އުމަރު (ވ)، ޖޭޕީގެ ލީޑަރު ގާސިމްއާ ބައްދަލުކުރައްވަނީ. --ފޮޓޯ:ނިޝާން އަލީ/ މިހާރު
25 އޮކްޓޯބަރ 2017 - 16:23
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި މި ވަގުތު ރާއްޖޭގައި ހުންނެވި، ރައްޔިތުންގެ މަޖިލީހު ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒްއާ، އުމަރު މި ބައްދަލުކުރެއްވީ އިިދިކޮޅު ހުރިހާ ޕާޓީތައް ގުޅިގެން ރިޔާސީ އިންތިހާބަށް އިންތިގާލީ ކެންޑިޑޭޓެއް ކަނޑައެޅުމާ ގުޅޭ ގޮތުން ޕާޓީތަކުން މަޝްވަރާކުރަމުން އަންނަނިކޮށެވެ. ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒްގައި ބޭއްވި ބައްދަލުވުން ގާތްގަނޑަކަށް ތިން ގަޑިއިރަށް ކުރިއަށް ދިޔަ އެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ، ރިޔާޒާ އެކު މަޝްވަރާ ކުރެއްވީ އިންތިހާބުގައި ޖޭޕީއާ ގުޅިގެން ކުރިއަށް ދެވިދާނެ ގޮތްތަކަކާ ގުޅޭ ގޮތުން ކަމަށެވެ. އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ މާ ބޮޑު ތަފްސީލެއް އުމަރު ނުދެއްވި ނަމަވެސް ވިދާޅުވީ އެއީ އިންތިގާލީ ރައީސަކު ނުވަތަ އިންތިގާލީ ސަރުކާރެއް ގާއިމްކުރުމާ ގުޅޭ ވާހަކަތަކެއް ނޫން ކަަމަށެވެ.
"ދެ ހާސް އަށާރައިގެ ރިއާސީ އިންތިހާބުގައި ގުޅިގެން ކުރިއަށް ދެވިދާނެ ގޮތްތަކަކާ ގުޅޭ ގޮތުން ވާހަކަ ދެކެވުނީ. ޔަގީނުން ވެސް ޖޭޕީއާ ނުލައި 2018 ވިންއެއް ނުކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.
އުމަރު ކުރިން ނިންމެވީ، ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވައި ކާމިޔާބު ކުރައްވައިގެން އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރެއްވުމަށެވެ. އެކަމަކު، ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ކުރިއަށް ގެންދިޔަ ގޮތުން، ޕީޕީއެމްގެ ރިއާސީ ޕްރައިމަރީ ވެސް އިންސާފުވެރި ވެދާނެ ކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ކަމަށް ވިދާޅުވެ ފަހުން ނިންމެވީ، މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުގައި ވާދަ ކުރެއްވުމަށެވެ.
"އޭގެ މާނައަކީ އިންތިހާބަށް އެކި ކޯލިޝަންތައް ހެދިގެން ދާއިރު، އަޅުގަނޑު ބައިވެރި ނުވާނެ ވާހަކައެއް ވެސް ނޫން، އެ ކޯލިޝަންގެ ތެރެއިން ވެސް އަޅުގަނޑު ފެނިދާނެ." އުމަރު ވިދާޅުވެފައިވެ އެވެ
އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވާހަކަ ދައްކަވަނީ.---މިހާރު ފޮޓޯ: ނިޝާން އަލީ
ރިޔާޒް ވިދާޅުވީ އުމަރާ އެކު ބޭއްވި ބައްދަލުވުމުގައި 2018ގެ އިންތިހާބާ ގުޅޭ ގޮތުން އުމަރާއެކު ބިނާ ކުރަނިވި ވާހަކަތަކެއް ކުރިއަށް ދިޔަ ކަމަށެވެ. އެ ތަފްސީލުތައް ޖޭޕީގެ ކައުންސިލްއާ ހިއްސާކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އުމަރާ އެކު މަޝްވަރާތަކެއް ދިޔަ، ވަކި ގޮތްތަކެއް ކަނޑައެއް ނޭޅޭ. އެ ތަފްސީލުތައް ކައުންސިލާ އަޅުގަނޑު ހިއްސާކުރާނަން،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރެގެން އިންތިހާބު ކާމިޔާބުކުރަން ވަނީ އަމާޒު ހިފައިފަ އެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ މުޚާތަބު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ގޮތުގައި މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު މިނިވަން އިންތިޚާބެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި އެހެންވެ، 2018ގައި ހޮވަން ޖެހޭނީ ގުޅިފައިވާ ޕާޓީތަކުން ނެރޭ އިންތިގާލީ ރައީސެއް ކަމަށް އެ މަނިކުފާނަށް ގަބޫލު ކުރެއްވޭ ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އިންތިގާލީ ކެންޑިޑޭޓަކު ނެރޭނީ އިދިކޮޅު ކޯލިޝަނުން ގުޅިގެން ނެރޭ ލިސްޓަކުންނެވެ. އެކަން އެގޮތަށް ކުރަން ޖެހެނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި، އިދިކޮޅު އެއްވެސް ޕާޓީއަކަށް 2018 ގެ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އެއްވެސް "ސައިންޓިފިކް ޔަގީންކަމެއް" ނެތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ބޮންދު
26 October 2017
މީހުން އިންތިޤާލީއޭ ބުނީމާ ގާނުނަކުނެތޭ ކިޔަނީ އެއީ އެހެންކިޔާ ބަސްބަހުގެ މާނަ ނޭގޭތީ. ކާކުބުނީ އިންތިޤާލީ ރައީސަކު ހޮވަން ޤާނޫނުގަ އޮވެޔޭ؟ އެއްވެސްމީހަކުއެހެންނެއް ނުބުނެ. ރަޢިސްހޮވާނީ 5 އަހަރަށް. އޭނާދޭތެރެމެދުން އިނސްތިްުފާދިނުމަކީ ޤާނޫން ހުރަސްއަޅާކަމެއ ނޫން. މިފަދަމީހުންނށް ވިސްނޭނީ ފައްކަޑަން މީހުންނާ އިންނަގޮތް ސާފުވީމާ. އެއްވެސް ކޯޓަކުން ފައްކަޑާކަށް ކައިވެޏްޏެއް ނުކޮއްދޭނެ. ކައިވެނިކޮއްދޭނީ ހެޔޮގޮތުގަ އުޅުމަށް. ހީކުރަން އޮޅުންފިލާފާނެ ކަމަށް.
ރޮކެޓް ސައިންސް
26 October 2017
ކޮމާންޑް ސެންޓަރުގެ ވާހަކަ ދެއްކި ދުވަހުން ފަށައިގެން ދުވަހަކުވެސް އުމަރަކަށް ތާއީދެއް ނުކުރަމެވެ. އިތުބާރެއް ނުކުރަމެވެ. އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި އުމަރަކީ ޔާމިންގެ އެޖެންޓްއެއް. އިދިކޮޅުމީހުން އުމަރުކައިރީ ވާހަކަދައްކާއިރު ސަމާލުވެ ތިބުމައް ދަންނަވަން. އިންތިހާބުގެ ކުރިން އުމަރައް އެއްވެސް ބާރެއް ލިބޭގޮތަށް ޑީލް ނެހެދުމަށް ވެސް އިދިކޮޅު އިއްތިހާދައް ނަސޭހަތްތެރިވަން.
އަލިބެއްޔާ
26 October 2017
އުމަރު: "އޭ ރިޔާޒް، 7 ފެބްރުއަރީ މަތީން ހަނދާން ކޮއްލާ، ކަލޭ ބާކީ ކޮއްފާ ހުއްޓާ ނަގާ ސީޕީކަން ދިނީ އަހަރެންގެ ބުރަމަސައްކަތުން". ރިޔާޒު: "ތީ މުޅިޔަކުން ތެދެއްނޫން، އަހަރެންވެސް ބަނޑޭރިކޮށި ދޮށުގަ ލައްކަ ހަޅެއް ލެވިން، ފިޒިކަލީ ލޮކޭޝަންގައި ހުރީ އަހަރެން". އުމަރު: "ދެން އެވާހަކައެއް ނޫނޭ، ޖޭޕީއިން ކާކުތަ ކެނޑިޑޭޓަކީ؟". ރިޔާޒު: "ބަލަ މަށެއްނުން ދެން ހުންނާނީ، ދައްކާ ވާހަކަ". އުމަރު: "އޭ އަހަރެން ޕީޕީއެމަށް ވަދެ ކެނޑުނީވެސް ޖޭޕީ މެމްބަރެއްގެ ގޮތުގައި ހުއްޓައޭ، އެއްމެ އެކްސްޕީރިއެންސްޑް ވާނީ އަހަރެން". ރިޔާޒު: "ދެން އިތުރަކަށް ވާހަކަ ދެއްކޭކަށް ނެތް". އުމަރު: "އޭ ބުރޯ، އިދިކޮޅުފަރާތްތަކުން ކެންޑިޑޭޓެއް ނެރޭއިރު ނަމަ ނަމަ އެމްޑީޕީއަށް ދޫނުދޭތި. އެކަމަކު މަޝްވަރާގައި އެވެރީން ގޯނިފުލުގައި ބައިތިއްބަންވާނެ. އެންމެ ފަހުވަގުތު އެއްބަސްނުވާނީ. އަންނި އެންޑް އެމްޑީޕީ އައި ހޭޓް ދޯސް އިމްބިސިލްސް، މިފަހަރު ހުރީ ޔާމީން އާއި ވާދަކޮއްލެވޭ ވަރު މީހަކަށް އަހަރެން އެކަނި. ގޮޓްއިޓް؟ ގާސިމަށް ގުޅަންވީދޯ؟"
ދޮން އާމިރު
26 October 2017
އުމަރާއެވެ...މިކަމުގެ ތެރެއަށް ނުވަންނަ ހުއްޓެވެ.
ދޮންތުއްތު
26 October 2017
ރީނދޫ ބާގައި މީހުންގަނޑު އުމަރު ދެކެ ހާދަ ބިރެއް ގަނެއޭ ދޯ؟ ކެކެކެކެކެ ކިތަންމެ އަސަރެއް ކުރިޔަސް ކަލޭމެންގެ ރޫހާނީ ލީޑަރުގެ ފަހަތަކުން އުމަރެއް ނުދުވާނެ. ދެރަވާނެ އަސަރުވެސް ކުރާނެ. ކީއްކުރާނީ!!!!
ރޮކެޓް ސައިންސް
26 October 2017
ކެމިކަލީ ޔަގީންވާ ގޮތުގައި އުމަރުވެސް ބޭނުންވަނީ މިނޫން ވެރިކަމެކެވެ.
ދޮގެއްތަ؟
26 October 2017
ރޮކެޓް ސައިންސް އަށް އޮޅިގެން ތިބުނެވުނީ ރަނގަޅަށް. އުމަރުވެސް ބޭނުންވަނީ އެހެން ވެރިކަމެއް. އެކަމަކު ދޮންތުއްތު ބުނެފަވާ ގޮތަށް ކަލޭމެން ކުދިންގެ ރޫހާނީ ލީޑަރު ފަހަތުން ނުދުވާނެ. އެކަން ވަރަށް ސާފު.
ޢަހުމަދު
26 October 2017
ޢުމަރު ކަލޭތިހިރީ އެކްސްޕަޔަރ ވެފަ. ޢުމަރުގެ ހައިސިއްޔަތު ފެންނާނީ 2018 ގަ ކުރި މަތިލީމަ.
ރާގޮނޑިރާޖާ
25 October 2017
އުމަރޭ އުމަރަކައް ތާއީދެއްނެތް ތީހަމަ ހަތަރު އަނގައިން ވާހަކަދައްކާ ހުދުވަލުގެ މީހެއް
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
25 October 2017
އުމަރާ އާދޭސް ކޮށްފަ ބުނަން ދިވެހި ރައްޔިތުން މި ދައުލަތް އަހަރުމެންގެ މިނިވަންކަމާއި މިފަސްގަނޑު އަދި މިދައުލަތުގެ މުދަލާއި މުއްސަނދިކަން އަންނާން އޮތް ޖީލަށްޓަކާ ރައްކާ ކުރުމަށް ކުރާ މަސައްކަތަށް ހުރަސްނާޅާ ރައްޔިތުންގެ ބުރަ މަސައްކަތުން އެމީހުން އައިސް ތިބި ހިސާބުން އެމީހުން ފައްސާލަން ނޫޅެމަޑުން ހުރެވޭތޯ ބަލާ. . އިރާދަ ކުރެއްވީއްޔާ ﷲ ގެ މިންވަރު ފުޅާއި އެކުގައި މިފަހަރު ޤާއިމް ކުރެވޭ އިންތިޤާލީ ސަރުކާރާއި އެކުގައި މިރާއްޖޭގައިވެސް އަދުލުވެރި ތަފާތު ކުރުމެއްނެތި އިސްލާމީ ޝަރީއްޔާ ގެ ހަމަތަކަށް އިސްކަންދޭ ޤާނޫނަށްތަބާވާ ޝަރުއީ ނިޒާމެއް ޤާއިމް ކުރެވި އުމަރުގެ ހުދުވަލަށް ވެސް އޭގެ ފައިދާގެ ބޭނުން ކުރެވޭނެ.
ފޭކް5
25 October 2017
އުމަރަކީ ޔާމީނުގެ އެޖެންޓެއް. ނޯ ޓު އުމަރު.
އަބްދުއްލާ
25 October 2017
މީހުން ގެ ހުކުމް ތަންފީދު ކުރުމާ މައާފްދިނުމުގެ ގާނޫނު ބުނާގޮތުން ނަސީދަކަށް އެއްވެސް ފުރުސަތެއްނެތް. ދާދިފަހުން އިންޑީޔާގަ ވަނީ ގާޒީ ވަގަށް ނެގިކަމަށްއިއުތިރާފު ވެސް ވެފާ.
މުސްތަޤިއްލު
26 October 2017
ފުރުޞަތު ދެނީ ތިބޭފުޅާއެއް ނޫން! ދިވެހި ލޮބުވެތި ރައްޔިތުން!