ހައްޖާއި އުމްރާގެ އަޅުކަމަށް ދާ މީހުންނަށް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ދޭ ކުންފުނިތަކުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގްރޫޕްތަކުގެ ތެރޭގައި އަލްމަނާސިކް ގްރޫޕް ހިމެނިއްޖެ އެވެ.
އެ ގްރޫޕުން މިކަން ވަނީ މިދިޔަ އަހަރުގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އަލްމަނާސިކް ގްރޫޕުން ބުނީ އެ ގްރޫޕުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ހައްޖާއި އުމްރާގެ އަޅުކަމަށް އެ ގްރޫޕާ އެކު ދާ ފަރާތްތަކަށް އެންމެ ފުރިހަމަ ހިދުމަތްތަކާއި ތަޖުރިބާތައް ހޯދައި ދިނުމަށް ކަމަށެވެ. އެގޮތުން އަޅުކަން ފަސޭހަކަމާއެކު ފުރިހަމަ ކުރުމަށް އެ ގްރޫޕުގެ ފަރާތުން ދެމުންދާ އެހީތެރިކަމާއި ގްރޫޕުގެ މެމްބަރުން ބަހައްޓާ ގާތްކަމާއި ދޭ އެއްބާރުލުން އުމްރާވެރިން އަބަދުވެސް ފާހަގަކުރާ ކަމަށް އެ ގްރޫޕުން ބުންޏެވެ.
އެ ގްރޫޕާއެކު އުމްރާކުރި ފަރާތްތަކުން ވަނީ އުމްރާ ދަތުރުގައި ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއާއެކު ކުރިއަށް ގެންދިޔަ ދީނީ ނަސޭހަތް ދިނުމުގެ ސެޝަން ފާހަގަކޮށްފަ އެވެ. އަދި ކެއުމުގެ އިންތިޒާމްތަކާއި ދަތުރުގެ އިންތިޒާމްތައް ހަމަޖައްސާފައިވާލެއް ފުރިހަމަކަން އެ ފަރާތްތަކުން ފާހަގަކުރި އެވެ.
އަލްމަނާސިކް ގްރޫޕުން ބުނީ މިއަހަރުގެ ފުރަތަމަ އުމްރާ ދަތުރަށް އަންނަ މަހު ފުރަން ހަމަޖެހިފައިވާއިރު، މިހާރު ރަމަޟާން މަހުގެ އުމްރާއަށް ހުރި ޖާގަތައް ފުލްވެފައިވާ ކަމަށެވެ. އަދި މިހާރު ރަޖިސްޓްރޭޝަނަށް ހުޅުވާލާފައި ވަނީ މިއަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު އަދި ޑިސެމްބަރު މަހުގެ އުމްރާ ދަތުރުތަކަށް އެ ގްރޫޕުން ބުންޏެވެ.
އަލްމަނާސިކް ގްރޫޕާއެކު އުމްރާ ދަތުރަށް ދިއުމަށް ރަޖިސްޓްރޭޝަނަށް 1،000ރ. ދެއްކުމަށްފަހު، ބާކީ ބައި ބަހާލައިގެން އިންސްޓޯލްމަންޓް އުސޫލުން ދެއްކޭނެ އެވެ.
އަލް މަނާސިކް ގްރޫޕުން ބުނީ މީގެ ކުރީގެ އުމްރާ ދަތުރުތަކާ އެއްގޮތަށް މިއަހަރު ވެސް އުމްރާ ދަތުރުތަކުގައި މަދުވެގެން ހަތަރު އުމްރާވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި އާއިލާތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އިތުރު އަގެއް ނެތި، ހަތަރު މެމްބަރުންނަށް ވަކިން ކޮޓަރި ހަމަޖައްސައި ދިނުމަށް ވެސް އެ ގްރޫޕުން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 10 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ އަގުތަކެއް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
އަލްމަނާސިކް ގްރޫޕާ ގުޅޭ އިތުރު މައުލޫމާތު 7788651/3317789 ނަމްބަރުން ލިބޭނެ އެވެ.