ހުޅުމާލެ 2 ގެ ހިޔާ ފްލެޓެއްގެ ބެލްކަނީގައި، އާއްމުންނަށް ފެންނަ ގޮތަށް ދެ މީހަކު ޖިންސީ ގުޅުން ހިންގި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
އާއްމު އިޖުތިމާއީ މިންގަނޑާ ޚިލާފު މި އަމަލު ހިންގި ހިޔާ ޓަވަރުގެ ބެލްކަނި ހުންނަނީ އެހެން ގިނަ ޓަވަރުތަކުގައި ދިރިއުޅޭ މީހުންނަށް ފެންނާނެ ގޮތަށެވެ.
މި މައްސަލަ ފުލުހުން ބަލަން ފެށީ، ހިޔާގެ 12 ވަނަ ޓަވަރުގެ ބެލްކަނީގައި އަންހެނަކާއި ފިރިހެނަކު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް ޝޯޝަލްމީޑީއާގައި އާއްމުކުރުމުންނެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ބެލެވޭ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އާންމު ތަންތަނުގައި ބަދުއަހުލާގީ އަމަލު ހިންގުމަކީ ރާއްޖޭގެ ގާނޫނުތަކުން މަނާ ކަމެކެވެ.