ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން އިންތިޒާމް ކޮށްގެން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި މައުމޫނާ އެކު ފާރިސް އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ބައިވެރިވެވަޑައިގަންނަވަނީ.
04 ޖުލައި 2016 - 14:29
ތްރީ ލައިން ވިޕާ ހިލާފުވި މައްސަލާގައި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ފިޔަވަޅު އަޅަން ފޮނުވީ އިންސާފުގެ ހަމަތަކާއި އުސޫލުން ބޭރުން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ފާރިސްގެ ބައްޕާފުޅު މައުމޫން މިހެން ވިދާޅުވީ ފާރިސް އަށް ފިޔަވަޅު އަޅައިދޭން އެދި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ސުލޫކީ ކޮމެޓީ އަށް ފޮނުއްވި ސިޓީގެ ޖަވާބުގަ އެވެ.
ނިހާނަށް ފޮނުއްވި ސިޓީގައި މައުމޫން ވިދާޅުވީ މީގެ ކުރިން ވެސް ތްރީލައިން ވިފާ ބައެއް މެމްބަރުން ހިލާފުވެވަޑައިގެންފައިވާ ކަމަށެވެ. އެކަމަކު އެ މެމްބަރުންނާ ދޭތެރޭ ފިޔަވަޅު އަޅާފައި ނުވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"މީގެ ކުރިން، ތްރީ ލައިން ވިފް އާ ހިލާފުވެގެން މެމްބަރުންނާ މެދު ފިޔަވަޅު ނާޅުއްވައި ޕާލަމެންޓްރީ ގްރޫޕުގެ ވަކި މެމްބަރަކު ތްރީ ލައިން ވިޕާ ހިލާފުވީމާ ފިޔަވަޅު އަޅުއްވަން ސުލޫކީ ކޮމެޓީ އަށް ފޮނުއްވުމަކީ އިންސާފުގެ ހަމަތަކާއި އުސޫލްތަކާ ހިލާފަށް ކުރައްވާ ކަމެއް ކަމުގައި ދަންނަވަމެވެ،" މައުމޫންގެ ސިޓީގައިވެ އެވެ.
މައުމޫން ވިދާޅުވީ ފާރިސް ވޯޓު ދެއްވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު އެންގެވި ގޮތަށް ކަމަށެވެ. އެހެންކަމުން އެއީ އޭނާއާ މެދު ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް މައުމޫން ވިދާޅުވެފައިވެ އެވެ.
ފާރިސްއާ މެދު ފިޔަވަޅު އަޅަން ފޮނުވީ އިއުލާން ނުކޮށް ރަށްތައް ކުއްޔަށް ދޫކުރާ އިސްލާހު ފާސްކުރަން ވިޕްލައިން ނެރެފައި ވަނިކޮށް، އެ ނިންމުމާ ހިލާފުވުމުންނެވެ. ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ ބިލް ފާސްކުރަން ނުފެންނަ ކަމަށެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިދިޔަ ހަފުތާގައި ވިދާޅުވީ ޕާލަމެންޓްރީ ގްރޫޕުގެ ނިންމުމަކާ ފާރިސް ހިލާފުވެވަޑައިގަތުމަކީ ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށެވެ. އެ ގްރޫޕްގެ ނިންމުންތަކާ އެހެން މެމްބަރުން ވެސް ހިލާފުވެވަޑައިގަތުމުން ފިޔަވަޅު އަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްމަޑޭ
05 July 2016
ތިނިހާނަކީ އަބަދުވެސް ހިހޫތަނުންނ ކާންއުޅޭ ބޮޑު އަނގަގަނޑެއް. ރަމގަޅު ހަމައެއްގޮތެއްވެސް ނޯންނާނެ. ދެބަހުން އެއްބަހު ރަންތިރީސް އަހަރުގެ ބާނީ ބާނީ ބާނީ އޭ ގޮވި މީހާ އައި ބަދަލު ތަހްޤީޤްކޮށްލަބަލަ.
ވަހުމް
05 July 2016
"މީގެ ކުރިން، ތްރީ ލައިން ވިފް އާ ހިލާފުވެގެން މެމްބަރުންނާ މެދު ފިޔަވަޅު ނާޅުއްވައި ޕާލަމެންޓްރީ ގްރޫޕުގެ ވަކި މެމްބަރަކު ތްރީ ލައިން ވިޕާ ހިލާފުވީމާ ފިޔަވަޅު އަޅުއްވަން ސުލޫކީ ކޮމެޓީ އަށް ފޮނުއްވުމަކީ އިންސާފުގެ ހަމަތަކާއި އުސޫލްތަކާ ހިލާފަށް ކުރައްވާ ކަމެއް ކަމުގައި ދަންނަވަމެވެ، އެސިޓީގައި މިފަދައިން ލިޔުއްވުމަކީ، ތާއިޑުކުރެވެކަމެއް!
ރަމީޒު
05 July 2016
މައުމޫން ގެ 30 އަހަރުގައި އެއްޗެކޭ މީއްޗެކޭ ކިޔަސް ހަގީގަތަކީ އެ މަނިކުފާނު ވެރިކަމުގައި ހުންނެވިއިރު އެއިރެއްގައި އޮތް ގާނޫން އަސާސީ އަށް ކަމޭހިއްތެވިއެވެ، ނެތް މިނިވަން ކަމެއް ނެތީ ގާނޫން އަސާސީން އެ މިނިވަން ކަން ނުދޭތީއެވެ. މަޑުމަޑުން ގޮސް ހުރިހާ މިނިވަން ކަމެއް ލިބުނީވެސް އެ މަނިކުފާނުގެ ވަރިކަމުގައެވެ. މިހާރު މިހަދާ ގޮތަށް މަޖިލީހުން ކުޅެލަން މާ ފަސޭހަ ދުވަސް ވަރެއްގައެވެ. މައުމޫން ދައުރު ގައި އާޅުގަޑު ނުރުހޭ ކިތަންމެ ކަމެއް ހިގިއެވެ، ނަމަވެސް އެ މަނިކުފާނު މި ގައުމަތް އޮތް ވަފާތެރިކަމާއި ލޯތްބަތް ދުވަހަކު ވެސް ޝައްކު ނުކުރަމެވެ. ޚުދު "އަންނި" އަށް ވެސް މިކަން ގަބޫލުް ކުރެވެއެވެ،
ސްވީޓް
04 July 2016
ފާރިޝް އާއި މެދު މިދަނޑިވަޅުގައި ފިޔަވަޅު އަޅާނެ ކަމެއް ނެތެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕް ވެސް އެކުވެރިކަން އިސްކުރަންވީ ވަގުތު މިހާރު މިއޮތީ އައިސް ޖެހިފައެެވެ. ސިޗުއޭޝަން ކްރިޓިކަލް މޯޑަށް ނުދަނީސް މަޝްރަހު ފިނި ކުރެވޭތޯ ޕީޕީއެމްގެ ޕީޖީ ގްރޫޕް ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު ޖެހޭނެ ތިމަރަ މެން މައިތިރި ކުރަން މިދަނޑިވަޅުގައި. ސިޗުއޭޝަން ދަނީ ގޯހުން ގޯހަށެވެ. މިހާރު ހިތަށް ވެރިވަނީ 2013ގެ ރިޔާސީ އިންތިޚާބު ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ އަދި އަދާލަތު ކޯލިޝަން އަށް ކާމިޔާބު ކުރެވުނު ވަގުތުގެ އުފާވެރި ކަމުގެ މައްޗަށެވެ. އެދުވަހަކީ އެއީ ރީތި ދުވަހެވެ. އެދުވަހަކީ އެއީ ޕާރފެކްޓް ދުވަހެކެވެ. އެދުވަހަކީ އެއީ އުފާވެރި ދުވަހެކެވެ. އަލްބަމް ގެ ފޮޓޯ ތަައް ފްލިކަރ އިން ފެނުމުން އެ ދުވަހުގެ މަތިން ވަރަށް ބޮޑަށް ހަނދާންއެވެ. އައި ލޮސްޓް މައި ސެލްފް އިން ޓު ދަ ޕިކްޗަރސް.. ދެޓް ޑޭ އިޒް ބިއުޓިފުލް އެން މާރވެލަސް. ދެޓް ޑޭ އިޒް ސްވީޓް އެން އެބްޒޮލިއުޓްލީ ޕާރފެކްޓް.. ދެޓް ޑޭ، ދެޓް ޑޭ، ދެޓް ޑޭ..
ދާދިފަސް
04 July 2016
ޕީ.ޕީ.އެމްގެ ރައީސް ޕީޕީއެމްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގަތީ ދިވެހިރައްޔިތުންގެ މިލްކިއްޔާތު ސިއްރުގޮތުގައި ވިއްކާލަން ވެގެން ގާނޫނަށް ގެންނަ ބަދަލަށް ވޯޓް ނުދޭން. އެހެންކަމުން އެމަނިކުފާނު އެދިވަޑައިގަތުމާ ޚިލާފަށް ވޯޓު ދިން މެމްބަރުންނާމެދު ފިޔަވަޅު އަޅަންޖެހޭނީ. ސަބަބަކީ އެކަމުގައި ގައުމީ މަސްލަޙަތުވެސް ހިމެނޭތީ. އެމަނިކުފާނު އެދުވަޑައިގަތުމަށް އިޖާބަދިން މެމްބަރުން އެތިބީ ޕާޓީގެ ރޫޙާ އެއްގޮތަށް. ދެން އަނެއްކަމަކީ ރައިސް މައުމޫނުގެ ދަރިކަލެއް. ދީނީގޮތުން ބެލިކަމުގައިވިޔަސް ފާރިޝް އަށް އެބަޖެހޭ ބައްޕަގެ އެދިވަޑައިގަތުމަށް އިޖާބަދޭން. އަހަރެމެން ޢާންމު މިންބަރުން މިތިބީ މައުމޫނާ އެކު. ޕާޓީގެ ރައީސްގެ އެދިވަޑައިގަތުމާ ޚިލާފަށް ވޯޓުދިން މެމްބަރުންނާމެދު ފިޔަވަޅު އެޅުމަށްވެސް ދަންނަވަން. އެއްފަހަރަކު މިކަންމިކުރީ. ތަކުރާރުކޮށް ގޯސްކޮށް ކަންކޮށްފައިވަނީ.
އަންތަރީސް
04 July 2016
ބަލަ މިއަދު މައުމޫނު ޕާޓީއެއް ހަދަން ބޭނުންވިޔަސް ބޮޑުޕާޓީއެއް ހަދާނެ. ބަލާބަލަ ޑީއާރުޕީ އަށްވީގޮތް. މައުމޫނު ހަމަ ދިޔައީ ޕާޓީ ފުނޑުނީ. ދެކުު އޭޝިޔާގެ ޕޮލިޓިކްސްގަ ޑިމޮކްރަސީއެއް ނޯންނާނެ. ތިބޭނީ ލޯބި ލިބިފައިވާ ލީޑަރުން. ބޭރުކުރޭ. ދެން ބަލާ ވާ އެއްޗެއް.
ޑިމޮކްރަސީ-ޒީރޯ
04 July 2016
ފާރިސްއަށް ފިޔަވަޅު އަޅާނެ ކަމެއް ނެތް!! ފިޔަވަޅު އަޅާންވީ ޕާޓީގެ އަސާސީ ގަވާއިދުގެ ރޫހާއި ޚިލާފަށް ވިޕްލައިން ނެރުނު މީހުނަށް!! ޕާޓީތަކުގެ މެންބަރުންނަށް ޑިމޮކްރަސީ ދަސްކޮށްދޭން ޕާޓީ ތަކުން އިތުރު މަސައްކަތް ކުރަންޖެހެއެވެ. އެހެންވީމާ އިލެކްޝަންސްއިން އެދޭ ފައިސާ ހެޔޮގޮތުގައި ބޭނުންކޮށް ވޯޓުގަތުމާއި ކެމްޕެއިން ކުރުން ހުއްޓައިލާށެވެ. ދިވެހިން އެކަންކަމަށް ހޭލުންތެވާނެ ދުވަސް އޮތީ ދާދު ގާތުގައެވެ. ފައިސާއަށް ވޯޓެއް ދެނެެއް ނުވިއްކާނެ! އެއީ އެލިބޭ ވަގުތީ ފައިދާއަށްވުރެ ދާއިމީ ގޮތެއްގައި ލިބޭ ގެއްލުން ބޮޑު ވާތީ!!! ޝުކުރިއްޔާގައުމު
ރަޝީދު
04 July 2016
ޒާތީ އެއްވެސް ތައައްސުބެއްނެތޯ....... ދަރިކަލުންނަށް ފިޔަވަޅަންޖެހުނީމައި އިންސާފެއްނޫން........ އެއްވެސް ކަމަކާނުލައި އަތޮޅުވެރިޔަކު ގޭގައި ބަހައްޓަންވީމައި އިންސާފު....... ގުއިތަފާލުގައި ދަނޑިންތެޅީމައި ވަސްދުވާނެ........
މެސީ
04 July 2016
މައުމޫން އެބުނީ ރަނގަޅަށް. ރައްޔިތުންނާއި ގުޅޭ ކަންކަމުގައި ވޯޓް ދޭން ޖެހޭނީ ޕާޓީން ބުނާ ގޮތަކަށް ނޫން. ރައްޔިތުން ބޭނުންވާ ގޮތައް ވޯޓް ދޭން ޖެހޭނީ.
މޮންސްޓާ
04 July 2016
ތިމާގެ ދަރި ތިމާޔަށް ދޮންފުތު ވާނެ ކިތަންމެ ގޯސްކަމެއް ކުރިޔަސް އިނގޭ