އިންޑިއާގައި ދިރިއުޅޭ ބޮކެއްގެ ގައިން ފެނުނު ކަމްޕައުންޑެއް މީދަލަށް ދިނުމުން އެސޮރުގެ ގައިގައި ހުރި އަރިދަފުސް ރޯގާގެ ނުރައްކާތެރި ވައްތަރެއް ފަސޭހަވާކަން އެނގިއްޖެ އެވެ. އަދި މިއީ އިންސާނުންނަށް ވެސް ފައިދާ ހުރި ފަރުވާއަކަށް ވެދާނެ ކަމަށް އެމޯރީ ޔުނިވަސިޓީން ކުރި ޚާއްސަ ދިރާސާއަކުން ވަނީ ދައްކާފަ އެވެ.
މި ވައްތަރުގެ ބޮކުގެ ދަވައިގައި އުރުމިން ކިޔާ ޕެޕްޓައިޑެއް ހުރެ އެވެ. މިއީ އެޗް1 ފްލޫ ވައިރަސް އަށް އަމާޒުކުރާ އެއްޗެއް ކަމަށް ޖާނަލް އިމިއުނިޓީގައި އަންގާރަ ދުވަހު ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައިވެ އެވެ.
އެޗް1 އަކީ އިންފްލުއެންޒާ އޭ ވައިރަސްގެ ސަބްޓައިޕްސްގެ ތެރެއިން އިންސާނުންނަށް އަސަރުކުރާ ތިން ސްޓްރެއިންގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.
މި ދިރާސާކުރުމަށް ސައިންސްވެރިން ވަނީ ޓެނިސް ބޯޅައެއް ސައިޒުގެ 15 ބޮކަކުން ދަވަ ނަގައިގެން ޓެސްޓްކޮށްފަ އެވެ. މި ވައްތަރުގެ ބޮކަކީ ދެކުނު އިންޑިއާގައި މީގެ ދެ އަހަރު ކުރިން އުޅެނިކޮށް ފެނިފައިވާ ވައްތަރެކެވެ. އަދި ސައިންސްވެރިންނަށް ހޯދުނު ގޮތުގައި އުރުމިން އަކީ އިންސާނުންގެ ސެލްތައް ވިހަވާ އެއްޗެއް ނޫނެވެ.
ފްލޫގެ ސަބްޓައިޕްސްތަކުގެ ތެރޭގައި ހިމެނޭ އެފް1 އާއި އެޗް3 އަކީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ދެ ވައްތަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެ އެވެ.
ބޮކުގެ ގައިގައި ގުދުރަތީ ގޮތުން މި ދަވަ އުފެދެނީ ބެކްޓީރިއާ އާއި ފަންގަސް އިން ދިފާއު ވުމަށް އެހީތެރިވުމަށެވެ.