ކުނޫޒްގައި ބޭއްވި އިދިކޮޅު ޕާޓީތަކުގެ ޖަލްސާގައި ބައިވެރިވެ ތިބި މީހުންނާ ކުރީގެ ރައީސް މައުމޫން އަތުން އިޝާރާތް ކުރައްވަނީ ---މިހާރު ފޮޓޯ: ހުސައިން ވަހީދު
26 ޑިސެމްބަރ 2017 - 18:27
މަޝްވަރާ ކުރުމަކީ އިސްރާފެއް ނޫން ކަމަށާއި އެއީ ޑިމޮކްރަސީގެ އެންމެ ވަރުގަަދަ ތަނބު ކަަމަށް ވިދާޅުވެ، ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީނަށް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ރައްދު ދެއްވައިފި އެވެ.
ބ. އޭދަފުށީގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ރާއްޖޭގައި ހުރި މައްސަލަތައް ދެނެގަންނަން އެހެން ގައުމުތަކުން މީހުން ގެންނަން ނުޖެހޭނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ މައްސަލަތައް ވަރަށް ސާފު ކަމަށާއި އެކަންކަމާ މެދު އިތުރަށް މަޝްވަރާ ކުރުމަކީ ވަގުތު ނަގާލުން ކަމަށެވެ. މީގެ އިތުރުން ޝަރުތަކާ ނުލައި ސިޔާސީ ޕާޓީތަކަށް ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް އޭދަފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި އެވެ. .
Mashwarā kurumakī isrāfeh nūn. Eī democracy ge emme varugadha than’bu. Mashwarā kurumuge muhimmukan Kīrithi Qur’an gai varah sāfukoh bayān kuravvāfai vē.
— Maumoon Abdul Gayoom (@maumoonagayoom) December 26, 2017
މަޝްވަރާއާ ގުޅޭގޮތުން މައުމޫން ކުރެއްވި ޓްވީޓް
އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން، މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޝްވަރާ އަކީ ޑިމޮކްރަސީގެ އެންމެ ވަރުގަދަ ތަނބު ކަމަށެވެ. އަދި މަޝްވަރާ ކުރުމުގެ މުހިއްމުކަން ވެސް ކީރިތި ގުރުއާނުގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގެ މައްސަލަތަކާ ގުޅޭ ގޮތުން ބޭރުގެ ފަރާތްތަކާ ކުރާނެ މަޝްވަރާއެއް ނެތަސް، ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކުގައި މިއަށް ވުރެ ގިނައިން މަަޝްވަރާކުރި ސަރުކާރެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެގޮތުން ކުރީގެ ސަރުކާރުތަކާ ހިލާފަށް، މި ސަރުކާރުގެ ކެބިނެޓު ބައްދަލުވުންތައް ކޮންމެ ހަފުތާއަކު އޮންނައިރު، ރައްޔިތުންނާ ގުޅުން ހުރި މައްސަލަތަކުގައި މަޖިލިސް މެމްބަރުންނާ ވެސް މަޝްވަރާތައް ކޮށްފައި ހުންނާނެ ކަން ރައީސް ފާހަގަކުރެއްވި އެވެ.
ރާއްޖޭގައި ހުރި މައްސަލަތައް ދެނެގަންނަން ބޭރުން މީހުން ގެންނަން ނުޖެހޭ ކަމަށް ރައީސް އިއްޔެ ވިދާޅުވިއިރު، ރާއްޖެ އާއި އިންޑިއާގެ ދެމެދު މަސްރަހު ފިނިކުރަން އެ ގައުމުގެ ވަފުދެއް ރާއްޖެ އަންނަން ނިންމާފައިވާ ކަމަށް އިންޑިޔާގެ ނޫހަކުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖެޑް
27 December 2017
މަޝްވަރާކުުރަން ފުރުސަތުދިނީމަ ބޮޑާހާކާބަޔަކާ މަޝްވަރާކުރުމުގެ ބޭނުމެއްނެތް. އަސްލުވާގޮތަކީ އަމިއްލަ ދަރިފުޅު ޤާނޫނިގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަންއުޅެ އެކަން ކާމިޔާބް ނުވެ އެކަމުގެ ކުށުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓާފަ ހުރުން. މިކަހަލަ ކަންކަމީ މައުމޫން މިރާއްޖެއަށް ގެންނެވިކަންކަން. ބަނަ 30 އަހަރު ވެރިކަންކުރިއިރު އެއްވެސް ކަމަކާނުލާ މީހުން ހައްޔަރުކޮށް ޖަލުތަކުގައި ބޮޑަތި އަނިޔާދީ އިންސާނިއްޔަތާ ހިލާފް އެތައް އަމަލެއް ހިންގައިފާ މިހާރި އަމިއްލަ ދަރިޔަށް އެފަދަ އަނިޔާތަކެއް ލިިބިދާނެތީ އެކަމާބިރުން މިއުޅެނީ. ބަލަ މައުމޫނޫ ޖަލުތަކުގައި އަނިޔާކުރާ ޒަމާން 30 އަހަރުގެ ވެރިކަމާއެއްކޮށް ހިގައްޖެ. މިހާރު ޝަރީއަތަށްގޮސް ގާޒީ އަންގާގޮތަށް ހުރިހާކަމެއް ވެގެންއެދަނީ. މަނިކްފާނާ މަނިކްފާންގެ ދޮށީ ދަރިއަކީ ދިވެހި ރާއްޖޭގެ ޤަޢުމީ ސަލާމަތަށް ނުރައްކާ ދެމީހުން. މަނިކްފާން ޖަލަށް ނުލިކަމުގައިވިޔަސް ދިވެހި ރައްޔިތުން އެކަންދަނޭ..
ްޤާނޫނީ ޖެޑް
29 December 2017
ރައީސް ޤާނޫނާ ހިލާފު ވެއްޖެޔާ އޯކޭ ދެއްތޯ! ކޮންމެ މީހަކު ވެރިކަމުގައި ހުއްޓަސް، ހުންނަނީ ޤާނޫނުގެ މަތީގައި، އެއްގޮތަކަނޫން
ޢަހަންމާ
27 December 2017
ރައީސް ވިދާޅު ވީ ސިކުޑި ހަމަނުޖެހޭ މީހުނާއި މަޝްވަރާކުރުމަކީ ބޭކާރުކަމެކޭ.. އެއީ ހަމަ ވަރަށްބޮޑު ތެދުފުޅެއް..
ފާތުން
27 December 2017
ކުދިންނޭ އެއްޗެއްނުބުނޭ، އުމުރުން އެހާމަތިވީމަ، ކުޑަކުދިންގެ ހިޔާލާ ވިސްނުން ހުންނާނީ، ވިސްނުން ކޮށިވެ ކުރިން އޭނަ ކަންކަން ކުރިގޮތް ހަނދާން ނުހުންނަނީ އެ.
ސޮކްތެރެޕީ
27 December 2017
މައުމޫން ކަލޭ ކިތައްމީހުންނަ އަނިޔާދިންތަ މިހާރު މާރަގަޅު މީހަކަވެގެން މިއުޅެނީ.
Salaam
27 December 2017
އަމިއްލަވެރިކަމެްްގައި އިސްރާފުކުރުމުގެ ބޭނުމެއްނޯންނާނެތާ
އައިޖޭ
27 December 2017
އެމީހަކު ކެނޑި ކަނދުލެއްގެ ހިތި ފިލުވަން ޖެހޭ ދޮތްތޯ.... މަނިކުފާނު ދޮތްތޯ މރައީސް ގެނުވީ.... މަނިކުފާނުގެ ޒިންމާ އެބައޮތް ދޮތްތޯ
ފާތުން
27 December 2017
މައުމޫނު އެކަނި ލާވޯޓަކުން ދިވެހި ރާއްޖޭގެ ރައީސް ހޮވާގޮތަށްބާ އޮތީ ގާނޫނު އަސާސީގެ 4 ވަނަ މާއްދާގަ؟ ދެން އެތަށް އިރަކު ކިޔުގަ ޖައްސައިގެން އަހަރެމެން ލައްވާ ކީއްކުރުވަން ވޯޓުލެއްވީ؟ ކާކުގެ އޮޅުވާލުމެއްބާ އެއީ؟
ކޮމެންޓޭ
26 December 2017
ބޭފުޅާ ގާތު ބުނެލަން ބޭނުން ވަނީ މެމްބަރުންގެ ތެރެއިން ވަކި ފާޓީއެއްގެ މަމްބަރުންނާ ބައްދަލު ނުކުރާކަން،މީ ވަރަށް ސާފު ކަމެއް ނުކެރޭނެ ދެކޮޅު ހަދާކަށް ،ރައްޔިތުންނާ ގުޅުން ހުންނަށް ކަންކަމުގަ މަށްވަރާ ކޮށްފަ ރައްޔިތުންނަށް ވާނުވާ އިގެން ޖެހޭނެ.ތިޖޫރީ ދަވާލާ ހެން މަށްވަރާ ނުކުރިޔަސް ހެޔޮ
އުމަރު
26 December 2017
މަޝްވަރާ ކުރަންޖެހޭނެ، ބޭރު މީހުންނާއިވެސް މަޝްވަރާ ކުރަންޖެހޭ، މަޝްވަރާކުރަންޖެހެނީ ހަމައެކަނި އެހީއެއް ބޭނުންވީމައެއްނޫން، ވޯޓް ހޯދަންވީމައެއްނޫން، ކޯލިޝަނެއް ހަދަންވީމައެއްނޫން، ރައީސް ޔާމީނު ދެވަނަބުރަށް ހޮވިގެން މައުމޫނުއައި އެކުގައި ގާސިމްގެ އަރިއަހަށް މަޝްވަރާކުރަން ވަޑައިގަތް، ދެން އޭގެ ފަހުން މަޝްވަރާކުރަންވީމަ ހެއްދެވިގޮތަކީ މަޝްވަރާކުރަން ގޮވާލި މީހުންގެ އަނގަ ބަންދުކުރެއްވުން، އެވާހަކަ ދައްކަން ބޭރުގެ މީހުން ބޭނުންވީ، ޔޫއެންގައި އޮންނަ އެންމެބޮޑު ޖަލްސާގައިވެސް ކުރަނީ މަޝްވަރާ، ރައްޔިތުންގެ މަޖިލިހުގައިވެސް ކުރަންޖެހެނީ މަޝްވަރާ، ފަނޑިޔާރު ގޭގައިވެސް ކުރަންޖެހެނީ މަޝްވަރާ، ކެބިނެޓުގައިވެސް ކުރަންޖެހެނީ މަޝްވަރާ، ރައްޔިތުންނާއިވެސް ކުރަންޖެހެނީ މަޝްވަރާ، އެހެންކަމުން އިދިކޮޅު މީހުންނަށް ރައްދުދިނުމުގެ ގޮތުންވެސް ވޯޓްލާންތިބި ރައްޔިތުންގެ ކުރިމަތީގައި މަޝްވަރާކުރުމަކީ ވަގުތު ނަގާލުންކަމަށް ވިދާޅުވަންޏާ އެއި ގޯހެއް، ރައްޔިތުން ބަލައިނުގަންނާނެ
farthy
26 December 2017
މައުމޫނުވެސް މިހާރުދައްކަވާވާހަކަފުޅުތައް ކުރިންދެއްކެވިވާހަކަފުޅުތަކާއި ފުށުއަރާތަންމިފެންނަނީ. މައުމޫނަށްވުރެގިނައިން އިސްތިގްލާލޭ،ކަރާމަތޭ،ވަހުދަތޭ، އަނެކައްޗެކޭ ވިދާޅުވިބޭފުޅެއްމިފަސްގަނޑަކުނުހުންނަވާނެ. މިހާރު އެއްކަލަ ވަހުދަތުތައް ދޫކޮށްލަން ރައީސްޔާމީނަށް ގޮވާލައްވާތީ އަޅުގަނޑު މައުމޫނުދެކެފޫހިވަނީ!
ޙެޔޮޔޯ
26 December 2017
ކޮބާ ތިގޮތަށް ގޮވާފައި. ތިފޫހި ވިއްޔާ ފޫހިވީ މިސަރުކާރުންލިބޭ ބައިވަރުގަނޑުން.
ހެހެހެ
26 December 2017
ތިބުނީ ހެޔޮކޮށް