ހާއްސަ އެހީއަށް ބޭނުންވާ ބަޔަކު ވަޒީފާގެ މާހައުލުގައި ހަރަކާތްތެރިވަނީ.
15 ޑިސެމްބަރ 2025 - 07:54
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރަޕިއުޓިކް ފަރުވާތަކަށް މިދިޔަ މަހު 12.3 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އެންސްޕާ އިން ބުނެފި އެވެ.
އެ އިދާރާ އިން ހާމަކުރި މިދިޔަ ނޮވެމްބަރުމަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދައުލަތުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ބިހޭވިއާ ތެރަޕީއަށެވެ. އެއީ 3.5 މިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވާ އޮކިއުޕޭޝަނަލް ތެރަޕީ އަށް 3.4 މިލިއަން ރުފިޔާ ބަޖެޓުން ދިނެވެ. ތިން ވަނައަށް އެންމެ ބޮޑު ހަރަދެއް ކުރީ ސްޕީޗު ތެރަޕީއަށެވެ. ޖުމުލަ 267 މީހެއްގެ ސްޕީޗު ތެރެޕީ އަށް 3.2 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އެންސްޕާ އިން ބުންޏެވެ.
އެންމެ ކުޑަ ހަރަދެއް ހިންގީ އާލީ އިންޓަވެންޝަނަށް ކަމަށް ވާއިރު މިދިޔަ މަހު އެ ފަރުވާ ހޯދި ދެ މީހުންނަށް އެންސްޕާ އިން ހަރަދުކުރީ 9،000ރ. އެވެ.
އެންސްޕާގެ ހަރަދުގައި މިދިޔަ މަހު ދިން ތެރަޕީގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ބިހޭވިއާ ތެރަޕީ އާއި އޮކިއުޕޭޝަނަލް ތެރަޕީ އާއި ސްޕީޗު ތެރަޕީ އާއި އާލީ އިންޓަވެންޝަން ތެރަޕީ އާއި ސައިކޯ ތެރަޕީ އާއި އެޑިއުކޭޝަނަލް ތެރަޕީ އަދި ފިޒިއޯ ތެރަޕީ އެވެ.
އެންސްޕާގެ ހިސާބުތައް ދައްކާ ގޮތުން ދައުލަތުގެ ހަރަދުގައި 359 މީހަކު މިދިޔަ މަހު ތެރެޕިއުޓިކް ފަރުވާ ހޯދިއިރު އޭގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ 342 މީހަކު ހިމެނެ އެވެ. ދައުލަތުގެ ހަރަދުގައި މިދިޔަ މަހު އެންމެ ގިނައިން ތެރަޕިއުޓިކް ފަރުވާ ހޯދީ ފިރިހެނުންނެވެ. އެއީ 252 މީހުންނެވެ. އަދި އެންމެ ގިނައިން ފަރުވާ ހޯދި އުމުރުފުރާ ކަމަށްވާ 18 އަހަރުން ދަށުގެ މީހުންގެ ތެރޭގައި ވެސް ގިނައީ ފިރިހެނުންނެވެ. ހިސާބުތައް ދައްކާ ގޮތުން 18 އަހަރުން ދަށުގެ 243 ފިރިހެނަކު ތެރަޕިއުޓިކް ފަރުވާ ހޯދި އެވެ.
އެންސްޕާ އިން ބުނިގޮތުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ މަހުގެ ނިޔަލަށް 1،4398 މީހަކު ރަޖިސްޓަރީ ކޮށްފައިވެ އެވެ. އެއީ އުމުރުން 18 އަހަރުން ދަށުގެ 5،050 މީހުންނާއި 18-64 އަހަރާ ދެމެދުގެ 7،613 މީހުންނާއި 65 އަހަރުން މަތީގެ 2،275 މީހުންނެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރަށް ބަލާއިރު ވެސް އެ ލިސްޓުގައި ގިނައީ ފިރިހެނުންނެވެ. އެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ 1،4398 މީހުންގެ ތެރެއިން 8،669 މީހުންނަކީ ފިރިހެނުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރަންދީ
16 December 2025
ތި ތެރަޕީ ޚަރަދުތަކުގެ އޮޑިޓެއް ހެދީމަ އެނގޭނެ ބަޔަކަށް ލާރި އޮއްސަން ވެގެން ތެރަޕީގެ ނަމުގަ ނާގާބިލު ތެރަޕިސްޓުން ތަކަކަށް ލާރިދީފަކަން ހުރީ. ބަލިމީހާ ނުވެސް އާދޭ 4 ދުވަހު ވެސް ތެރަޕީ ނަގާކަށް. އެކަމަކު އަންނަންޖެހޭތީކަމަށްބުނެ 1މަސްދުވަހަށް ތެރަޕިސްޓު ބިލުކޮށްލަފާނެ.
ސައިނީސް
15 December 2025
ޕަކާސް
raajje
15 December 2025
އެންމެމަހަކުން 12.3 މިލިއަން ރުފިޔާ؟ ތީ ތަހުގީގުކުރަންޖެހޭ އޮޑިޓްކުރަންޖެހޭކަމެއް، ސަލާމަތްބުއްދިހުރި ކޮަންމެމީހަކަށްވެސް ތިކަމުގާގޯހެއްއުޅޭކަން ސާފުވާނެ، ހިދުމަތްދޭގިނަތަންތަނުން އަދިވެސް އާސަންދަ އެންސްޕާއިން ވ އެކަށީގެންނުވާ ބޮޑެތިއަގުތައް ކަންކަމަށްނަގާ، ވ ކުރީގައިއުޅެނީ އިންޑިޔާ ސިއްހީދާއިރާގެ އިސްބައެއްފަރާތްތަކުންވެސް މިވައްކަންތައްކުރޭ، ޕޮލިސީމޭކަރުންގެ އަމިއްލަކުލިނިކުތަކާ އެއްޗެހިހުރީމާވާނީމިހެންދޯ!
ދެރަވޭ
15 December 2025
ހަށިގަނޑަށް ޖަހާ ވެކްސިންތަކާއި ޕްރޮސެސްޑް ފުޑް ގެ ސަބަބުން އިންސާނުން ތެރޭގައި މިފަދަ ބަލިތައް އިތުރުވެ ގިނަވަމުން މި ދަނީ.
ކަހުފާ
15 December 2025
ހެޔޮ ނުވާނެ ތިވަރަށް ކަލަގޮވާކަށް، ބަޔަކަށް ހެޔޮ ކަމެއް ކޮށްދެވިގެން މި ސަރުކާރުން ހާދަ ކަލައެކޭމި ގޮވަނީ.
ނަމަނަމަ
15 December 2025
މީ ކަލަގޮވުމެއްނޫން... ބަލަގަ ޓެކްސް ޕެޔަރުގެ ފައިސާއިން ކުރާ ކަންކަން އެމީހުންނަށް އެނގެން ޖެހޭނެ.. އޮޑިޓުކުރުން، ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލުތައް އަދި ތަފާސް ހިސާބު ހާމަކުރުމަކީ ދެފުށްފެންނަ ގޮތަށް ޓްރާންޕޭރަންސީގެ އުސޫލަށް އަމަލުކުރުމަކީ... މީ ޕްރައިވެޓްކޮށް ފޮރުވައިގެން ގެންގުޅެން ޖެހޭ މައުލޫމަތެއްނޫން
ރަނާވަތު
15 December 2025
ބޭކާރު ސިޔާސީ މަޤާމްތަކުގެ މުސާރަޔަށް މިދިޔަ މަހު ހަރަދު ކުރީ ކިހާވަރެއް ތޯ ބަލާފައި ޖަހާލަދީބަ.