އެމްއެންޑީއެފްގެ ފިލްމް "ހާދަރު" އަށް ކުރަމުން އައި އިންތިޒާރު މިރޭ ނިމުމަކަށް އަންނާނެ އެވެ. އޮލިމްޕަހާ އާ އެކު ރާއްޖޭގެ ހަތަރު އަތޮޅެއްގައި މިރޭ ފިލްމް ޕްރިމިއާ ކުރާއިރު ފިލްމުގެ ލަވަތަކުގެ ތެރެއިން "ކޮންމެ ހިނދެއް" މި ވަނީ އާންމުުކޮށްފަ އެވެ.
އެހެންވެ ފިލްމަށް ދިއުމުގެ ކުރިން ލަވަ ވެސް ބަލާލުން ރަނގަޅެވެ. ހިތްގައިމު މަޑުމައިތިރި ލޯބީގެ ލަވައެކެވެ.
ލަވައިގެ އަޑުގެ ވެރިޔަކީ މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ މާއިން ރަޝީދެވެ. ލަވައިގެ މިއުޒިކް ހަދައިފައި ވަނީ އަލި މަނިކު (ދާރީ) އެވެ. އަދި ލަވައިގެ ޅެން ހަދާފައި ވަނީ ޖައުފަރު އަބްދުއްރަހުމާނެވެ.
ހަތަރު ލަވަ ހިމެނޭ "ހާދަރު" ގެ އޯޑިއޯ އަލްބަމް ވަނީ 2014 ގައި ފިލްމް ލޯންޗް ކުރި ރޭ، ރިލީޒް ވެސް ކޮށްފަ އެވެ.
"ހާދަރު" އަކީ އެމްއެންޑީއެފުން ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ. ބިންމާ އިބްރާހީމް ވަހީދުގެ ވާހަކައަކަށް ހެދި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ އަޝްހަރު ވަހީދެވެ.
އަށާރަ އަހަރުން މަތީގެ މީހުންނަށް ހާއްސަ މި ފިލްމަކީ އެކްޝަން ތުރިލާއެކެވެ.