ރާއްޖޭގެ ތާރީހީ ބިނާއެއް ކަމަށްވާ ހުކުރު މިސްކިތް
27 ނޮވެމްބަރ 2017 - 12:01
ތާރީޚީ އަދި ސަގާފީ ގޮތުން ފާހަގަކުރެވޭ ރާއްޖޭގެ އެންމެ މުހިއްމު އެއް ބިނާ ކަމަށްވާ އަދި ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ކެފޭއެއް ފަދަ އިމާރާތެއް އަޅައިފި ނަމަ ތަރިކައިގެ ދާއިމީ ލިސްޓުގައި އެމިސްކިތް ނުހިމެނިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.
ހުކުރު މިސްކިތުގެ އިރުމަތީ ފަރާތު ގޯތި ތެރޭގައި އާ ބަގީޗާއެއް ތަރައްގީކޮށް، އެތަނުގައި ކެފެޓޭރިއާއެއް ވެސް ހަދަން ހައުސިން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
ހުކުރު މިސްކިތުގެ ހުޅަނގު ފަރާތު އޮންނަ ގަބުރުސްތާނު: މިސްކިތުގެ އިރުމަތީ ފަރާތަށް ބޮޑު ބަދަލެއް ގެންނަން ސަރުކާރުން ވަނީ ނިންމާފައި --މިހާރު ފައިލް ފޮޓޯ
އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި 350 އަހަރަށް ވުރެ ގިނަ ދުވަސް ވީ ހުކުރު މިސްކިތް ހިމެނޭ ބިމުގައި އެގޮތަށް ތަނެއް ހަދައިފި ނަމަ ތަރިކައިގެ ދާއިމީ ލިސްޓަށް އެ މިސްކިތް ނާރަފާނެ އެވެ.
ހެރިޓޭޖް މެނޭޖްމަންޓް ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ، ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަ ޕްރޮޖެކްޓް ކޯޑިނޭޓަރު އަހުމަދު ތޮލާލް ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ތަނެއް ހިމަނާ ނަމަ އެތަނެއްގެ ވަށައިގެން ބޭނުން ނުކުރާ ހުސް ޖާގައެއް އޮންނަން ޖެހޭ ކަމަށެވެ. އެހެންކަމުން ހުކުރު މިސްކިތް ހިމެނޭ ސަރަހައްދުގައި ކެފޭއެއް ކަހަލަ އިމާރާތެއް ހަދައިފި ނަމަ އެތަން ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުކުރު މިސްކިތް ހިމެނޭ ސަރަހައްދު: ހައުސިން މިނިސްޓްރީން ތަރައްގީ ކުރަން ނިންމާފައި ވަނީ ހުކުރު މިސްކިތުގެ އިރަށް ވާ ގޮތަށް އޮންނަ ޕާކް: މިއީ ވެސް ހުސްކޮށް ބާއްވަން ޖެހޭ ތަނެއް ---ފޮޓޯ: ނިޝާން އަލީ/މިހާރު
"ބަފާ ޒޯންގައި އެއްވެސް ޑިވެލޮޕްމެންޓެއް ނުކުރެވޭނެ. ސަބަބަކީ މުޅި ތަނުގެ ހެރިޓޭޖެ ވެލިއު ކެނޑިގެންދާނެތީ. ތާޖް މަހަލް އޮތް ސަރަހައްދުގައި ވެސް ހުސް ޖާގަ އޮންނާނީ،" ތޮލާލް ވިދާޅުވި އެވެ.
އެކަމަކު މި މައްސަލާގައި ހެރިޓޭޖް ޑިޕާޓްމަންޓުން ވާހަކައެއް ނުދައްކަ އެވެ.
ހުކުރު މިސްކިތުގެ ގޯތިތެރޭގައި އަލަށް ތަރައްގީކުރަން އުޅޭ ސަރަހައްދު: މިއީ ވެސް ހުސްކޮށް ބާއްވަން ޖެހޭ ތަނެއް ---ފޮޓޯ: ނިޝާން އަލީ/މިހާރު
އެ ޑިޕާޓްމަންޓްގެ މީޑިއާ އޮފިޝަލް ހަސަން މުހައްމަދު ވިދާޅުވީ އެތަނުގެ ކަންބޮޑުވުންތަކެއް ހުރުމުން އެކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއާ މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވި އެވެ.
އެނގިފައިވާ ގޮތުގައި ޔުނެސްކޯއިން މިހާރު ލަފާދީފައިވަނީ ހުކުރު މިސްކިތް ވަށައިގެން ބޮޑު ހުސް ޖާގައެއް ބޭއްވުމުގެ ފުރުސަތު ކުޑަވުމުން އެ ސަރަހައްދުގައި ތަރައްގީގެ މަޝްރޫތައް ނުހިންގުމަށެވެ.
ހައުސިން މިނިސްޓްރީން ބުނެފައިވަނީ ހުކުރު މިސްކިތު ގޯތިތެރޭގައި ކެފޭއެއް ހަދަނީ އެތަނުގައި ހުރި އާސާރީ ތަންތަނަށް ގެއްލުންނުވާ ގޮތަށް ކަމަށެވެ.
ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ތަނެއް ހިމެނިއްޖެ ނަމަ އެތަން ހިމާޔަތް ކުރަން ދުނިޔޭގެ އެހެން ގައުމުތަކުން ވެސް މަަސައްކަތް ކުރާނެ އެވެ. އަދި އެތަންތަނަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވާނެ އެވެ.
މާލޭގައި މިހާރު ހުރި އެންމެ ތާރީހީ ބިނާތަކުގެ ތެރޭގައި މާލޭ ހުކުރު މިސްކިތް ހިމެނެ އެވެ. އެއީ ރާއްޖޭގެ ތާރީހު ރަމްޒުކޮށްދޭ ބިނާއެކެވެ. ރާއްޖޭގެ ފަންނުވެރިންގެ ކަވި މަސައްކަތްތައް ދައްކުވައިދޭ ތަނެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގާދިރު
29 November 2017
ގ.ކެނެރީގޭމުޙައްމަދު ނަޝީދައްވެރިކންދީފިނަމަ މިސްކިއްތައްތަޅާލައި ފައްޅިއަޅާނެކަމައްބުނެ ސަރުކާރާހަވާލުވިމީހުންކީއްބާމިކުރަނީގައިމު މި ސަރުކާރުގަގުރުއާނާބެހޭމަރުކަޒެއްގެނަންބޯޑުޖަހައިގެންލޯބީގެފިލްމުވެސްދެއްކީމިސްކިއްތަކާމުހިއްމުބިނާތައްތަޅާއެތަންތަނުގައި ކެފޭތައްއަޅަން އިއްލާންކޮއް އެހަދަނީނަޝީދުކުރާނީމިކަންތަކޭކިޔާހެދިމީހާބުނި ހުރިހާކަމެއްއެގެންދަނީކުރަމުންފައްޅިވެސްއަދިއަޅާނެމަޖިލީހުންފާސްކޮއްފިއްޔާކޮންމެ އެއްޗެއްވެސްގެޒެޓްކުރަންހުރިވާހަކަވެސްބުނެފައޮތީ ކާކުބާލާދީނީ
މުޙުއްމާ
27 November 2017
މި ސަރުކާރު ނިމޭއިރު ރާއްޖޭގަ އެއްވެސް ތަރިކައްެއް އާސާރީ ތަނެއް ނުހުއްނާނެ. ރާއްޖޭގެ ތާރީޚްވެސް 2013 އާއި ހަމަޔަށް ފޮހެލާނެ. އެއިރުން މިރާއްޖޭގެ ތާރީޚް އިން އެނގެން އޮތް ފުރަތަމަ ރައީސަކީ ޔާމީނު ކަމަށް ވާނީ.
ޗިކުސް
27 November 2017
ކީއްވެ ތިތަނުގަ ކެފޭ އަޅަނީ؟ ދިވެހި ރައްޔިތުންގެ ނުރުހުމުގައި ކެފޭ އަޅާގެންވާނެ ފައިދާއެއް ނެތް؟ ތި މިސްކިތަކީ މިހާރުވެސް ތި ސަރަހައްދުގެ މަސައްކަތްކުރާ ގިނަމީހުން ނަމާދުކުރަންދާ ތަނެވެ. އާރާއިބާރު އޮތީވެ ތިކަންކުރެވިދާނެ މިއަދު. ވާާނެއެއްވެސް ފައިދާއެއްނެތް.
ޔާސީނު
27 November 2017
ރައީސުލް ޖުމްހޫރިއްޔާ އެކަން އެކުރައްވަނީ ހަމަ ތިޔަ ލޮބުވެތި ދިވެހިރައްޔިތުންގެ ހައްޤުގައި. ހުރިހާ އެންމެން ބާރަށް އަތްޖަހަންވީމަ ކޮންހާ ބޢކާރު ޝަކުވާތަކެއްތަ ؟
ދަވޭ
27 November 2017
ހުކުރު މިސްކިތް ތަރިކައިގެ ލިސްޓްގައި ހިމަނަން މާލޭގައި ދިިރިއުޅޭ އެއްވެސް ރައްޔިތަކު ނުބުނެއެވެ. ހުކުރު މިސްކިތް ކޮންމެހެން ތަރިކައިގެ ލިސްޓްގައި ނުހިމެނިއަސް މަމެންނަށް ހެޔޮ ހުކުރުމިސްކިތް ހުރި ތަނުގައި 25 ބުރީގެ އިމާރާތެއް ހަދާ އެ އިމާރާތުގެ ތިރީ ބުރި އާއި މަތީ ބުރީގައި ހުކުރު މިސްކިތް ހުރީމާ ނިމުނީ އެވެ. އެއީ އެއްވެސް މައްސަލަ އެއް ނޫނެވެ.
ޕިންކް ކުލަ
27 November 2017
މިދާވަރުން ދަންޏާ ދެންފެންނާނީ އިސްލާމީމަރުކަޒުތަޅާލާ އިސްލާމީ މަރުކަޒު ހުރިތާގަ ޕާރކް ހަދާތަން
ސިންތިލީ ވޫމް
27 November 2017
ހުކުރު މިސްކިތުގެ ގޯތިތެރޭގައި އެއާޕޯޓެއްއަޅާ، ކެފޭއަކައްވުރެން މާ ފައިދާވާނެ.
1234
27 November 2017
މަށަށްފެންނަނީ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި ހުރި ހުރިހާ އެއްޗެއް (ގަބުރުތައްވެސް) ކޮނެގެން ނަގައިގެން ގެންގޮސް ގދ. ތިނަދޫގައި ބަހައްޓަން. އެއަށްފަހު އެބިމުގައި ކެފޭއާއި، ފުޓްސަލް ދަނޑާއި، ވޮލީކޯޓު އަޅަން. މިސަރުކާރަކީ ވަރަށް ގިނައިން އެކަހަލަ މޮޅެތި ކަންކަން ކޮށްފަ ހުރި ސަރުކާރެއް ވީމަ މިހެން ހިޔާލެއް އެރުވީ.
ކެފޭ
27 November 2017
ތިތާހަދަން އުޅޭ ކެފޭ އަށްނުވަނުމަށް ދިވެހިން ނިންމަންވީ.
ބާބޫ
27 November 2017
ތި ލިސްޓަށް އެރިޔަސް ނޭރިޔަސް އޯކޭ. އެއަށް އެރީމަ ލިބެނީ ކޯޗެއްތަ ވަކި؟
1234
27 November 2017
އެއްޗެއް ލިބޭތީތަ މިތާ ތިކޮމެންޓްކުރަނީ؟
ލުކް
27 November 2017
އެއޮތީނު ލިޔެފަ ލިސްޓަށް އެރީމަ އެހެން ގައުމުތަކުންވެސް އެތަން ހިމާޔަތްކުރަން އުޅޭނެއޭ. އަހަރުމެން ދިވެހިންނަށް ތަނެއްގެ އަގު އިހްސާސްވާން ފަށަނީ މީހަކު އެތަނަކާ ބެހެން އުޅުނީމަ. އެހެން ނޫނީ ވަރިހަމަ ހުސް ދަޅާ ފުޅިން އެތަނެއް ކިތަންމެ ހަޑިކުރިއަސް. ދެރަވާނެ އަޅާލާނެ މީހަކު ނޫޅޭ.
ކިއްލިސޭޓު
27 November 2017
ކެފޭ އަޅާތި، ކީތް ކުރާ ތަރިކައެއްތަ؟ ލިޓްލް ސިންގަޕޫރަކު ރާއްޖޭގެ އާސާރު ތަރިކައެއް ބޭނުމެއް ނުވާނެ.