އަމިއްލަ ގޮތުން މޭ/ޖޫންގައި އޭ ލެވެލް ހަދަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ހުޅުވާލައިފި އެވެ.

މިދިޔަ ހޯމަ ދުވަހު ޑީޕީއީ އިން ކުރި އިއުލާނެއްގައި ބުނީ އެ ޓެސްޓުގައި ބައިވެރިވާން ބޭނުންވާ ކެންޑިޑޭޓުންނަށް އެޕްލިކޭޝަން ދޫކުރުމާއި ފައިސާ ބަލައިގަތުން އަންނަ މާޗް މަހުގެ 12ވާ ބުރާސްފަތި ދުވަހުގެ މެންދު 12:00އަށް ކުރިއަށްދާނެ ކަމަށެވެ.

އެ އިއުލާނާ އެކު ޑީޕީއީ އިން ވަނީ ކޮންމެ މާއްދާއަކަށް ދައްކަންޖެހޭނެ އަގު ވެސް އާންމުކޮށްފަ އެވެ.

އޭގައި ބުނާގޮތުން އަމިއްލަ ގޮތުން އޭ ލެވެލް އިމްތިހާނުގެ މާއްދާތަކަށް ނަގާ ފީގެ އިތުރުން އިދާރީ ފީއެއްގެ ގޮތުގައި ކޮންމެ ކެންޑިޑޭޓެއްގެ އަތުން 3000ރ.ގެ ފީއެއް ނެގުމަށް ވަނީ ނިންމައިފަ އެވެ.

މޭ/ޖޫން އޭލެވެލް ޓެސްޓުގެ އަގުތައް:'

އެކައުންޓު

  • އެއް ޔުނިޓަށް: 2080ރ. 
  • ދެ ޔުނިޓަށް: 4160ރ.

ބަޔޮލޮޖީ، ކެމިސްޓްރީ، ހިސާބު އަދި ފިޒިކްސް

  • އެއް ޔުނިޓް: 830ރ.
  • ދެ ޔުނިޓް: 1660ރ. 
  • ތިން ޔުނިޓް: 2490ރ. 
  • ހަތަރު ޔުނިޓް: 3320ރ.
  • ފަސް ޔުނިޓް: 4150ރ.
  • ހަ ޔުނިޓް: 4980ރ.

އިކޮނޮމިކްސް، ބިޒްނަސް، ހިސްޓްރީ، ޖިއޮގްރަފީ، އިންގްލިޝް ލިޓްރޭޗާ އަދި އިންގްލިޝް ލޭންގުއޭޖް

  • އެއް ޔުނިޓް: 1160ރ.
  • ދެ ޔުނިޓް: 2320ރ.
  • ތިން ޔުނިޓް: 3480ރ.
  • ހަތަރު ޔުނިޓް: 4640ރ.

މިއީ ރާއްޖޭގައި މެއި ޖޫންގައި އަމިއްލަ ގޮތުން އޭ ލެވެލް ހެދުމަށް ޑީޕީއީން ފުރުޞަތު ހުޅުވާލި ފުރަތަމަ ފަހަރެވެ. މީގެ ހަ އަހަރު ކުރިން 2020ގައި ގެނައި ބަދަލާއެކު މީގެ ކުރިން އަމިއްލަ ގޮތުން އޭލެވެލްގެ މޭ/ޖޫން ޓެސްޓުގައި ބައިވެރިވާން ބޭނުންވާ ގިނަ ދަރިވަރުން އިމްތިހާނު ހެދީ ސްރީ ލަންކާއަށް ގޮސްގެންނެވެ.

ރާއްޖޭގައި އެ އިމްތިހާން ބާއްވައި ދިނުމަށް ޑީޕީއިން ނިންމީ މި މަހު ދެވަނަ ދުވަހެވެ. 

އެގޮތަށް ނިންމީ ލަންކާއަށް ދިއުމަށްދާ ހަރަދު ބޮޑުވުމާއި ކޮންމެ ދަރިވަރަކަށް އެވަރުގެ ހަރަދެއް ނުކުރެވޭނެ ކަމަށާއި އޭ ލެވެލްގެ ގަދަ 10 ގައި ހިމެނި، ސްކޮލާޝިޕް ހޯދަން ދަރިވަރުންނަށް އޮންނަ ފުރުސަތު ގެއްލޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ދަރިވަރުންގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހެޅި ޕެޓިޝަނާ ގުޅިގެންނެވެ.