ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފްލެޓްތައް: ފްލެޓް ދިނުމުގައި މާލެ ސަރަހައްދުގައި އުޅުނު މުއްދަތު މެދުނުކެނޑޭނެ ހާލަތްތައް ވަނީ އުސޫލުގައި ބަޔާންކޮށްފައި --- މިހާރު ފޮޓޯ/ފަޔާޒު މޫސާ
29 ޑިސެމްބަރ 2025 - 12:44
ސޯޝަލް ހައުސިން ސްކީމަށް ކުރިމަތިލެވޭ އަސާސީ އެއް ޝަރުތު ކަމަށްވާ މާލެ ސަރަހައްދުގައި ދިރިއުޅުނު މުއްދަތު މެދުނުކެނޑޭ ހާލަތްތައް ހައުސިން މިނިސްޓްރީން ސާފުކޮށްދީފި އެވެ.
އެ މިނިސްޓްރީން ރޭ އާއްމުކުރި އާ އުސޫލުގައި ބުނާގޮތުން ފްލެޓާއި ގޯއްޗަށް ވެސް އެދެވޭނީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި އަމިއްލަ ނަމުގައި ގޯއްޗެއް/ފްލެޓެއް ނެތް މީހުންނަށެވެ.
ހުޅުމާލެއިން އެންމެ ފަހުން ފްލެޓު ދޫކުރިއިރު ވެސް އަސާސީ އެއް ޝަރުތެއްގެ ގޮތުގައި ކަނޑައެޅީ މާލެ ސަރަހައްދުގައި ދިރިއުޅޭތާ 15 އަހަރުވުމެވެ. އެކަމަކު، އޭރު އެކަން އިތުރަށް ތަފްސީލުކޮށްފައި ނެތުމުން އިތުރު މައްސަލަތައް ދިމާވި އެވެ.
މިނިސްޓްރީން މިދިޔަ މަހުގެ 17 ގައި އާއްމުކުރި ފްލެޓާއި ގޯތި ދޭ އުސޫލު ބާތިލްކޮށް، ރޭ ކުރި ގެޒެޓުގައި ވަނީ މާލޭގައި ދިރިއުޅުނުކަން މެދުކެނޑިފައިވާކަމަށް ނުބެލެވޭނެ ހާލަތްތައް ތަފްސީލުކޮށްފަ އެވެ.
އުސޫލުގައިވާ ގޮތުން؛
- ވަޒީފާދޭ ފަރާތުގެ ނިންމުމަކުން ނުވަތަ ވަޒީފާގެ ޒިންމާއެއް އަދާކުރުމަށް މާލެއިން ބޭރުގައި ހުންނަން ޖެހުން
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އެ މީހާގެ އާއިލާ މާލެ ސަރަހައްދުގައި ދިރިއުޅެމުން ގެންދިއުން
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި މާލެ ސަރަހައްދުގައި ދަރިންގެ ކިޔެވުން ކުރިއަށް ގެންދިއުން
- މާލެއިން ބޭރުގައި ހުރި މުއްދަތުގައި އަނބިމީހާ ނުވަތަ ފިރިމީހާ މާލޭގައި ދިރިއުޅެމުން ދިއުން ނުވަތަ ވަޒީފާ އަދާކުރަމުން ގެންދިއުން
އޭގެ އިތުރުން ތައުލީމު ހާސިލުކުރަން ނުވަތަ ސިއްހީ ފަރުވާއަށް ނުވަތަ އެފަދަ ޒަރޫރީ އެހެން ސަބަބަކާހުރެ މާލެއިން ބޭރުގައި އެކަށީގެންވާ މުއްދަތަކަށް ހުންނަން ޖެހުމަކީ ވެސް މުއްދަތު މެދުނުކެނޑޭ ހާލަތެއް ކަމަށް އެ އުސޫލުގައިވެ އެވެ.
މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މެދުކެނޑުމެއް އައި ނަމަވެސް މާލޭގައި ދިރިއުޅުނު ޖުމްލަ މުއްދަތު 15 އަހަރުވެފައިވާ ނަމަ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމަށް ބެލޭނެ ކަމަށް އެ އުސޫލުގައިވެ އެވެ.
އެ އުސޫލުގެ ދަށުން ޝަރުތު ހަމަވާ ދެމަފިރިންގެ އެޕްލިކޭޝަން ހުޅަހަޅަންވާނީ ދެމަފިރިން އެއްކޮށް ޖޮއިންޓް އެޕްލިކޭޝަނެއް ގޮތުގަ އެވެ. އެ ހާލަތުގައި ދެމަފިރިން ވަކިން ފޯމު ހުށަހެޅިޔަސް، ގޯތި ނުވަތަ ފްލެޓު ދެވޭނީ އެ ދެ މީހުންގެ ތެރެއިން އެކަކަށެވެ.
ދެމަފިރިންގެ ތެރެއިން އެކަކު ޝަރުތު ހަމަނުވާ ނަމަ ވަކިން އެޕްލިކޭޝަނެއް ހުށަހެޅޭނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ލޯބި އައިސާ
29 December 2025
ކަންނެލި މަސް ބޭނޭނީ އެން އަޅައިގެން . ހޫނު ބަޖިޔާ އުކިއަސް ކަންނެލި ނުބޭނޭނެ. ރައިޔަތުން އޮޅުވާލަން އަބަދުވެސް ތިކިޔަނީ ފުލެޓް ، ގޯތި . ރައިޔަތުން ބޭނުން ވަނީ އެކަން ކަން ދެނެތިބެ މި ޕާޓީތަކުން ހަމަ އޮޅުވާލަން ކުރާކަމެއްމީ. ވެރިކަމަށް ދެ އައަހަރުވެ ނިމުނީ ހިއްކި ބިމެއްނެތް. ބިންގާ އެޅި ފުލެޓެއްނެތް. ދެން ރައިޔަތުން ވީ ތި އެއްޗެއްލިބޭނެ ކަމަ މުއީޒަށް އިތުރު ފަސްއަހަރުދޭން. ވެރިކަމަށް އައީ ފަސްއަހަރަށް. އހެންވީމާ ފަސްއަހަރު ކުރިކަމަށް ވޯޓު ލިބޭނީ.
އައުސަމް.
29 December 2025
ވަރަށް ރަނގަޅު މި ކަންކަން. ދެން ބަޔަކަށް އޮޅުވާލެވޭނެ ކަމެއް މީގަ ނޯންނާނެ.
ޑރ. ޒަނޖަބީލު
29 December 2025
ހެޔޮނުވާނެ ގްރޭޓާ މާލެއަށް މީހުން ތޮއްޖެއްސުން ހުއްޓާލާ! އަތޮޅުތެރޭގެ ރީޖަންތަކަށް ފުލެޓު އަދި ބިންވެރި ސޯޝަލަ ހައުސިން ބަދަލުކުރޭ،،....
އޮނަރަބްލް އަފީފު ދީދީ
29 December 2025
މި މައްސަލަތަކަށް ޤާނޫނީ ހައްލު ހޯދުމަށްޓަކާ ގޯތި ގެދޮރާއި، ބިމާއިބެހޭ ޤާނޫނު އިސްލާޙްކޮށް ޝަރުޢީގޮތުން ވާރުތަ ވެގެން ލިބޭ ބިމާއި ގެދޮރުވެސް ހިމެނޭގޮތަށް، ފުރަތަމަ ބިމާއިފުލެޓް ޓެކްސް ފުރީކޮށް، އޭނާ މިލްކުކުރާ 2 ވަނަ ބިމާއި ފުލެޓުން %50 އަދި އިތުރަށް ހޯދާ ކޮންމެ ފުލެޓަކާއި ބިމުން %100 ޓެކްސް ނަގާ "ދައުލަތުގެ ސޯޝަލް ހައުސިންގ ސްކީމަކަށް ދޮގު މައުލޫމާތު ދިނުމާއި، އެފަދަކަމަކަށް އެހީތެރިވުމަކީވެސް ޖިނާޢީ ކުށެއްކަމަށް ޤާނޫނުގައި ކަޑައަޅާ ގެޒަޓް ކުރޭ.
އޮނަރަބްލް އަފީފު ދީދީ
29 December 2025
މާލޭމީހުން ވަންނާނެތަނެއް ނެތްކަމަށްބުނެ "ތިރަށުމީހުންގެ ކަށިމައްޗަށް ޕޮއިންޓް ދީގެން" ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތުގެދަށުން ބަހާލި 6200 ގޯތިން ބައެއްގޯތި 25 މިލިޔަން ރުފިޔާއަށް ވިއްކަން އިސްތިހާރު ކުރާއިރު ސޯޝަލް ހައުސިން ފުލެޓް ކުއްޔަށްދިނުމުން އެތަނުގައި "ބިދޭސި ލޭބަރ ކްއާޓަރ ހަދާފައި ހުންނައިރު ބައެއް ފުލެޓްތަކަކީ ކަސްބީ ވިޔަފާރިހިންގާ ނާސިގެތަކެއް" ކަމަށް ފުލުހުން ބުނާއިރުވެސް ފުލެޓްތަކުގައި ބިދޭސިން ބޭތިއްބުން ހުއްޓުވަން އުޅޭތަނެއް ނުފެނޭ!
ބޯހަލާކ
29 December 2025
އަފީފު ދީދީ އާ ހެދި ރާއްޖޭގަ އަލަށް ކިޔަން ފަށައިގެން މި އުޅޭ ރޭސިސްޓޭ މާލެޔޭ ރާއްޖެތެރެޔޭ ކިޔައިގެން މީހުންގެ ތެރޭގައި ކިހާ ފިތުނައެއް ތި އުފައްދަނީ. ކިހާ އަޒާބެއް ލިބޭނެ މިކަހަލަ ކަންތަކުން. ބޯހަލާކު ހުއްޓާލާ.
ނަންނުގަތި.
29 December 2025
ފުލެޓް ހޯދަން މަކަރާއި ހީލަތް ހަދާ މީހުނާއި ބޮޑު އެއްބަސް ވުމެއް އޮވެ އެއްބަސް ވުމާއި އެއްގޮތަށް ފައިސާ ނުދައްކާ އެތަންތަން ކުއްޔަށްދީގެން އެފައިސާ ކަމުންދާ މީހުނަށް އެއްވެސް އަޒާބެއްނެތި ކަމުގެ ހަޤީގަތް ހާމަކުރާތީ ދީދީ އަށްތީޯ ހުރިހާ އަޒާބެއް ؟ ގައިމު އަޒާބު ދެއްވާ ފަރާތުން ޔަޤީނުންވެސް ތިހެން ތިކަމެއް ނުކުރައްވާނެ.
ދެރަ
29 December 2025
މުއްދަތު ލުއިކޮށްލަ ދެއްވާނެ ނަމަ...، މިހާރު 14 މިވީ، ކުރިންވެސް ތި 15 ޔަކާ ހެދި ފޯމް ނުލެވުން. ރަށަށް ދާން ބެލިއިރު 5 އަހަރު މެދު ކެޑުމާ ރަށުގައި ދިރިނުއުޅޭތީ ހިއްކި ބިންކޮޅު ބަހާލި އިރު ގެވަޅެއްވެސްލިބުނު، މައިނަސް ޕޮއިންޓް ލިބުނީ...ރަށަށްގޮސް ވަންނާނެ ތަނެއްނެތް، ބައްޕަ ގޯތިން ލިބުނު ބައިވެސް ދޫކޮށްލީ މާލެއިން ފްލެޓެއް ލިބޭތޯ، ކުއްޔަށް އުޅުނަސް ބޭސްފަރުވާއަށް އަންނަ އާއިލާ އެންމެނަށް ބޯހިޔާ ވަހިކަން ދެވެނީ މިތާ އާއިލާ މީހަކު ކުއްޔަށް އުޅޭތީ،
ބޯހަލާކ
29 December 2025
އަމިއްލަ މޮޔަ ކަމުން ދޯ ބައްޕަ ބައި ދޫކޮށްލީ ތަނެެއް ނުލިބުނަސް. މާލެ އިން ފްލެޓް ދެނީ ކުރިން ދޫކޮށްފަ އޮތިއްޔާ އެއް ނޫން. ފްލެޓް ލިބުނީމަ ދޫކޮށްލިޔަސް އޯކޭ ވާނެ. ދެން އަމިއްލައަށް ދޫކޮށްފަ ކީކޭ ކިޔާކަށްތަ
އޮނަރަބްލް އަފީފު ދީދީ
29 December 2025
މަތީގައިދެންނެވި ސުވާލު އުފެދެނީ ދަފުތަރު އާބާދީއާއި އެކު ކ.މާލޭ 18 އަހަރުންމަތީގެ އާބާދީ 75 ހާހަށް ނާރާ އިރު،، ތިރަށުގައި ބޯހިޔާ ވަހިކަމަށް 70 ހާސް ބަންޑާރަ ގޯއްޗާއި، 30 ހާހާއި ގާތްކުރާ އަދަދަކަށް ދައުލަތުގެ ސޯޝަލް ހައުސިންގ ފުލެޓް އަދި ރިއަލްއެސްޓޭޓް ކުންފުނިތަކުން ތަރައްޤީކޮށްފައިވާ 1500 ވަރަކަށް ފުލެޓް ހުރިއިރު (މިހިސާބުތަކަކީ މާލޭގައި ދިހަ 12 ބުރިއަށް ހަދާފައިވާ އިމާރާތްތައް ނުހިމަނާ) ތިމައްސަލަ މާލޭމީހުނަށް އޮތްކަމަށް ސަރުކާރުން ބުނާތީ.
ހުސް އެކައްޗެއް
30 December 2025
އަހަރެން މިހާރު މީނަގެ ކޮމެންޓެއް ނުކިޔަން.
ހަނާމް
29 December 2025
މިހުރިހާ ދުވަހު ކުރީ ސަރުކާރުތަކުން ފޮރުވާފަ އޮތް ތަފްސީލެއް މީ. ސުކުރިއްޔާ ރައީސް މުއިއްޒު