ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ހަރަދުގައި އދ. މާމިގިލީގައި އިމާރާތްކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
ގާސިމްގެ ބައްޕަ އިބްރާހިމްގެ ހަނދާނުގައި އިމާރާތްކުރި މިސްކިތް މިއަދުގެ ހުކުރު ނަމާދަށް ރަސްމީކޮށް ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެތައް ބަޔަކަށް އެހީތައް ވަމުން އަންނަ ގާސިމްގެ ހަރަދުގައި އިމާރާތްކުރި މިސްކިތުގެ ނަމަކީ މަސްޖިދު އިބްރާހިމް އެވެ. އެއީ ގާސިމްގެ ބައްޕަ އަށް ނިސްބަތް ކުރައްވައި ދެއްވި ނަމެކެވެ.
މާމިގިލީގައި ގާސިމް އިމާރާތް ކޮށްދެއްވީ 800 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އޭސީ ކޮށްފައިވާ އެ މިސްކިތުގައި ދެ ޖިންސުގެ މީހުންނަށް ވަކިން ނަމާދު ކުރެވޭ އަދި ވުލޫއު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ސަރުކާރުގެ ހަރަދުގައި އިމާރާތްކުރި ބައެއް މިސްކިތްތަކާއި އަމިއްލަ ފަރާތްތަކާ ގުޅިގެން އިމާރާތްކުރި މިސްކިތްތައް ހިމެނޭހެން މި ރޯދަމަހަށް 15 މިސްކިތެއް ހުޅުވާފައިވ ކަމަށެވެ.