ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 1: ވައިގެމަގުން އެތެރެކުރަން އުޅުނު ދެ މިލިއަން ރުފިޔާގެ ކެނަބިސް އެ އެއާޕޯޓުން ވަނީ ހިފަހައްޓައިފައި.-- ފޮޓޯ: މިހާރު
15 ޑިސެމްބަރ 2025 - 12:48
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ކެނަބިސް ފަތް އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނީ ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެލާނާ އެއާޕޯޓުން މިދިޔަ ހޮނިހިރު ދުވަހު އަތުލައިގެންފައިވާ ކަމަށެވެ. އެއީ ތިން ކިލޯގެ ކެނަބިސް ފަތް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ ތަކެތީގެ މަގުމަތީ އަގު 2.4 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ބަޔަކު ހައްޔަރުކުރި ކަމެއް އަދި ނޭނގެ އެވެ.
ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) December 15, 2025
▫️ބާވަތް: ކެނަބިސް ފަތް
▫️ބަރުދަން: 3 ކިލޯގްރާމް (3050 ގްރާމް)
▫️މަގުމަތީ އަގު : 2.4 މިލިއަން ދިވެހި ރުފިޔާ@HomeMinistrymv pic.twitter.com/Dt7lUB4EyN
ވަކި އަދަދަކަށް ވުރެ ގިނައިން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހު ވަނީ ތަސްދީގު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ ފ.
16 December 2025
މަގުމަތީ އަގު ޖެހުމުގެ ބޭނުމަކީ ކޮބާ. ޤާނޫން ގަ ނޯވޭ އަގަށް ބަލައިގެން ހުކުން އިއްވާކަށް. މި އިސްތިހާރަކަށް މިވަނީ
އަޅެ
15 December 2025
ކެނަޕިސް ގެނިއްޖެ ގެނައި މީހަކު ނޭންގެނީ. ތީ ހާދަ ހެއްވާ ހަބަރެކޭ
ސޯޅަ
15 December 2025
މަރުގެ އަދަބާއި ހިސާބަށް ދާއިރު ތިތަކެތި ހިކަނދި ފަތަށް ބަދަލުވުން އެކަށީގެންވޭ!
އިބުރ
15 December 2025
ކަމާއި ބެހޭ ފަރާތްތަކުން މަސްތުވާ ތަކެތީގެ ޚަބަރު ގެނެސްދޭ އިރު އަބަދުވެސް އެ ވިއްކައިގެން ލިބޭނެ ފައިދާގެ އަންދާޒާއެއް މިޖަހަނީ. ހީވަނީ ގެންނަލެއް މަދުވެގެން އިސްތިހާރުކުރާހެން. އަޅެ ކީއްތަ ވާނީ އެންމެ ފަހަރަކުވެސް އެ އެތެރެ ކުރިކަން ސާބިތު ވެއްޖެ ނަމަ ލިބޭނެ އަދަބުގެ ވާހަކަ ލިޔުނިއްޔާ!
ސައިނިސް
15 December 2025
ރާއްޖޭގެ ފުރަތަމަ މަސްތުވާ ތަކެތީގެ މަރުގެ އަދަބު ކިހާ ވަރަކުން ދާނެބާ
މަބުނީ
15 December 2025
ދެންތިޔަމީހަކަށް މަރުގެއަދަބުދޭތޯ ބަލަންމިތިބީ. ކޮންގައުމަކުން ކޮންފުލައިޓަކުން އައިމީހެއްކަންވެސް ނޭނގެދޯ.