނާއާ އެކު ސޮއިކޮށް އެ މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދި ކޯޓަށް ސިޓީއެއް ވަނީ ފޮނުވައިފަ އެވެ.
އެހެންވެ، އެ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުން ކެންސަލްކުރި އެވެ.
އާތިފަށް މަނީ ލޯންޑްރިންގެ ގާނޫނާ ހިލާފުވުމުގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ހިޔާޔާނާތުގެ ޝައްކު ކުރެވޭ މުއާމަލާތްތައް ހިނގަމުން ދިޔައިރު ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓް ނުކުރި ކަމަށް ބުނެ އެވެ. އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމާފައިވެ އެވެ.
އެ ދައުވާގެ ދިފާއުގައި އާތިފް އޭރު ވިދާޅުވެފައި ވަނީ އެސްއޯއެފް ކުންފުންޏާ ގުޅިގެން އެކުލާވަލި "އެސްޓީއާރު އެނެލިސިސް ރިޕޯޓު"ގައި ވަރަށް ގިނަ ސުވާލު އުފެދޭ، ޝައްކު ކުރެވޭ ކަންތައްތަކެއް ބަޔާންކޮށްފައި ހުރި ކަމަށެވެ. ނަމަވެސް އެފްއައިޔޫގެ އެ ވަގުތުގެ ފޯކަސްއަކީ ރާއްޖެ އިން ބޭރުން އަންނަ ކަޅު ފައިސާ ހުއްޓުވުމަށް މަސައްކަތް ކުރުން ކަމަށް އޭރުގެ ގަވަރުނަރު ދެއްވި އިރުޝާދުގެ ދަށުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެއްވެސް ތަހުގީގީ އިދާރާއަކާ ހަވާލު ނުކުރަން ނިންމީ އާތިފް ވިދާޅުވެފައި ވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި، އޭރު އެކަން ނުކުރެއްވީ އޭރުގެ ހާލަތު އޮތް ގޮތުން ފުލުހުންނަށް މައްސަލަ ހުށަހެޅިޔަސް ފިޔަވަޅެއް އަޅައި ހުއްޓުވާނެ ކަމުގެ ޔަގީންކަން ނެތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޑަންޑަހިލު
15 October 2025
އާތިފް އަބަދުވެސް ބޯހާވާލާފަ ހުންނަކަން ފާހަގަ ކުރެވޭ، ރަސްމީ ހައިސިއްޔަތުން ބައިވެރިވާ އެކިއެކި ހަފްލާތަކުގައިވެސް ހުންނަނީ ބޯހާވާލާފަ، ސެލޫންއަކަށް ދާން މަށަށް ފެނޭ.
އަންދަލޫސިޔާ
14 October 2025
މި ސަރުކާރުން ދައްކަންޖެހޭ 1 ބިލިޔަން ޑޮލަރު ދެއްކުމަށް ދައްޗެއް ނެތޭ، ރާއްޖެ ބަނގުރޫޓެއް ނުވާނޭ އެކައުންޓަންޓްސް ފޯރަމްގައި ބުނުމާއެކު ދަޢުވާ އަނބުރާ ގެންގޮސް ނަސޭހަތް؟ ނަސޭހަތެއް ނޯންނާނެ. މިހާރު ވެސް ހުރީ މަޤާމެއްގަ! އެމްއެމްއާރްޕީސީން 1،600،000،000 ރުފިޔާގެ ޚިޔާނާތެއްވެ އެ ފައިސާ ބޭންކްރޯލްކުރި އިރު އެ ހުރިހާ ޓްރާންސެކްޝަނެއް އެފްއައިޔޫއަށް އެނގޭނެ. ދިވެހި އެއްވެސް ބޭންކެއް މެދުވެރިކޮށް ކުރާ ކޮންމެ ޓްރާންސެކްޝަނެއް ފެންނާނެ. ކޮބާ ޒިންމާ؟
ައަފްރާސިޔާބު
15 October 2025
މަނީލޯންޑަރ ކުރުމަށް އެހީވީމާ ނަސޭހަތުގެ އެއްބަސްވުމެއް. ކޮންވައްތަރެއްގެ ސަރުކާރެއްތަ މިހިންގަނީ. އެއްބަޔަކަށް ސަރުކާރުގެ ކަމެއްގައި ސަރުކާރަށްފައިދާ ލިބެން އޮއްބައި ފައިދާ ނުވާގޮތަށް ނުފޫޒު ބޭނުންކުރީމާ 4 އަހަރަށް ޖަލަށް. އަނެއްބަޔަކު ސަރުކާރަށް ގެއްލުންދިނީމާ ނަސޭހަތްދީފާ ދޫކޮށްލީ.
ރާވެރިބެ
14 October 2025
އާތިފް މިހާރު އުޅުއްވަނީ އެމްއެމްއޭ އަކު ނޫން. އެމްއެމްއޭގަ އުޅުއްވި އިރު މަގާމުގެ ހައިސިއްޔަތުން ނެގި ޑިސިޝަނަކާ ބެހޭ ގޮތުން މިހާރު އާތިފްއަށް ދޭންޖެހޭނެ ނަސޭހަތެއް އޮވެގެން ނުވާނެ. ދެންއޮތް ސުވާލަކީ އާތިފްގެ ޑިސިޝަންއަށް އެއީ ފަރުދީ ގޮތުން ކުރި ޖިނާއީ ކުށެއްތޯ؟ ޖަވާބު ވަރަށް ސާފު. ނޫން. އާތިފް ޖިނާއީ ކުށެއް ނުކުރޭ. ޢެމްއެމްޢޭ ގެ ގަވަނަރ އަށް ތަފްސީލް އެގޭ އިރު އަދި އެމައްސަލަ ކުރިޔަށް ގެންދަން ނާންގަވާ އިރު އާތިފް ގެ ފަރުދީ ކުށެއް ނެތް.
ކައްދަގެ އާދަނު
14 October 2025
މީ ވަރަށް ރަނގަޅު ގޮތެއް. ބެންކު ފަޅާލާފައި ވެސް ތިޔަ ކަހަލަ ނަސޭހަތުގެ އެއްބަސްވުމެއް ހަދާލީމާ ނިމުނީ ނޫންތޯ؟ ދެން އިތުރަށް އެ ބެންކަށް ނުވަދެ އުޅޭނީ. އެއްބަސްވުމުގައި އޮންނާނީ ދެން އެ ބެންކު ފަޅާ ނުލާނެ ކަމަށް. އެހެން ބެންކެއް ފަޅާލިޔަސް ހަމަ އޯކޭވާނެދޯ؟
ީސިސިިސ
14 October 2025
ބޮޑުންނަށް ބޮޑުގޮތް
މާލު
14 October 2025
މީ ބޮޑުންނާ މުއްސަދިންގެ ގައުމު، ގާނޫނިން ލިބިދޭ ލުއިތައްވެސް ލިބެނީ މިވެރިންނަށް ނިކަމެތި އާރެއްބާރެއް ނެތް މީހެއްވިއްޔާ ނޮޅާލާނެ
ކުރެދި
14 October 2025
މިއީވެސް އިންސާފް ގާއިމް ކުރާ ގޮތެކޯ ...
ނިނޭ
14 October 2025
އަސްތަޣްފިރުﷲ!
މޮޔަމީހާގެ ބުއްދިން
14 October 2025
ބޮޑުކޮށް ފަލަކޮށް ވައްކަންކުރަންވީ. މައްސަލަ ބެލުމަށްފަހު ޕީޖީއަށް ފޮނުވާނީ. ދެން ޕީޖީއާ އެއްބަސްވުމެއް ހަދާނީ 5 އަހަރުވަންދެން ވައްކަން ނުކުރާނަމަ ދައުވާ ނުކުރާ ގޮތަށް. ދެން އެ 5 އަހަރު ތެރޭގައި ވަގަށް ނެގި ލާރިން ވިޔަފާރިކޮށް ނަފާ ހޯދާނީ. މި އޮތީ ފައްކާ ގޮތެއް. މޮޅު ދިމޮކްރަސީ ވިއްޔާ.
އަމޭރު
14 October 2025
އާތިފު ތިޔަ ހޯދި ކާމިޔާބީއަށް ތަހުނިޔާ ކިޔަން. ނަސޭހަތް ދިނީ ބަސްއަހައިގެން އުޅެން.