ޖިއްދާ (ޖެނުއަރީ 9) - ސައުދީ އަރަބިއްޔާގެ ޖިިއްދާގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުރިއަށް ގެންދާ ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލަށް ބާސެލޯނާ އާއި ރެއާލް މެޑްރިޑް ދަތުރު ކޮށްފި އެވެ.

ރެއާލް މެޑްރިޑް ފައިނަލަށް ދިޔައީ ރޭ އެތުލެޓިކޯ މެޑްރިޑާ ކުޅުނު މެޗުން 2-1 އިން މޮޅުވެގެންނެވެ.

މެޗުގެ ދެވަނަ މިނިޓުގައި ފެޑެރިކޯ ވެލްވާޑޭ ރެއާލަށް ލީޑު ނަގައިދިން އިރު 55 ވަނަ މިނިޓުގައި ރޮޑްރިގޯ ވަނީ ލީޑު ފުޅާކޮށްދީފަ އެވެ. އޭގެ ތިން މިނިޓު ފަހުން އެތުލެޓިކޯގެ ޖަނޑު ޖަހައިދީފައި ވަނީ އެލެކްޒެންޑާ ސޯލޮތެވެ.

ބާސެލޯނާ ވަނީ ބުދަ ދުވަހުގެ ރޭ އެތުލެޓިކް ބިލްބާއޯއާ ވާދަކޮށް 5-0 އިން މޮޅުވެފަ އެވެ.

ރޫނީ ބަރްދަޣްޖީ ބާސެލޯނާއަށް ގޯލެއް ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
ރޫނީ ބަރްދަޣްޖީ ބާސެލޯނާއަށް ގޯލެއް ޖަހައިދިނުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގައި ބާސާ ވަނީ ފެރާން ޓޮރޭޒް އާއި ފާމިން ލޮޕޭޒް އަދި ރޫނީ ބަރްދަޣްޖީގެ އިތުރުން ރަފީނިއާގެ ގޯލުތަކުން ހަތަރު ގޯލުގެ ލީޑެއް ހޯދައިފަ އެވެ. ދެވަނަ ހާފުގައި ރަފީނިއާ ވަނީ އިތުރު ގޯލެއް ވެސް ޖަހައިދީފަ އެވެ.

ބާސެލޯނާ އަކީ މިދިޔަ ސީޒަންގެ ލީގާއި ކޮޕަ ޑެލް ރޭގެ ޗެމްޕިއަނުންނެވެ. އަދި ރެއާލަކީ ދެ މުބާރާތުގެ ވެސް ރަނަރަޕެވެ. މީގެ އިތުރުން ލީގުގެ ތިންވަނަ އެތުލެޓިކޯ މެޑްރިޑާއި ހަތަރުވަނަ ހޯދި އެތުލެޓިކް ބިލްބާއޯ އާއެކު ހަތަރު ޓީމު ކުޅޭ މުބާރާތުގައި، ފާއިތުރވި ތިން އަހަރުގެ ފައިނަލްގައި ވެސް ވާދަ ކުރީ ބާސާ އާއި ރެއާލެވެ.

މިދިޔަ އަހަރުގެ ފައިނަލުން ބާސާ މޮޅުވި އިރު، އޭގެ ކުރީ ސީޒަންގައި މޮޅުވީ ރެއާލެވެ. އޭގެ ކުރިން 2023 ގައި ކޮމޮޅުވީ ބާސާ އެވެ.