ހުޅުމާލޭގެ ރެހެންދި ދަނޑުގައި މިހާރު ފޯރިއާ އެކު ކުރިއަށް ގެންދާ ގޯލްޑަން ފުޓްސަލް މުބާރާތުގައި ހާއްސަ އޮން-ސައިޓް ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފި އެވެ.
އެ ޕްރޮމޯޝަންގެ ދަށުން އުރީދޫ ސުޕާނެޓް، ޕޯސްޓްޕެއިޑް އަދި 5ޖީ އެއާފައިބާގެ 400ރ. އިން މަތީގެ ޕެކޭޖުތައް ހިޔާރު ކުރާ މީހުންގެ މެދުގައި ހާއްސަ ގުރުއަތެއް ނަގައި އިނާމެއް ދޭނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން ދޭ އިނާމުތަކުގެ ތެރޭގައި ސޯފާ، ފްރިޖު، މައިކްރޯވޭވް، ތެލި ސެޓާއި ކޮންސިއާޖް ގުރޫޕުގެ ފަރާތުން މެލޭޝިއާ އަށް ދިއުމަށް ދޭ ދެކޮޅު ޓިކެޓް ހިމެނެ އެވެ.
އުރީދޫން ބުނީ، ޕްރޮމޯޝަންގެ ބޭނުމަކީ ތަފާތު އިވެންޓުތަކާއި ތަޖުރިބާތައް މެދުވެރިކޮށް މުޖުތަމައާ ގުޅުވައިލުން ކަމަށެވެ.
އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ރެހެންދި ޓާފުގައި ބަހައްޓާފައިވާ އުރީދޫ ޓެންޓުންނެވެ. ގޯލްޑަން ފުޓްސަލް މުބާރާތުގެ މެޗުތައް ކުރިއަށް ގެންދާއިރު ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށް އުރީދޫ ޓެންޓުގައި އުރީދޫގެ މުވައްޒަފުން ހަރަކާތްތެރިވާނެ އެވެ.
މި ޕްރޮމޯޝަން ގޯލްޑަން ފުޓްސަލް ޗެލެންޖު ނިމެންދެން ކުރިއަށް ގެންދާނެ އެވެ.