ޗާގޯސް އާކިޕެލަގޯ ރީޖަނަށް 5 މެގްނިޓިއުޑްގެ ބިންހެލުމެއް މިރޭ އަތުވެއްޖެ އެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނީ އެ ރީޖަނަށް ބިންހެލުމެއް އައިސްފައި ވަނީ މިރޭ 8:00 ހާއިރު ކަމަށެވެ. އެއީ އައްޑޫއާ 833 ކިލޯމީޓަރު ދުރަށް އައި ބިންހެލުމެކެވެ. 

މެޓުން ބުނީ އެ ބިންހެލުމުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ. 

ޗާގޯސް ސަރަހައްދަކީ މީގެ ކުރިން ވެސް ބިންހެލުންތައް އައިސްފައިވާ ސަރަހައްދެކެވެ.