ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބިދޭސީއަކު ރަހީނުކޮށް، އަނިޔާކުރި މައްސަލައެއްގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މީހަކު ހުޅުމާލޭގައި މީހަކު ރަހީނުކޮށް، ބަންދުކޮށްގެން ގެންގުޅޭ ކަމުގެ ރިޕޯޓެއް މިދިޔަ ބުދަ ދުވަހު ހުށަހެޅުމުން އެ މީހާ ހޯދަމުން ދަނިކޮށް ފެނުނީ ވިލިމާލެއިން ކަމަށެވެ. އަދި އެ މީހާ ސަލާމަތްކޮށް، ޑޮކްޓަރަށް ދެއްކުމަށްފަހު ވަނީ މިހާރު ދޫކޮށްލައިފަ އެވެ.
އެ މައްސަލައާ ގުޅިގެން ބަންގްލަދޭޝަށް ނިސްބަތްވާ ފަސް މީހަކު އިއްޔެ ހައްޔަރުކުރި އެވެ. އެއީ؛
- އެމްޑީ ހޮސައިން، 30
- އެމްޑީ މެހެދި ހަސަން، 34
- އެމްޑީ ޝާ އަލަމް، 39
- ސާފިފް ހަސަން، 38
- ރަސަލް، 20
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.
އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާތީ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.