މީހަކު މޮބައިލް ފޯނުން އެއްޗެއް ބަލަނީ: ޖުވާ ކުޅުން ޖިނާއީ ކުށަކަށް ހަދަން ބިލެއް ވަނީ ހުށަހަޅާފައި
10 ޑިސެމްބަރ 2025 - 14:40
ޖުވާ ކުޅުމާއި ޖުވާ ތަނެއް ހިންގުމަކީ ޖިނާއީ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހަޅައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުވާ ކުޅުމާއި އެފަދަ ތަންތަން ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މިއަދު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް ބިލުގައި ހިމެނޭ ކަންކަމުގެ ތަފްސީލެއް އަދި ނުލިބެ އެވެ.
ވެބްސައިޓްތަކާއި އެޕްތައް ބޭނުންކޮށްގެން ޖުވާ ކުޅުން ނުވަތަ ބެޓްކުރުން ހުއްޓުވަން ގާނޫނުތަކަށް އިސްލާހު ގެންނާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ކުރިން ވިދާޅުވެފައިވެ އެވެ.
އުޝާމް އޭރު ވިދާޅުވެފައިވަނީ ރާއްޖޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ޖުވާކުޅުން ފަދަ ކަންކަން ކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި އެއީ ގާނޫނު އިސްލާހު ކޮށްގެން ހައްލު ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
ޖުވާ ކުޅެން ނުވަތަ ބެޓްކުރަން ބޭނުންކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ވެސް މިދިޔަ އަހަރު ސަރުކާރުން ފެށި އެވެ.
ޖުވާ ކުޅޭ ސައިޓްތައް ބޭނުންކުރާ މިންވަރު މިފަހަކަށް އައިސް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ޓެލެގްރާމާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޖުވާ ކުޅޭ ވެބްސައިޓްތައް ޕްރޮމޯޓް ކުރުން ވެސް ވަނީ އާންމުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކަކުނިބޯ
11 December 2025
ޥީމާ އިސްލާމީ ޝަރީއަތާހިލާފު ކޮންމެއަމަލަކީ ޤާނޫނުއަސާސީއާއި ހިލާފުވެވުނީ ކަމުގައި ނުވަނީތާއެވެ. ކޮންމެއަކަސް ތިބިލަކީ ހަމަރަނގަޅުބިލެކެވެ. ޤާނޫނު ނުހެދި ގެންތޯ މިއުޅެނީ ނޫނީ ހަދާފަހުރި ޤާނޫނުތަށް ތަންފީޒުނުވަނީތޯ. މިރާއްޖޭގައި ފައިސާއަކީ ދިވެހި ފައިސާއއވެ. ޙުރިހާ މުއާމަލާތެއް ކުރަން ލާޒިމުކުރަނީ ރުފިޔާއިން މުސާރަ ދެނީ ޑޮލަރުން، ބައެއްބިލްތަށް ދައްކަނީ ޑޮލަރުން ބޭންކްތަކުން ޓީޓީ ހަދަނީ ޑޮލަރ ދިނުމުން އަނެއްކާ ޤާނުނުގައޮތީ އެމެރިކާ ފައިސާބާ
މިސަރުކާރު
11 December 2025
ދެރަކަމަކީ ބުނާ ބަހުގައި އެއްވެސް އިޚްލާސްތެރިކަމެއް ނެތުން. މިހާރުވެސް ގާނޫނީ އޮނިގަނޑު އެބައޮތް ޖުވާކުޅުން ހުއްޓުވޭނެ، ނަަމވެސް ކޮންމެ ކަމަކަށް ބަހަނާއަކާ ހެޑްލައިނެއް ބޭނުންވަނީ، ވަރަށް ބާރުލާފައި ގޭންގު ކުށްތަކާބެހޭ ގާނޫނެއްވެސް ހެދި، ތަސްދީގުކޮށް އަމަލުކުރަން ފެއްޓިއިރު ރާއްޖޭގައި ގޭންގެއްގެ ޝަރުތުހަމަވާ ބަޔަކުނެތް، ތިގާނޫނު އަންނަ އިރު މިހާރު މިކުޅޭ ޖުވާއަކީ ޖުވާއަށް ނުވާނެހެން ހީވަނީ، އެކުދިންގެ ކޮންމެވެސް އޮންލައިން ވިޔަފާރިއަކަށް ވާނީ،
އަބްޑޫޅް +
11 December 2025
"ޖުވާ ކުޅުމާއި އެފަދަ ތަންތަން ހިންގުން ޖިނާއީ ކުށަކަށް ހެދުމަށް"؟ މިއިން ދޭހަވަނީ، ޖުވާކުޅުމަކީ ސަރުއީ ކުށެއް ނޫންކަން. ކޮބާ، ކޮން އިރަކުންތަ، ބަނގު ބުއިމާއި، ޒިނޭކުރުމަކީ ޖިނާއީ ކުށްކުށަށް ހެދުމަށް ގާނޫނެއް ފާސްކުރަނީ؟ އެ ކަންކަން ކުރާ މީހުން ކޯޓު ވެދާނެތީ ބިރުގަންނަނީ ދޯވ؟
ހުއްޓުވާ
11 December 2025
މަގޭގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހުނީ ފިރިމީހާ ތި ޖުވާއެއްގެ ކުޅިއަކަށް ގޮސް ހުސްވެގެން. މަށަށް ސިއްރުން މިކަމެއް މި ކުރަނީ. އެކަމުގެ ތެރޭގަ ބޯ ހާސްވެފަ އަބަދު ފިރިމީހާ ހުންނަނީ، ކުރިން ރުޅި އައިސްގެން ހަޅޭ ލަވާ މިހެއްނޫން އެއީ. އެކަމަކު އެކަމެއްގެ ތެރެއަށް ވަންފަހުން ކިރިޔާ ހިތްހަމަ ނުޖެހޭ ގޮތަކަށް އެއްޗެކޭ ބުންޏަސް ހިވަނީ ކާލަފާހެން. އިންތިހާއަށް ދޮގު ހަދަމުންދިޔައީ. މާފަހުން މަށަށްމި ރޭކާލީ.
އެކްސިް
11 December 2025
ކިރާ ބެޓް ތަ.
މަ ބުނީ
10 December 2025
ފުރަތަމަ ލުރަންވިކަމެކީ އަދުލުވެރި ފަނޑިޔާރުން ބިނާކިރުމެވެ. މުސާރަ ދޭތީ ސަރުކާރު ރުހޭގޮތަށް ނިޔާ ކަނޑައެޅުއް އެއީ އިންސާފަށް ހުރަސް އެޅުން !
1206
11 December 2025
މާނައަކީ އަދުލުވެރި ފަނޑިޔާރުން ނުލިބެނީސް ކުށާއި ކުށްކުރުން ހުއްޓުވައިގެން ނުވާނެޔޭތަ. ޖުވާކުޅުން އިސްލާމްދީނުގައި ވަނީ ހަރާމް ކުރައްވައިފައި. ކޮންމެ މީހަކީ ވެސް އެ މީހެއްގެ ބެލުމުގެ ދަށުގައި ބަހަލަހައްޓަންޖެހޭ ބަޔަކު ލައްވަަވައިފައިވާ މީހެއް. އޭނާއަށް ލިބޭ އާމްދަނީގައި އޮންނަނީ ހަމަ އެކަނި އޭނާގެ އަމިއްލަ ހައްގެއް ނޫން. އެހެން ބައިވަރު މީހުންގެ ހައްގު ވެސް ވޭ.
ފުރޭތަ1
10 December 2025
އެހެންވީމަ ފޯނު ކީދުމަތް ދޭ މީހުންނާ ތީވީ ތަކުން ފޯނުން އެސްއެމްއެސް ފޮނުވައިން ފައިސާނަގައިން ކުޅޭ ޖުވާ ހުއްޓުވަނެތާދޯ
ލީމާ
10 December 2025
ބަހާއި އަމަލާއި ދިމާވެ މިސަރުކާރު މިދަނީ ރަނގަޅު މަގުގައި، މިކަހަލަ ނިންމުންތައް ނިންމާތީ މިސަރުކާރަށް ނުރުހޭ ބަޔަކު އުޅޭ، އެކަމް ދެން މިކަމަށް ތާއީދު ކުރާ ރައްޔިތުން ދިވެހިރާއްޖޭގަ ގިނަވާނީ
ޕޮޓޭ
10 December 2025
ހަގީގަތުގަ ބުނާނަމަ ދިވެހިން ބޭނުންވަނީ މިކަހަލަ ވެރިން، ރަޢްޖޭގަ ހުރި މިފަދަ ނޭދެވޭ ކަންކަން އިސްލާހު ކުރާނެ މިފަދަ ވެރިން
އެމްސް
10 December 2025
މުޅި ޕްރައިވެޓް ސެކްޓާ ބޭރުމީހުނަށް އޮންނަ އޮތުން ނުހުއްޓި ކުރިއަށެވެ!
ލަމްމާން
10 December 2025
ދިވެހިރާއްޖޭގެ އެއް ބަޔަކު އުޅޭ މިކަން ކަން ހުއްދަ ކުރަން، އެމީހުންވެސް މިތާ އެބަ ކޮމެންޓު ކުރޭ ޖެއްސުމަށް، ބަލަ މިފަދަ ކަންކަން ކުރެވޭނީ ރައީސް މުއިއްޒު ކަހަލަ ގަޓު ހުރި ރައީސުންނަށް