ކޫރިއާ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަތީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު، ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބެލުމުގެ ތެރޭގައި ކަމަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިތުރަށް ބަލައިފާސްކުރި އެ ތަކެތީގެ ބަރުދަނުގައި ކިލޯއެއް ހުއްޓެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި އެއީ ޕާޓީ ޑްރަގެކެވެ.
މިދިޔަ ހުކުރު ދުވަހު ވެސް ވަނީ ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފަ އެވެ. އެ ތަކެތީގެ ބަރުދަނުގައި ދެ ކިލޯ ހުއްޓެވެ. އެއީ ވެސް ޕާޓީ ޑްރަގެކެވެ.