ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު އައްޑުއަށް މި އޮތީ ވަރުގަދަ ނިންމުމަކާ ކުރިމަތިލާން ޖެހިފަ އެވެ. ދެ ވަނައަށް ރާއްޖޭގެ އެންމެ ބޮޑު ސިޓީގެ މޭޔަރުކަން ފަސް ވަނަ ދައުރަކަށް އެމްޑީޕީ އަށް ދޭނީތޯ ނުވަތަ ބަދަލަކަށް ޕީއެންސީގެ ކެންޑިޑޭޓެއް ހޮވާނީތޯ އެވެ. 

އެ މިސްރާބު ގެނައުމަށް އައްޑޫގެ ޕީއެންސީގެ މޭޔަރު ކެންޑިޑޭޓު މުޝްރިފު އަލީ ވަނީ ވަރުގަދަ ސްލޯގަންނަކާ އެކު ކެމްޕެއިން ރޭ ފައްޓަވައިފަ އެވެ. 

އެއީ އައްޑޫގެ ރަންޒަމާން އިޔާދަކުރުމަށް "ދަ ގްރޭޓާ އައްޑޫ" އެވެ. 

މުޝްރިފްގެ ވިޝަންގެ ތަފްސީލު ދީ، ނެރުނު ލީފްލެޓުގައި ބުނީ އައްޑުއަކީ އެއްވެސް ޒަމާނެއްގައި އާދައިގެ ތަނެއް ނޫން ކަމަށާއި ސާބިތުކަންމަތީ އަދި ތަފާތު ދައްކައިދިނުމުގެ މިސާލު ދައްކާފައިވާ ތަނެއް ކަމަށެވެ.

ނަމަވެސް، މިހާރު އައްޑޫ ފާހަގަކުރެވެނީ "ބޭސް ސިޓީއެއް" ފަދަ ކުޑަ ޕްލޭނަކުން ކުޑަކަކޫ މައްޗަށް ކުޑަކުރެވިފައިވާ ކުޑަ ސިޓީބިޓީގަނޑެއްގެ ދަށުދަރަޖައިގައި ކަމަށާއި ދުވަހުން ދުވަހަށް ހިނގާ އިދާރީ ހިންގުމުގައި ކުދިކުދި ކަންކަމަށް ސަމާލުކަންދީ، ބޮޑު މަންޒަރުން ތަރައްގީ އާއި ތަހުޒީބުގެ ފޯކަސް ގެއްލިފައިވާ ކަމަށް ލީފްލެޓުގައިވެ އެވެ.

މިހާރު ފެންނަނީ އަމާޒު ސޮއްސާލައިގެން ގޮސް ވިއްސިވިހާލިވެ، މާލިމީއެއް ނެތް އަދި ފަރަށް އުރިފައިވާ އޮޑިއެއްގެ މަންޒަރު ކަމަށް ވެސް އޭގައި ބުންޏެވެ.އައ

ގްރޭޓާ އައްޑޫގެ މަގުސަދަކީ އެ މަންޒަރު ބަދަލުކުރުން ކަމަށް ޕީއެންސީން ބުންޏެވެ.

އެ ތަސައްވަރު ބިނާކޮށްފައިވަނީ މައިގަނޑު ހަ ކަމެކެވެ. އޭގެ ތެރޭގައި؛

  1. އައްޑޫގެ ޝަހުސު ނެގެހެއްޓުމުގެ މަގުސަދުގައި އިލްމީ ދިރާސާތަކަށް ހާއްސަ މަރުކަޒެއް ގާއިމްކުރުން
  2. އައްޑޫގެ ފަތުރުވެރިކަން ޒިޔާރަތްކުރާ މެހެމާނުންގެ މެހެމާންސަރާއަކަށް ހަނިކުރެވިފައި އޮންނަ އޮތުން ބަދަލުކޮށް ފުޅާކުރުން
  3. ޓޫރިޒަމް ދާއިރާއިން އައްޑޫގައި ފަންނީ ވަޒީފާތައް އައްޑުއަށް ގެނައުން
  4. އައްޑޫއަކީ އިންވެސްޓަރުންނަށް ފަހި، އީޖާދީ ވިސްނުމާއި ޒުވާނުންނަށް ހުޅުވާލުން
  5. ރަށުން ބޭރުވެ، ވިއްސިވިހާލި ވެފައިވާ އައްޑޫގެ އަހުލުވެރިންނާ ގުޅުން ބަދަހިކޮށް، އައްޑު އަށް ސިކުނޑި ޖޯރު ރުޖޫއަކުރުން

މުޝްރިފު ވިދާޅުވީ އޭނާ މޭޔަރުކަމަށް ކުރިމަތިލެއްވީ އިދާރީ ހިންގުމުގެ އޮނިގަނޑުގެ މަރުތެޅުން ނެއްޓި، އައްޑޫގެ ރަންޒަމާން އިޔާދަކުރުމާއި ފުދުންތެރި އަދި ބާރުވެރި ރައްޔިތެއްގެ ބެލެނިވެރިކަމުގެ ބައްޓަންކުރާ ތަހުޒީބީ ޝަހުރެއް ބިނާ ކުރުމަށެވެ.

އެ "ޝަހަރަ" އަކީ ވަށާޖެހިފައިވާ ޓޫރިޒަމް ތަންމިނަށް ފުޅާކުރުމާއި ވަޒީފާއާ ފުރުސަތުތަކުން ފުރިފައިވާ އިލްމީ އިގުތިސޯދުގެ އަސާސްމަތީ އިދާރީ ހިންގުމުގެ އޮނިގަނޑެއް ބިނާކޮށް، ސަރަހައްދީ ކުޅުންތައް ގާއިމްކޮށް މަރުކަޒު ކުރެވޭ މައި ތަން ކަމަށް ވެސް އެ ވިޝަންގައި ވެ އެވެ.