މާލޭގެ ސްކޭޓް ޕާކާ ދިމާލުން ތޮށިގަނޑު ކައިރިން ހިލަގާތަކުގެ ތެރޭގައި މިއަދު ހަވީރު ތާށިވި މީހަކު ސަލާމަތްކޮށްފި އެވެ.

ފުލުހުން ދެންމެ ބުނި ގޮތުގައި އުމުރުން 50 އަހަރުގެ ދިވެހި ފިރިހެންމީހާ ހިލަގާތަކުގެ ތެރޭގައި ތާށިވި ކަމުގެ ރިޕޯޓް ލިބުނީ މިއަދުގެ ހަވީރު 5:16 ހާއިރު އެވެ. 

އެމްއެންޑީއެފްގެ ފަޔާ ސާވިސްގެ އެހީތެރިކަމާ އެކު އެ މީހާ ސަލާމަތްކޮށް، އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ބުންޏެވެ.

އެ މީހާ ތާށިވި ގޮތެއް އަދި އިތުރު އެހެން މައުލޫމާތެއް ނުލިބެ އެވެ.