ރައީސް ޑރ. މުއިއްޒު، އެޗްއާރުސީއެމްގެ މެމްބަރުކަމަށް ރަމީލާ އައްޔަންކުރެއްވި ކަމުގެ ލިޔުން މިއަދު ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް
03 ޑިސެމްބަރ 2025 - 10:58
އެޗްއާރުސީއެމްގެ މެމްބަރުކަމަށް، ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން ރަމީލާއަށް ހަވާލުކުރައްވައިފަ އެވެ.
އޭނާ ވަނީ އެޗްއާރުސީއެމްގެ މެމްބަރުކަމުގެ ހުވާ އަދި ހުވާގެ އިގުރާރުގައި ސޮއިކުރައްވައިފަ އެވެ.
އެޗްއާރްސީއެމުން ހުސްވި ގޮނޑިއަށް ރަމީލާ އައްޔަންކުރަން މަޖިލީހުން ފާސްކުރީ މިދިޔަ އޮކްޓޯބަރު 29ގަ އެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ބޭފުޅަކު އައްޔަކުރަނީ އެ ކޮމިޝަނުގެ މެންބަރު މަރްޔަމް މުނާގެ މެމްބަރުކަމުގެ ދައުރު މިދިޔަ އާދިއްތަ ދުވަހު ހަމަވުމުންނެވެ.
ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރަކު އަދާކުރައްވައިފަ އެވެ. އޭނާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާ އިން ޕީއެޗްޑީ ހާސިލުކުރައްވައިފަ އެވެ.
މި ސަރުކާރު ފެށުނު ދުވަހުން ފެށިގެން އެގްރިކަލްޗާ މިނިސްޓަރުކަމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުފާދެއްވީ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދެއްވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަމް
03 December 2025
އަލްޙަމްދުުލިއްލާހި. ކަމަނާއަށް ދުޅަހެޔޮ ސިއްޙަތަކާއި ދިގު ޢުމުރެއް ދެއްވާށި. އާމީން. އަދި ޤައުމަށް މަންފާކުރަނިވި ޚިދުމަތްތަކެއް ކޮށްދެއްވާނެކަމަށް އުންމީދުކުރަން.
ފެނިލް
03 December 2025
މި ރަމީލާ މިއީ ސަރުކާރަށް ބަލަދުއަރާފައި ހުރި މީހަކީތަ.. އާން އެހެންޏާފަހެ މަޤާމެއް ހުސްވާއިރަށް މީނައަށް އެބަދޭ... ހީވާކަހަލަ މިނޫން މީހަކު ރާއްޖޭގައި ނެތީބާއޭ
އަސްލަކީ
03 December 2025
ވަރުގަދަ މެންބަރެއްގެ އަނބިކަނބަލުންގެ ކޮއްކޯފުޅު
ލިލީމާ
03 December 2025
މިވެސް ހަމަ އަންތަރީސްވާވަރުގެ ކަމެއް. ދައުލަތުގެ ވަޒީފާއެއް އަދާނުކޮށްވެސް ދިރިއުޅެން ދަސްކުރަންވާނެ.