އިއްޔެ ފެށި ލޯކަލް ޕޮލިސިން ކޮންފަރެންސްގައި މިނިސްޓަރު އިހުސާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ޕޮލިސް
03 ޑިސެމްބަރ 2025 - 09:32
ރައްޔިތުންނަށް ނަތީޖާ ނުދެއްކޭ ފުލުހުންނަށް އަބަދު ފުލުހުންގެ ވަޒީފާގައި ނުތިބެވޭނެ ކަމަަށާއި އެ ފަދަ މީހުން ޖެހޭނީ ނަތީޖާ ދައްކަން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ނުވަތަ ރަނގަޅު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ދެނެގަތުމަށް އިއްޔެ ފެށި "ލޯކަލް ޕޮލިސިން ކޮންފަރެންސް" ގެ ތެރެއިން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ރައްޔިތުން އުންމީދު ކުރަނީ ނަތީޖާ ކަމަށާއި އެހެންވެ ބޭނުންވަނީ އެ ނަތީޖާ ކަމަށެވެ.
އޭނާ ވިދާޅުވީ، ނަތީޖާ ނުދެއްކޭ ނަމަ ފުލުހުންގެ ހިދުމަތުގައި އަބަދުމެ ނުތިބެވޭނެ ކަން ފުލުހުންނަށް ވާނީ އަންގައިފަ އެވެ.
"ރީޓްރެއިން ވާން ނަސޭހަތް ދީ، ފުރުސަތު ދީފައި، އެކަމަކު މިތާނގެ ތެރޭގައި އަބަދުމެ ނޮންޕާފޯމް މީހެއްގެ ގޮތުގައި ނުއެއް ހުރެވޭނެ. ރައްުޔިތުން އެބަ އެކްސްޕެކްޓް ކުރޭ ނަތީޖާ. އެ ނަތީޖާ އަޅުގަނޑުމެން ދައްކަން ބޭނުންވަނީ. މިއަދުގެ ނިޔަކަށް ކުރިއަށް ގެންދާ ކޮންފަރެންސާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވި އެވެ.
އިއްޔެ ފެށި ލޯކަލް ޕޮލިސިން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބައެއް އޮފިސަރުން ޕްރެޒެންޓޭޝަނެއް އަޑު އައްސަވަނީ---ފޮޓޯ: ޕޮލިސް
ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ނަތީޖާ ދެއްކުމަށް އިހުސާން ބައެއް ކަންކަން ފާހަގަކުރެއްވި އެވެ.
އޭގެ ތެރޭގައި ހިމެނެނީ ތަހުގީގުތައް އަވަސް ކުރުމާއި މަގުމަތިން ގިނައިން ފުލުހުން ފެނުމާއި މިހާރަށް ވުރެ ބޮޑަށް ޖަވާބުދާރީވުން ރަނގަޅު ކުރުމާއި ފުލުހުންގެ ފަރާތުން ލިބޭ ސަލާމަތާއި ރައްކާތެރިކަން ރައްޔިތުންނަށް އިހުސާސްވާ މިންވަރު ބޮޑުވުމާއި ފުލުހުން ހިންގާ އޮޕަރޭޝަންތައް ގިނަކޮށް އިދާރީ ކަންކަން މަދުކުރުމެވެ.
"މިއީ ފުލުހުންގެ ފަރާތުން އަޅުގަނޑުމެންނަށް ފެންނާނެ ގިނަ ކަންކަމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ފުލުހުންގެ ކަންކަން ހަރުދަނާ ކުރުން ތަންފީޒު ކުރޭތޯ ބަލާނެ ގޮތްތަކެއް ވެސް ކޮންފަރެެންސްގެ ތެރެއިން ކަނޑައަޅާނެ އެވެ.
އިއްޔެ ފެށި ލޯކަލް ޕޮލިސިން ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި ބައެއް އޮފިސަރުން ޕްރެޒެންޓޭޝަނެއް އަޑު އައްސަވަނީ---ފޮޓޯ: ޕޮލިސް
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދާ މި ކޮންފަރެންސްގައި މުޅިން ވެސް ބައިވެރި ކޮށްފައި ވަނީ ތަހުގީގުކުރާ ފުލުހުންނާއި ކޮމާންޑަރުންނެވެ. އެ ގޮތުން ރާއްޖޭގެ ހުރިހާ ސަރަހައްދަކުން އެ ދާއިރާތަކުގެ 170 ފުލުހަކު ކޮންފަރެންސްގައި ބައިވެރިވެ އެވެ.
ލޯކަލް ޕޮލިސިން ކޮންފަރެންސަށް ތައްޔާރުވުމުގެ ބައްދަލުވުމެއް މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ބާއްވާފައި ވެ އެވެ. އެ ބައްދަލުވުމުގައި ވެސް މިނިސްޓަރު އިހުސާން ވަނީ ފުލުހުންގެ ތެރޭގައި ހުރި ގިނަ މައްސަލަތައް ވަރަށް ހާމަކަންބޮޑު ގޮތެއްގައި ފުލުހުންނަށް ވިދާޅުވެ ދެއްވައިފަ އެވެ.
އިހުސާންގެ ބަހުން ނަމަ ފުލުހުންގެ ހިދުމަތް "ހާޑް ރީސެޓަކަށް" ދާންޖެހެ އެވެ.
އިއްޔެ ފެށި ލޯކަލް ޕޮލިސިން ކޮންފަރެންސްގައި ހޯމް މިނިސްޓަރު އިހުސާނާއި ބައެއް ސީނިއާ އޮފިސަރުން ޕްރެޒެންޓޭޝަނެއް އަޑު އައްސަވަނީ---ފޮޓޯ: ޕޮލިސް
ބުރާސްފަތި ދުވަހުގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ފުލުހުންގެ މުޅި ސިސްޓަމް ފެއިލް ވެފައިވާ ކަމަށާއި ފުލުހުންނަށް އޮތް އިތުބާރު ބާރު ސްޕީޑުގައި ގެއްލެމުންދާ ކަމަށެވެ.
ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރާ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ފުލުހުންނަށް ބިލިއަނުން ހަރަދު ކުރާއިރު އަދި ތައުލީމީ މީހުން ގިނަ އަދަދަކަށް ތިބެމެ ވަރަށް ފާޅުގައި އަން-ޕްރޮފެޝަނަލް ކަންކަން ފުލުހުންގެ ތެރޭގައި ހިނގަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓަރުގެ ޒިންމާގެ ދަށުގައި ހުރި އިދާރާތަކުގެ ތެރެއިން އެންމެ ފަހަތުގައި އޮތް މުއައްސަސާއަކީ ފުލުހުން ކަމަށް ވެސް ވަރަށް ތިލަކޮށް، ސާފުކޮށް އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރަށް ދެ އަހަރުވީ އިރު، މިއީ ލިބިފައިވާ ވަގުތުގެ 40 ޕަސެންޓު ކަމަށާއި އެ މުއްދަތު ހޭދަވި އިރު 2.8 ބިލިއަންގެ ބަޖެޓަކާ އެކު ފުލުހުންނަށް ޒިންމާތައް އަދާނުކުރެވުނު ކަމަށެވެ. އެ ހޭދައަކީ 2002 ވަނަ އަހަރުގެ މުޅި ގައުމުގެ އާމްދަނީއާ އެއްވަރުގެ އަދަދެއް ކަމަށް ވެސް އިހުސާން ކަންބޮޑުވުމާ އެކު ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަޑައޭ
04 December 2025
ސިފައިންނަަ އެއްވަރުގެ މުސާރައާ އިނާޔަތް ފުލުހުންނަށް ހައްގެއް ނޫން. ސިފައިންގެ އެހުންނަ ސާދާ ކަމާ ޑިސިޕްލިންގެ އެންމެ 1 ޕަސެންޓުވެސް ގިނަ ފުލުހުންގެ ނެތް. ބޭކާރު ހަރަދު ގަނޑެއް ރައްޔިތުންގެ ރުފިޔާން ތަން މިނުގެ މުސާރައާ އިނާޔަތާ މުޅި އައުލާދަށް ދޭވަރު ބައެއް ނޫން. ހިދުމަތުގެ ފެންވަރުވެސް ލޯ ކޮލިޓީ.
އަދަބުއަހުލާގުން ފަށާ
04 December 2025
ނަތީޖާ އެކަންޔެއް ނޫން. އަދަބު އަހުލަަގުވެސް މުހިންމު. ގިނަ އޮފިސަރުން ތިބީ ތައުލީމުއް ދިޔާނާ ކިޔަންޖެހޭ ހިސާބުގަ. މަކަރުވެރިކަމާ ވިޔާނުދާކަންވެސް 100 ގައި
ބާދަ
04 December 2025
ގިނަ ފުލުހުން ގަބޫލުކުރަނީ ޕޮލިހުންނަށް ވީތީ ކޮންމެ ޖަރީމަައެއް ހިންގިއަސް ކުއްވެރި ނުވާނެކަމަށް. ޕޮލިސް ޔުނީފޯމުގެ ނިވަލަށް ވަދެ ނުކުރާކަ ކަމެއްނެތް ނުހޭކޭ ވިޔަފާރިއެއް ނެތް ނުކަނޑާ ޑީލެއް ނެތް. ބައެއް ފުލުހުން އެބަހުރި އާއްމު ރައްޔިތުންނާ ދިމާލަށް ބުނެފަ ނުކުރެވޭނޭ އެއްކަމެއްވެސް. ރިއަލިޓީއަކީ ފުލުހުން ހިންގަަ އެފަދަ ކަންތައް ބެލޭނެ ދަތް ހުރި ތަނެއް، ނިޒާމެއް މިގައުމުގައި ނެތްކަން.
ކަންމަތީ ސޭޓު
04 December 2025
ނަތީޖާ ނެރެވޭނީ ޕޮލުކޯ ގެ ނަމުގައި ފުލުސް އޮފީހުން ވިޔަފާރިކުރުން ހުއްޓާލާދަ ވަކިވަކި ފުލުހުން ހުރިހާ ޒާތެއްގެ ވިޔަފާރިއާ ވިޔަފާރިގެ މުއާމަލާތްތަކާ ދުރުވެގެން! އާއްމުންނަށް ވަރަށް ބޮޑު ދުއްތުރާއަކަށް ވެފަ އޮތް ކަމެއް މިހާރު އެއީ މަގުމަތީ ބަހުން ނަމަ ދުއްޕާނެއް ކަހަލަ ކަމެއް
ދަންނު
03 December 2025
ދައްކާވާހަކައާއަމަލާ ދިމާނުވޭ. ކޮރަޕްޝަން ހިންގައިގެން މަޖުލިސް ކޮމިޓީން ބެލާ ލިސްޓަށް އެރި ގިނަ އޮފިސަރުން ސިޕީ އާއެކު ތިތިބީ ބައްދަލުވުމުގައި. ރީސެޓު ވާނީ ތިވަރަށް ދެން އިހުސާނޫ. ކޮރަޕްޝަން ޖަރީމާ ނުހުއްޓުވޭނެ ކޮމާންޑަރު ލެވަލު އެއްކޮއް ވަކިކޮއްގެން ނޫނި ޓޮޕް އެންޑް މިޑް ހަބޭހަށް ކަޑަ ފުލުހުންގެ %5 ރަގަޅުވާނީ
ރުމާލު1
03 December 2025
ފުލުހުންނާ މެދު އާއްމުންގެ މެދުގައި ހުރި ހިތްހަމަ ނުޖެހުން ފުރަތަމަ މިނުސްޓަރު ހޯދަބަލަ. އެ ލައްކަ ގިނަ. ވަކިވަކި ފުލުހުންގެ ނޭއްގާނީ ވިޔާނުދާ އަމަލުތައް ގިނަ. ޔުނީފޯމުން ބޭރުވުމަށް ފަހު އަހުލާގެއް ސުލޫކެއް ގިނަ ފުލުހުންގެ ނުހުރޭ. ދަމާ ކަނޑާ ބަޔެކޭ އެއްވަރު. މޭ ފުއްޕަަފަ ތިމާމެން ވަރު ބަޔަކު ނެތިގެން ހޮޓާތަކުގައިވެސް އާއްމުންނަަ ޒުވާބުކޮށް އުޅޭ.
ތިންތިން
04 December 2025
މައްކާރުކަމާ ބޯނުބައިކަންވެސް ހައްދު ފަހަނައަޅާފަ
ކަހަރުވަތް
03 December 2025
ނަތީޖާ ނެރުމަށް އެންމެ ފުރަތަމަވެސް މިނިސްޓަރު ކުރަންވި ކަމަކީ ފުލުހުންގެ ވަޒީފާގައި ތިބި އެއްވެސް އޮފިސަރަކު އެއްވެސް ގޮތަކަށް ވިޔަފާރިތަކުގައި އުޅުން މަނާކުރަންވީ. ފުލުހުން އަޅައިގެން ތިބި ޔުނީފޯމުގެ ހައިބަތު ހިފަހައްޓަން ފެށޭނީ އެހިސާބުން. މިހާރު ގިނަ އޮފިސަރުން މަހު މުސާރަ ހޯދަން ޕޮލިސްގަ އުޅެނީ. އަސްލު މަސައްކަތްކީ ވިޔަފާރިއާ ޑީލުތަކާ ޖަރީމާތަކުން ކަޓު ހޯދުން.
އޮނަރަބްލް އަފީފު ދީދީ
03 December 2025
ފުލުހުންގެ އޮނިގަނޑާއި އިދާރީހިންގުން ބަދަލުކޮށް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމަށް ކަޑައަޅާ ކޮންމެ ރީޖަނެއްވެސް ހިންގާނީ އެރީޖަނެއްގައި ހުންނަވާ ކޮމިޝަނަރގެ ބެލުމުގެދަށުން ރީޖަންގައި ތިއްބަވާ ޑިޕިއުޓީން ކަމަށާއި، ރީޖަންތަކުގެ ކޮމިޝަނަރުން ރިޕޯޓް ކުރާންޖެހޭ ފަރާތަކީ މާލޭގައިހުންނަވާ Director General of Police ޢަށް ކަމަށް ފުލުހުންގެ ޤާނޫނުގައި ލިޔާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
03 December 2025
އައްޑޫ ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑު ސަރަޙައްދެއްގައި ފެންސްޖަހަައިގެން "ޕިކްނިކް ހޮލިޑޭ ހޯމް ހަދައިގެންތިބޭ ފުލުހުން އެތަނުގައި ތިބުމުގެ ބަދަލުގައި" އެއަރޕޯޓްގައި ޕޮލިސް ޕޯސްޓެއް ބަހައްޓާފައި މީހުންދިރިއުޅޭ ފޭދޫއަށް މި ސްޓޭޝަން ބަދަލުކޮށް އައްޑޫސިޓީގައި ހަމަޖެހުން ޤާއިމްކޮށް ލިންކްރޯޑާއި އެހެން ސަރަޙައްދު ތަކުގެ ޓްރެފިކް ބަލަހައްޓަން ފުލުހުން ނެރެންވީ ނޫންތޯ؟ މީހުންނޫޅޭ ފަޅު ރަށްރަށުގައި ސްޓޭޝަން ހަދައިގެން ބޭކާރު ޙަރަދު ކުރާކަށް ނުޖެހޭނެ.
ޙަސޭ
03 December 2025
އެއީ ސިފައިން. ފުލުހުނެއްނޫން.
އޮނަރަބްލް އަފީފު ދީދީ
03 December 2025
ވަޒީރު އެބަވިދާޅުވޭ "ޑްރަޤް ވިއްކާމީހުނަށް ދެން އެކަން ނުކުރެވޭނެކަމަށާއި، އެމީހުން އެކަން ހުއްޓާނުލާނަމަ، ޖެހޭނީ ރާއްޖެދޫކޮށް ދާން" ކަމަށް. އެހެން ނަމަވެސް ވަޒީރު ތިޔަ ވިދާޅުވިމަސައްކަތް ތަންފީޒު ކުރާންޖެހޭ ފުލުހުންގެ މުއައްސަސާގެ އެންމެމަތީ ވެރިޔާ ކޮމިޝަނަރ އޮފް ޕޮލިސް އާއި އޭނާގެދަށުން ތިއްބެވި ގިނަ އަދަދެއްގެ ވެރިން މިހާރުވެސް ތިބީ ލަދުވެތި އެތައް ކަމެއްގައި ބައިވެރިވެ މަޤާމުން ދުރުކުރާންޖެހޭ ޙާލަތުގައި. ވަޒީރު ފުރަތަމަ ހައްލުކުރާންވީ މިކަން.