ރާއްޖޭގައި އަސާސީ ބާވަތްތަކުގެ އަގު މިދިޔަ އަހަރުގެ މެެއި މަހާ އަޅައި ބަލާއިރު މިދިޔަ މެއި މަހު 6.35 ޕަސެންޓް ބޮޑުވެފައިވާ ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ އެއްގަމު މަހާއި ކޮފީގެ އަގު ކަމަށް މޯލްޑިވްސް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިދިޔަ ބުރާސްފަތި ދުވަހު އާއްމުކުރި އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (ސީޕީއައި)ގައިވާ ގޮތުން މިދިޔަ އަހަރުގެ މެއި މަހާ އަޅާބަލާއިރު މި އަހަރުގެ މެއި މަހު ކޮފީގެ އަގު ވަނީ 18.58 ޕަސެންޓް މަތިވެފަ އެވެ. އެ ހިސާބުތަކުގައިވާ ގޮތުން އެއްގަމު މަހުގެ އަގު މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު 6.68 ޕަސެންޓް ބޮޑެވެ.
ތަކެތީގެ އަގު އެވަަރަށް ބޮޑު އިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވެސް މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ވަނީ 6.35 ޕަސެންޓް މަތިވެފަ އެވެ.
ސީޕީއައި ގައިވާ ގޮތުން ތަކެތީގެ އަގު އެވަަރަށް ބޮޑު އިރު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވެސް މިދިޔަ އަހަރާ އަޅައި ބަލާއިރު މިހަހަރު ވަނީ 6.35 ޕަސެންޓް މަތިވެފަ އެވެ.
މެއިމަހާ އަޅައި ބަލާއިރު މިއަހަރުގެ މެއި މަހު ރާއްޖޭގައި ކާބޯތަކެތީގެ ބާވަތްތަކުގެ އަގު 6.37 ޕަސެންޓުން ބޮޑުވެފައިވާ ކަމަށާއި ގޭހާއި އެހެނިހެން ފިއުލްގެ އަގު 14.54 ޕަސެންޓުން ބޮޑުވެފައިވާ ކަމަށް ވެސް ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ދައްކަ އެވެ.
ހިސާބުތަކުން ދެެއްކި ގޮތުގައި ސާފުތާހިރު ކަމަށް ބޭނުންކުރާ ބާވަތްތަކުގެ އަގު ވެސް މިދިޔަ އަހަރާ އަޅާބަލާއިރު 3.10 ޕަސެންޓުން ބޮޑުވި އެވެ.