ހައި ކޯޓު: އެ ކޯޓުގައި މިހާރު ތިއްބަވަނީ ނުވަ ފަނޑިޔާރުން--ފޮޓޯ/މިހާރު
11 ޖޫން 2017 - 14:18
ހައި ކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރު ކުރަން، ކޯޓުތަކާ ބެހޭ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އިސްލާހުގައިވާ ގޮތުން، ހައި ކޯޓުގައި ތިއްބަވާނީ އިސް ފަނޑިޔާރު ހިމެނޭ ގޮތަށް 11 ފަނޑިޔާރުން ކަމަށް ހަމަޖައްސައި، އެ ބިލް ގާނޫނަކަށް ވާތާ ތިން މަސް ތެރޭގައި އެ މަގާމުތަކަށް ފަނޑިޔާރުން އައްޔަން ކުރަންޖެހޭނެ އެވެ.
އެ އިސްލާހުގައިވާ ގޮތުން އެ ބަދަލު ގެނަޔަސް މިހާރު އެ ކޯޓުގައި ތިއްބެވި ފަނޑިޔާރުން މަގާމުގައި ދެމި ތިބޭނެ އެވެ. އަދި ގޮފިތަކަށް ފަނޑިޔާރުން އައްޔަން ކުރާނީ މިހާރު ވެސް އޮންނަ ގޮތަށް ތިން ފަނޑިޔާރުންގެ ނިސްބަތުން ކަމަށް އެ އިސްލާހުުގައިވެ އެވެ.
އެގޮތަށް އިސްލާހު ހުށަހެޅީ ހައި ކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރު ވަމުންދާތީ ހަލުވި މިނެއްގައި އިސްތިއުނާފް މައްސަލަތައް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ހައި ކޯޓުގައި ތިއްބަވާނީ ޖުމްލަ ނުވަ ފަނޑިޔާރުންނެވެ. އޭގެ ތެރެއިން ދެ މަގާމު މިހާރު ވެސް ހުހަށް އޮތް އިރު، ދެކުނު ގޮފީގައި ތިން ފަނޑިޔާރުން ތިއްބަވަ އެވެ. އަދި މާލޭގައި ހަތަރު ފަނޑިޔާރުންނެވެ.
ފަނޑިޔާރުންގެ ގާނޫނު ވުޖޫދަށް އައި އިރު އޮތީ ހައި ކޯޓުގައި 11 ފަނޑިޔާރުން ތިބޭ ގޮތަށް ކަމަށް ވިޔަސް އޭގެ ފަހުން ކޯޓުތަކާ ބެހޭ ގާނޫނު އައި އިރު އެ އަދަދު ވަނީ ނުވައަކަށް ދަށްކޮށްފަ އެވެ.
ނުވަ ފަނޑިޔާރުން ހައި ކޯޓުގައި ތިއްބަވާ އިރު 2014 ގައި އުފެދުނު އެ ކޯޓުގެ ދެ ގޮފިން ކުރެ ކޮންމެ ގޮތްޕަކަށް ތިން ފަނޑިޔާރުން ހަމަޖައްސަން ޖެހޭތީ ކޮންމެ ގޮތްޕެއްގައި ވެސް އަދި މާލޭގައި ވެސް ތިއްބަވާނީ އެންމެ ތިން ފަނޑިޔާރުންނެވެ.
އެހެންވުމުން މައްސަލަތައް ކުރިއަށް ގެންދިއުމުގެ ދަތިތަކެއްް ކުރިމަތިވަމުންދެ އެވެ. ސަބަބަކީ ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ހައި ކޯޓުން ކޮންމެ މައްސަލައެއް ވެސް ބަލަން ޖެހެނީ މަދުވެގެން ތިން ފަނޑިޔާރުން ތިބެގެން ކަމަށްވެފައި، އެންމެ ފަނޑިޔާރަކު ޗުއްޓީ އަށް ވަޑައިގަތަސް ނުވަތަ ސަލާމް ބުންޏަސް ހުރިހާ ޝަރީއަތްތަކެއް ހެން ހުއްޓޭނެތީ އެވެ.
އެ އިސްލާހު އެގޮތަށް ހުށަހެޅިއިރު ވެސް ހައި ކޯޓުގެ ނުވަ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް މިހާރު އޮތީ ހުސްކޮށެވެ. އެ ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން އަދިވެސް ކަނޑައެއް ނާޅަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނެއްކާ 2 ފްލެޓް
12 June 2017
ދާނެތާ
އެދުރުބެ
12 June 2017
މި ކަހަކަ ކުޑަ އަދި އިޤްތިސާދު އަށް ބަލަން ޖެހިފައިވާ ޤައުމެއްގާ ހައިކޯޓަށް 11 ފަނޑިޔާރުން ގިނައެވެ. ރަގަޅީ ހަނަ 9 ފަނޑިޔާރުން ނެވެ.އުތުރު ގޮފި ދެކުނު ގޮފި ހިންގާނީ ހައިކޯޓްފެ ފަނޑިޔާރުން ދައުރު ވާ ގޮތަށެވެ..ހައިކޯޓް ގޮފި ހެދުމުން ނިކުތީ ރަގަޅު ތަހްރީބާ އެއް ނޫނެވެ.
ޢަހްމަދު
12 June 2017
ކިތއްމެ ކުޑަކުރިޔަސް ރައްޔިތަކަށް ވާނެފައިދާއެއް އޮންނާނެ ހެނެއް ހީއެއް ނުވެއެވެ.އެސްޓީއޯ އިން މަޖިލިސް މެމްބަރުންނަށް އަގުހެޔޮކޮށް ވިއްކަނީ އެ މެމްބަރުންނަށް ދޭއެހީއެއްގެ ގޮތުގައެވެ.ފައިދާ ދަނީ ހަމަ ބައެއްގެ ޖީބަށެވެ.
ބޫ
12 June 2017
ފްލޯލެސް ސަރުކާރު އަނެއްކާވެސް އުނބަށްޖެހީ.
ޓޮޕްހެވީ
12 June 2017
ބެންޗަށް ވައްދަން ޖެހޭ އިތުރު މީހުން ފެނުނީ
ކަރުންމަތީގެ ޑޮކްޓަރު
12 June 2017
ޥާނުވާ ނޭންގުނަސް އަނގަތަޅާ ކޮމެންޓު ކުރަނީ ބުއްދިފިލާފަ ތިބީމައެވެ.
ހައްޤު ބަސް
11 June 2017
ބޮޑު ޤާނޫނު އަސާސީ އެއް ހަދާ ބައްވާފައި އެމީހަކު ބޭނުންވާ ގޮތަކަށް އޭތި މާނަ ކޮށްފައި ހުރިހާ ކަމެއް ޤާނޫނު އަސާސީއާ ދިމާ އިދި ކޮޅަށް ކުރާ ބަޔަކު ދިވެހިން ނޫނީ ނުތި ބޭނެއެވެ
އައްޑޫ ބަކުރު
11 June 2017
ރައީސްގެ ވައުދުތަށް ފުއްދަނީ ތާ....
އުދުހޭ
11 June 2017
ކޮންޓްރޯލް ގެއްލުނީބާ؟
ނޫނު
11 June 2017
ކޮންޓްރޯލު ގެއްލުނީކީ ނޫން. ޚަރަދު ބޮޑީ ގޮފި ހަދަން. ބޭނުންވާ މީހުންތައް ހޮވާފައި ގޮފި އުވާލާފައި، މި ސަރުކާރަށް އެންމެ ފިޓު މީހުން އެތާ ތިބޭނީ. އެހެންގޮަތަކަށް ބުނާނަމަ މުޅި ހައިކޯޓު އެއްކޮށް ދޮވެލީ.
ހަސަން
11 June 2017
އަޑީގައި ކޮންމެވެސް ސިއްރެއް ނެތި ނުދާނެ.