އެމްއެންޑީއެފްގެ ފިލްމް "ހާދަރު" ރިލީޒް ކުރަން ހަ ދުވަހަށް ވެފައި ވަނިކޮށް ފިލްމުގެ ދެވަނަ ޓްރެއިލާ ބެލުންތެރިނަށް ދައްކާލައިފި އެވެ.
މި އެކްޝަން ތުރިލާގެ ދެވަނަ ޓްރެއިލާ މާބޮޑަށް ވެސް ވަރުގަދަ އެވެ.
ފިލްމުގެ ވިލަންތަކާއި ސިފައިންގެ ކުރިމަތިލުންތަކަށް ޓްރެއިލާ ވަރަށް ބޮޑަށް ފޯކަސްކޮށްފައިވެ އެވެ. ބަޑީގެ ހަމަލަތާކައި ނުބައިބައި ކެރެކްޓާތަކުގެ އިންތިޒާރުތަކާ ބިރެއް ނެތި ސިފައިން ކުރިމަތިލާ ތަން ފެނިގެން އެވެ.
"ހާދަރު" އަކީ ނޮވެމްބަރު 3، 1988 ގައި ތަމަޅަ ޓައިގަރުންގެ ބަޔަކު މާލެ އަށް އަރައި ދިން އުދުވާނީ ހަމަލާ އަސްލަކަށް ބަލައިގެން ހަދައިފައިވާ ފިލްމެކެވެ. އެހެންވެ މި ފިލްމުވެގެން ދާނީ ތާރީހުން މުހިއްމު ބައެއްގެ ހަގީގަތް ސްކްރީން ފެނިގެން ދާނެ ފިލްމަކަށެވެ.
ފިލްމުގެ ވާހަކަ ބިންމާ އިބްރާހީމް ވަހީދު ލިޔެފައި ވާއިރު، ޑައިރެކްޓްކޮށްފައި ވަނީ އަޝްހަރު ވަހީދެވެ. ޓްރެއިލާތަކުން ފިލްމަކީ ވަރަށް ފުރިހަމަ ފިލްމަކަށް ވާނެ ކަމަށް ބެލެެވެ އެވެ.
އެކަމަކު އެކަން ޔަގީން ވާނީ މި މަހުގެ 16 ވަނަ ދުވަހުފެ ރޭ "ހާދަރު" ގެ ޕްރިމިއާ އާ އެކު ފިލްމް ބަލާލެވުމުންނެވެ.
ފިލްމުގެ ޓިކެޓް ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ. މާލެ އާއި އަތޮޅު ތެރޭގައި ވެސް ފިލްމް ދައްކަން އެމްއެންޑީއެފުން ވަނީ ނިންމައިފަ އެވެ.
އެގޮތުން އަތޮޅު ތެރޭގައި ވެސް ފިލްމް އަޅުވާ ރަށްރަށުން މިހާރު އަންނަނި ޓިކެޓް ވިއްކަމުންނެވެ.