ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ވިއްކާ މީހުންނާއި ގަންނަ މީހުންގެ މައުލޫމާތު ހޯދުމަށް އައްޑޫ ޕޮލިސް ސްޓޭޝަނުން އާންމުންގެ އެހީއަށް އެދިއްޖެ އެވެ. 

އައްޑޫ ޕޮލިސް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހު ވެސް ހިތަދޫގެ ގެއަކުން ވައްކަން ކޮށްފައިވާ ކަމުގެ މައުލޫމާތު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ވަގަށް ނަގާފައިވާ ތަކެތި ހޯދުމަށް ކުރި މަސައްކަތުން އެތަކެތި ފެނިފައިވާ ކަމަށް ވެސް ބުންޏެވެ. 

އެކަމަކު އެ ޕޯސްޓުގައި ބުނީ ވަގަށް ނަގާ ތަކެތި ނުއަގުގައި ވިއްކާ މީހުންނާއި ގަންނަ މީހުންގެ މައުލޫމާތު ލިބޭ ނަމަ އެ މައުލޫމާތު 125 އަކަށް ގުޅާ ހިއްސާ ކޮށްދޭން އެދޭ ކަމަށެވެ. 

އައްޑޫ ޕޮލިހުންގެ ޕޭޖަށް ބަލާއިރު ގޭގެއިން ތަކެތި ވަގަށް ނަގާ މައްސަލަ ބޮޑެވެ. މި ފަހުން ވެސް ވަނީ އަންނައުނާއި ސެންޓުފުޅިތަކެއްގެ އިތުރުން ފޯނަކާއި ދޫންޏާއި ބައިސްކަލަކާއި ގޭގެ ގަހުގައި ހުންނަ މޭވާ ކަހަލަ ތަކެތި ވަގަށް ބިނދެގެން އެތަކެތި ވިއްކާ މައްސަލަތަކެއް ވެސް އާންމުކޮށްފަ އެވެ.